ކޮވިޑް-19 އަށް ވެކްސިން ޖަހާފައި ވިޔަސް ކަރަންޓީން ވާން ޖެހޭ ކަން ނުވަތަ ނޫންކަން އެނގޭނީ ޖަހާ ވެކްސިންގެ ބާވަތަކުން ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީން) ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިގޮތަށް ވިދާޅުވީ، ވެކްސިންއާ ގުޅޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދެމުންނެވެ.

އެޗްއޯސީން ވިދާޅުވީ، ވެކްސިންޖަހާފައިވާ ވިއަސް ކަރަންޓީންވާން ޖެހޭނެކަން ނުވަތަ ނޫންކަން އަދި ނޭނގޭ ކަމަށެވެ. އަދި ވެކްސިންގެ އަސަރުކުރާނީ ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކުރުމުން ކަމަށާއި، އަދި ވެކްސިންގެ ސަބަބުން ބަލިންދިފާއުކޮށްދޭ މުއްދަތު ބިނާވާނީ ވެކްސިންގެ ބާވަތަށް ކަމަށެވެ.

"މިހެންކަމުން ކަރަންޓީން ވާންޖެހޭނެކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ ޖަހާ ވެކްސިންގެ ބާވަތަކުން". އެޗްއީއޯސީން ވިދާޅުވިއެވެ

އެޗްއީއޯސީން ވިދާޅުވީ، ތަފާތު ވައްތަރުތަކުގެ ވެކްސިނާއި ގުޅޭ އިތުރު މައުލޫމާތު ލިބުނުވަރަކުން ކަރަންޓީނުވުމުގެ އުސޫލުތައް ހިއްސާކުރެވޭނެ ކަމަށެވެ.

އެޗްއީއޯސީން ވިދާޅުވީ، ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖެއިން ބޭރުގައި ޖެހުމަށްފަހު ދެވަނަ ޑޯޒް ދިވެހިރާއްޖޭގައި ޖެހޭނީ ވަކި ކަންތައްތަކެއް ބަލާފައި ކަމަށެވެ.

އެގޮތުން އެކަން ބިނާވަނީ ވެކްސިންގެ ބާވަތަށާއި، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން ފާއިތުވެފައިވާ މުއްދަތު އަދި
ވެކްސިންދިނުމުގައި އިސްކަންދޭ ތަރުތީބަށް ބަލައި ވެކްސިންލިބެންހުރި މިންވަރަށް ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަދި ކާއެއްޗެއް ނުވަތަ ބޭހަކުން ހަށިގަނޑަށް ނުގުޅޭ އަސަރު (އެލަރޖީ) ކުރާ މީހުންނަށް ވެކްސިން ޖެހޭނެ ކަމަށާއި، ނަމަވެސް މިފަދަ މީހުން ވެކްސިން ޖެހުމުގެ ކުރިން މި މަޢުލޫމާތު ހިއްސާކުރަންވާނެ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ. އަދި ވެކްސިންޖެހުމަށްފަހު މިފަދަ މީހުން މޮނިޓަރކުރުމަށް ސެންޓަރުގައި ބައިތިއްބޭނެ ކަމަށްވެސް ވެއެެވެ.

ކޮވިޑް-19ގެ ތަފާތު އެކި ވެކްސިންގެ އަސަރު ހަށިގަނޑުގައި ދެމިހުންނާނީ ކިހާ މުއްދަތަކަށްތޯ އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ.

ރާއްޖެއިން މިހާރު ދަނީ ވެކްސިން ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އެންމެ ފުރަތަމަ ރާއްޖެ އަށް ކޮވިޑް-19 ވެކްސިން ގެނައީ އަވަށްޓެރި އިންޑިއާ އިންނެވެ. އިންޑިއާ އިން ވަނީ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  ކޮވިޑް ސިޔާސީ ވެކްސިން
  މި ވެކްސިން ޖެހީމާ ކަރަންޓީނުވާކަށް ނުޖެހޭނެ! އޮޅުވާލަން އުޅޭނެކަމެއްނެތް!

 2. އޮޅުވާލި ވޯޓު

  އެހެން ވީމާ ހާދަގިނަވައްތަރެއްގެ ވެކުސިނެއް ގެރިމޯދީ ދީފިތާ ނުކެރޭނެ ތިޖަހާކައް އަމިއްލަ ޔައް އިއުތިރާފު ވެވެނީ ގިނަވައްތަރުތަކެއްގެ ވެކުސިން ދީފަހުރިކަމައް

 3. ފެކްޓް

  މާތްކަލާކޮ! އެހެނވިއްޔާ އެޗްޕީއޭ މީހުން މިއުޅެނީ ހޭބަލިވެގެންތާ!