ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު އަވަސް ކުރަން ގޮވާލާއި އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާ ތެރެއިން 23 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ކޮލިޝަނުން ބުނެފިއެވެ.

އިދިކޮޅުގެ މުޒާހަރާގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ބައިވެރިވިއެވެ.

އަދި މުޒާހަރާގެ ބައިވެރިވުން ހުއްޓުވުމަށްވެސް ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއަދު ކުރިއަށްގެންދިޔަ ސުލްހަވެރި އިހްތިޖާޖުގެ 16 ބައިވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހީނާ ވިދާޅުވިގޮތުގައި، އެ މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި، އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބް ރައީސް ޝުޖާއި އާއި ކައުންސިލް މެންބަރުން ހިމެނެއެވެ.

އިދިކޮޅުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި ގިނަބަޔަކު ހައްޔަރުކޮށްފައިވާއިރު، އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިލެކްޝަން ކޮމިޝަނުުން ކަނޑައަޅާފައެެއް ނުވެއެވެ.

އެހެން ނަމަވެސް މިހާރު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނެސްފައިވާ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތަސްދީގު ކުރައްވާފައެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތުވުމުންނެވެ. ދެން މިދިޔަ އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދަންމާލުމުން އީސީއިން ވަނީ މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ނިންމައިފައެވެ.

އީސީއިން ވިދާޅުވާ ގޮތުގައި އިންތިހާބު ބޭއްވެން އޮންނާނީ ކެމްޕޭން ކުރުމަށް މަދުވެގެން ދެ މަސް ދުވަހުގެ މުއްދަތެއް ވެސް ދެވޭ ގޮތަށެވެ. އެހެންކަމުން މިހާރު ނިންމާފައި އޮތީ ފެބްރުއަރީ މަހު އެ ފުރުސަތު ހުޅުވާލާ ގޮތަށް އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބުގެ ވޯޓްލުން ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢަފްލާ

  އިބުރާ ހާދަހާވާ ބިރެކޭ ޔިކަންނަނީ 10މީހުން އެއްވެލާ އިރަށް ސަރުކާރު މޭކަރަނީ ހާދަ ފިނޑި ވީމައޭ ޕޮލިހުންވެސް ހީވަނި ހަޔަށް ބޮލަށް އަރައިގަންނަން އުޅޭހެން އިމްރާނު އަށް ސަލާމް ބުނައްޗޭ

 2. އަންނަނީ---

  އަވަސް އަރުވާލައިގެން މުޒާހަރާ ކުރި ނަމަ ވެސް ވެރިކަން ނުލިބޭނެ!!

  2
  5
 3. ބަރުގޮނު

  ބަޔަކު މުޒާހަރާއެއްކޮށްލުމަކުން ، އެއްޗެއް ގޮވާލުމަކުން ، މަޖްލިސް ތެރޭ ދުންމާރި ގޮއްވުމަކުން އެމް.ޑީ.ޕީ އަށް ކަހިރުވަކެކޭވެސް ހީނުވާނެ. ނުސިހޭނެ. ބިރެއް ނުގަންނާނެ. އެއީ އެކުދިން އުޅެ ބޮޑުވިގޮތް. ރޫޙީ ލީޑަރު ދަސްކޮށްދީ އާދަ ކޮށްދީފައިވާ ގޮތްގޮތް.

 4. ސިއްކަ

  ޢެންމެ 10 މީހުން މުޒާހަރާއައް ނިކުމެލާއިރަށް ރާއްޖޭގަ ތިބިހާތިބި ޕޮލިހުންނެއް މަގުމަތީގަ. ގަޖާ އެކަމަކު ހާދަ ބިރެކޭ ދޯ ތިގަންނަނީ. ކޮވިޑް ނެތްނަމަ ނިމުނީ މިހެން ގޭތެރެއަކު ނުތިބޭނަން

 5. އިބްރާހިމް

  މި ސަރުކާރަކީ މުޒާހިރާއަށް ހިތްވަރުދޭ ސަރުކާރެއް. އެއްވެސް މީހަކު ހައްޔަރެއް ނުކުރާނެ. އިންޑިޔާއިން އަންގަނީ އެގޮތަށް.

 6. އިބްރާހިމް

  ކޮވިޑަށް އޮތް ހައްލަކީ މިސަރުކާރު ނިންމުން. މިސަރުކާރު ނިމޭއިރަށް މި ގައުމުން ކޮވިޑްނިމޭނެ އިންޝާﷲ. މިއީ މި ސަރުކާރުން ހިންގާ ޖަރީމާތަކުގެ ސަބަބުން ފޮނުއްވާފައިވާ ބަލާ މުސީބާތެއްކަމަށް ބެލެވޭ. ހުރިހައި ރައްޔިތުންނޭވެ. އަވަހަށް މިކޮވިޑުން ސަލާމަތްވާން ނުކުމޭ.