ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިންނަ، ޗުއްޓީ ހޭދަކުރުމަށްޓަކައި ރާއްޖެ އައިސްފިއެވެ.

އިންނަ، މީގެ ދެ ދުވަސް ކުރިން ރާއްޖެ އައިސް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭން ކައިރީގައި ހުއްޓި ހުއްޓައި ނަގާފައި ހުރި ފޮޓޯއެއް އިންސްޓްގްރަމްގައި ވަނީ ހާމަކޮށްފައެވެ. އަދި ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް ހިއްސާކޮށްފައިވެއެވެ.

ދެ މިލިއަނަށް ވުރެ ގިނަ ފްލޯވަރުން ތިބޭ އިންނަ އިންސްޓަގްރާމްގައި ބުނި ގޮތުގައި މިއީ ރާއްޖެ އަށް އައި ފުރަތަމަ ފަހަރެވެ.

ނަމަވެސް އިންނަ ހުރީ ކޮން ރިސޯޓެއްގައި ކަން އޭނާ ބުނެފައެއް ނުވެއެވެ.

ރޮމޭނިއާ އަށް އުފަން އިންނައަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ލަވަކިޔުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު