މަސްމާރުކޭޓް ކުރިމަތީ ހުންނަ ތަރުކާރީ މާރުކޭޓުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެެވެ.
ތަރުކާރީ މާރުކޭޓުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެތަނުގައި ގޮޅިއެއްގައި މަސައްކަތް ކުރާ މީހެކެއެވެ. އޭނާ ފައްސިކަން އެނގުނީ މިއަދު މެންދުރު 14:00 ހާއިރުއެވެ.
އޭނާ ފައްސިކަން އެ ގަޑީގައި އެނގުނުއިރު، މިއަދުވެސް އޭނާ މަަސައްކަތަށް ނުކުތެވެ. އަދި އެތަނުގެ ގިނަބަޔަކާއި އޭނާ ބައްދަލު ވިއެވެ.
ފައްސިވެފައި ވަނީ އެތަނުގައި ގޮޅިއެއްގައި ކޭޝިއަރަކަށް އިންނަ މީހެކެވެ.
"މިއަދު މެންްދުރު ފަހު އޭނާ ފައްސިކަން އެނގުނީ، މިއަދުވެސް މިތަނަށް އައި އަދި އަޅުގަނޑުމެންނާއެކު މިތަނުގައި ސަކަރާތުގައި އުޅުނު، މިތާ އުޅޭނެ މުސްކުޅި އުމުރުގެ މީހުންވެސް، އޭނާ ފައްސިކަން އެނގުނީ، އެޗްޕީއޭ ތަންތަނަށް ގުޅައިގެން، އޭނާއާ އަނބިމީހާވެސް ވަނީ ފައްސިވެފައި". "ވަގުތު"އާ ވާހަކަދެއްކި އެތަނުގެ ގޮޅިއެއްގައި މަސައްކަތް ކުރާ މީހަކު ބުންޏެެވެ.
އޭނާ ފާހަގަކުރިގޮތުގައި، މާސްކް އަޅައިގެން އުޅުނަސް އެތަނުގައި ގިނަބަޔަކު އުޅޭނީ ވަރަށް ގައިގޯޅިކޮށް ކަމަށެވެ. އަދި ބައެއް ފަހަރު މާސްކް ނަގައިގެން އެތަނުގައި މީހުން އުޅޭކަން އޭނާ ފާހަގަކުރިއެވެ.
އޭނާ ބުނީ، އެތަނަކީ ހިރާސްބޮޑު މީހުން ތިބި ތަނެއް ކަމަށާއި،އަދި މިހާތަނަށް ހަދަންވީ ގޮތް އެޗްޕީއޭއިން ހިއްސާކޮށްފައި ނުވާ ކަމަށެވެ.
"މިތާ ގިނަ ސޭޓުންނަށް މިތިބީ އުމުރުން ދުވަސްވީ މީހުން، މިއަދުވެސް އޭނާ ދިޔައީ މިތަނުގައި އުޅެފައި". އޭނާ ބުންޏެވެ.
އެ މާރުކޭޓަކީ ގިނަބަޔަކު ވަންނަ މާރުކޭޓެއްކަމުން، ބަލި ފެތެރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި ކޮންޓްކެޓް ޓްރޭސިންގ އާ ކަންކަން ކުރިއަށްދާނެ ގޮތް އަދި އެނގިފައިނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މިކަމާއި ގުޅޭގޮތުން އެޗްއީއޯސީއަށް ގުޅާލުމުން ވިދާޅުވީ، އެ މައުލޫމާތު ލިބުނު އަވަހަކަށް މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ކަމެއްވާއިރަށް ޒިންމާނުނަގާ އެޗްޕީއޭބޮލަށްޖަހާލީދޯ.
اَللّٰهُ أَعْلَم
މީހަކު ދައްސި ނުވިޔަސް ހަދަންވީ ގޮތާއި، އުޅެންވީ ގޮތް އެޗް ޕީ އޭ އިން، އެކި ވަޞީލަތްތައް މެދުވެރިކޮށް، ކެނޑިނޭޅި އެދަނީ އަންގަމުންނެވެ. ތިމާރުކޭޓުގައި ގައިގޯޅިކޮށް މީހުން އުޅޭ ވާހަކައާއި، މާސްކް ނާޅާ އުޅޭވާހަކަ ބުނަމުންވެވެސް، ތިބަލަނީ އެޗް ޕީ އޭ ކުށްވެރި ކުރެވޭތޯ އެވެ.
ޙަރުދަނާކަމެއް ނެތްސަރުކާރަކުން ރަތްޔިތުން ޒިމްމާދާރެއް ނުކުރެވޭނެ މާސްކު އަޅާތޯބަލާނެ ޕޮލިހަކުވެސް މިތާކު ނުހުރޭ
ތިތަނާ މަސްމާރުކޭޓުގަ އުޅޭގިނަމީހުން މާސްކްއަޅަނީ ނަމަކަށް ގިނަމީހުންގެ މާސްކް ގިނަވަތު އޮންނަނީ ދަތްދޮޅީގަ މީހަކު ވިޔަފާރިއެއްކޮއްލަން ކައިރިވިއަސް މާސްކު ރަނގަޅުނުކުރާނެ، ގިނަބަޔަކު ތިޔަތަނުން ފައްސިވެއްޖެއްޔާ އެއްޗެތި ގޮވާނީ އެޗްޕީއޭއާ ދިމާލަށް.