ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިއަކަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ އެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލު ކުރެއްވީ އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާ ކަމަށެވެ. މި ބަދަލާ ގުޅިގެން، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ ހޫދު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބަދަލު ގެނައީ ރައީސް އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަޤާމު ފުރުއްވަމުން ގެންދެވި ހަސަން އިސްމާއީލް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ހޫދަކީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ހޫދު ވަނީ ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީކަމުގެ މަގާމު ވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވައިފައެވެ.

ހޫދަކީ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް މިހާރު ހަމަޖައްސާފައި ވަނީ އެ އޮފީހުގެ އަންޑަ ސެކްރެޓަރީއަކަށް ހުންނެވި މުހައްމަދު މަބްރޫކް އަޒީޒެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ހިރިގާ ހުޝާމް

  ބޮޑު ފެއިލިއަރެއް !!!!!

 2. ޙ

  ޢިސްތިއުފާގެ ލިސްޓް އޮތީ ކުރިޔަށް.....
  ޓްރޭޑް މިނިސްޓަރު ފައްޔާޒު ވެސް.....
  ޢަދި މިއަހަރު ފަހުކޮޅު...އަސްލަމް ވެސް.....
  ދެންވެސް.....
  ހޫދަކީ ސުމެއްގެ މީހެއް

  7
  1