ރާއްޖޭގެ އަސްކަރިއްޔާގެ ތަރައްގީއަށް، ގިނަ ގައުމުތަކެއްގެ އެހީތެރިކަންް ލިބިގެން ގޮސްފައިވާ އެއް ސަބަބަކީ ހަރުކަށި ފިކުރުތަކާއި، ނިރުބަވެރި އަމަލުތަކާއި ދެކޮޅަށް އަބަދުވެސް އަޑުއުފުލާ ގައުމަކަށް ރާއްޖެ ވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ސިފައިންނަށް ކުރިއެރުން ދިނުމަށް މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމުގައިވެސް، ޒަމާނީ އަސްކަރިއްޔާތަކުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައި، އެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު، ސިފައިންގެ ތައިލީމީ ފެންވަރަށާއި، އެމީހެއްގެ ސިފަވަންތަ އަހްލާގަށާއި، ނަތީޖާ ނެރެދޭ މިންވަރަށާއި، ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ސިފައިންނަކީ އެއިރެއްގައި ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކާ އެކަށޭނަ މިންވަރަށް، އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބެންޖެހޭނެ ބައެއް. އެއީ އަސްކަރީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ މަދަނީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ ނިރުބަވެރި ނުރައްކަލެއް ކަމަށްވިޔަސް، ދިވެހި ސިފައިން ތިބެން ޖެހޭނީ، އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެން". ރައީސް ވިދާޅުވިއެވެ.

އަދި އެ ހާލަތްތަކަށް ދިވެހި އަސްކަރިއްޔާ ބޭއްވުމުގެ ބޭނުމުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި، ބޭރު ގައުމުތަކާއެކު، ދިފާއީ އަދި ސަލާމަތީ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިކުރެވިފައިވާ ކަަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި، ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށާއި، އަސްކަރީ އުޅަނދުތަކާއި ސާމާނުތައް ތަރައްގީކުރުމަށް، އެކުވެރި ގައުމުތަކުގެ އަސްކަރީ އެހީތެރިކަންވެސް ވަރަށް ފުޅާ ދާއިރާއެއްގައި ލިބެމުން އަންނަ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

"އޭގެތެރެއިންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ޑިފެންސް މިނިސްޓްރީގެ އައު އިމާރާތް އެޅުމަށް، އިންޑިއާ ސަރުކާރުން ދީފައިވާ 5.08 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މިހާރު ކުރިއަށްދާ މަޝްރޫޢުގެ ވާހަކަ. އަދި ޖަޕާން ސަރުކާރުގެ އެހީގައި، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރުގެ އައު ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެވިފައި". ރައީސް ވިދާޅުވިއެެ.

މީގެ އިތުރުންވެސް، ރައީސް ވިދާޅުވީ، ރާއްޖޭގެ އަސްކަރިއްޔާގެ ތަރައްގީއަށް، ވަރަށް ގިނަ ގައުމުތަކެއްގެ އެހީތެރިކަން، މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި، މިފަދަ އެހީތައް ރާއްޖެއަށް ލިބެނީ، ބައިނަލްއަގްވާމީ މުޖުތަމައާއެކު، ހަރުދަނާ ގުޅުންތަކެއް ގާއިމުކުރެވި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހައަށް ރާއްޖެއިން ދޭ ސަމާލުކަމާއި އެކަމަށްޓަކައި ކުރާ މަސައްކަތް، ބޭރު ދުނިޔެއިން ބަލައިގަންނާތީ. ވަކިން ހާއްސަ ގޮތެއްގައި، ރާއްޖެއަކީ ހަރުކަށި ފިކުރުތަކާއި، ނިރުބަވެރިކަމުގެ އަމަލުތަކާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާ ގައުމަކަށްވާތީ، އަދި ސުލްހަ ގާއިމުކުރުމުގެ ގޮތުން، ރާއްޖޭގެ ޢަސްކަރިއްޔާ ވަރުގަދަ ކުރުމަކީ މުހިންމު ކަމެއްކަމަށް އެ ގައުމުތަކުންވެސް ގަބޫލުކުރާތީ. އިރާދަކުރެއްވިއްޔާ މިކަންކަމުގެ ހެޔޮ ނަތީޖާ ދިވެހިރާއްޖެއަށާއި މި ސަރަޙައްދަށްވެސް ކުރާނެ". ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވަޅޯގުޑި

    “ރާއްޖޭގެ މީހުން ނޭވައިލާތީ އަދި ފޮޑިޖަހާތީ ދުނިޔޭގެ ހުރިހައި ގައުމެއްގެ އެހީ ވަރައްވެސްމެ ބޭނުންވެއްވެ. އެހީއެއްނުލިބޭނަމަ މިފަދަ ކަންތަކައިގެން ކުރިއައް ދިިއުމަށް ދަތިވެޔެވެ.”
    🥲😂

    39
  2. ނަން

    ނިރުބަވެރި ވުމަކީ އެހެން ދީންތަކަށް ފުރުސަތުދީ، ސެކިއުލަރ، އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމާ ދެކޮޅު މީހުން ޓެރަރިސްޓުން ގޮތަށް ލޭބަލް ކޮއް ހަރު ކައްޓޭ ކިޔުންތައް. އިސްލާމް ދީން ނޫން އެހެންގޮތެއް ހޯދަންޏާ ހުޅަގުން އައި ހުޅަގަށް މިކަމަށް ވާގި ވެރި ދޭމީހުން ގިނަ އެހީދޭނެ.

    46
    1
  3. ހުސޭނުބޭ

    ރާއްޖޭގައި އެންމެ ގިނަ ނިރުބަވެރި ޙަމަލާދިން މީހާ ހުރީ ކަލޭގެ އެއްއަތުގައި ހިފައިގެން! އެއީ ބުއްޅަބޭ!

    30
  4. Anonymous

    "ދިވެހިރާއްޖޭގެ ތާރީޙްގައިވެސް ދުވަހަކުވެސް ސަރުކާރަކުން ދީނަށް ގޮންނުޖަހާވަރަށް މިސަރުކާރުން ދީނަށް ގޮން ޖަހައިފި. މިކޯލޮސަނުން ދަނީ ރައްޔިތުން އިސްލާމް ދީނަށް ދުރަށް ޖައްސަމުން އަދި ދީން ޤަބޫލުނުކުރާމީހުން ނަށް ބާރުތަށްދެނުން އަނެއްކާވެސް މަޤާމެއް ބޭނުންވީމާ ހަތިޔާރަކަށް ތިޔަނެގީ ހަރުކަށި މަޑުކަށި ކޮބާތޯ މަނިކުފާނުންގެ ލަދުހަޔާތް

    15
  5. ހުސެން

    ލާދީނީއްޔަތު ފަތުރަން ސަރުކާރުން ދޭ ހިތްވަރަކީ ވެސް ބޭރު ހަރުބީ ކާފަރުން ނިކަން ކަލޭމެން ދެކެ ރުހޭ ކަމެއް އެހެންވެތާ މުސްލިމުންގެ ލޭ ބޯ މޯޑީއަށް ޟަރަފު ދިނީ ދޯ

    12
  6. ހުސެން

    ލާދީނީއްޔަތު ފަތުރަން ސަރުކާރުން ދޭ ހިތްވަރަކީ ވެސް ބޭރު ހަރުބީ ކާފަރުން ނިކަން ކަލޭމެން ދެކެ ރުހޭ ކަމެއް އެހެންވެތާ މުސްލިމުންގެ ލޭ ބޯ މޯޑީއަށް ޟަރަފު ދިނީ ދޯ ،،،

  7. ހުސެން

    ލާދީނީއްޔަތު ފަތުރަން ސަރުކާރުން ދޭ ހިތްވަރަކީ ވެސް ބޭރު ހަރުބީ ކާފަރުން ނިކަން ކަލޭމެން ދެކެ ރުހޭ ކަމެއް އެހެންވެތާ މުސްލިމުންގެ ލޭ ބޯ މޯޑީއަށް ޟަރަފު ދިނީ ދޯ ،،

    20
  8. ކަޅުބެ

    އިސްލާމްދީނަށް ހަޖޫޖަހައިގެން މިސަރުކާރަށް ވަރަށްއެހީ ލިބިއްޖެ މިހާރުމި ބޭޒާރުވީ.

    26
  9. ގެރި

    "ދިވެހިރާއްޖޭގެ ތާރީޙްގައިވެސް ދުވަހަކުވެސް ސަރުކާރަކުން ދީނަށް ގޮންނުޖަހާވަރަށް މިސަރުކާރުން ދީނަށް ގޮން ޖަހައިފި. މިކޯލޮސަނުން ދަނީ ރައްޔިތުން އިސްލާމް ދީނަށް ދުރަށް ޖައްސަމުން އަދި ދީން ޤަބޫލުނުކުރާމީހުން ނަށް ބާރުތަށްދެނުން އަނެއްކާވެސް މަޤާމެއް ބޭނުންވީމާ ހަތިޔާރަކަށް ތިޔަނެގީ ހަރުކަށި މަޑުކަށި ކޮބާތޯ މަނިކުފާނުންގެ ލަދުހަޔާތް

    12
  10. ރަދީފް

    އިސްލާމްދީނުގެ އެކި ހުކުމްތަކާއި ދެކޮޅުވެއްޖެނަމަ އަދި ލިބޭ އެހީ ވަރަށް ބޮޑުވެފަ އިތުރުވާނެ.ލަދު ކޮބާ ހޮލޯ މޭން؟؟

  11. އިބިލީސްރާހިމު

    ޔާ މިނު ވެރިކަ މުގަ ހައްޖައް ގޮސް އައިތަނާ ނިރުބަވެރި ހަ މަލާދިން ނިރުބަވެރިޔާ ގޭގަ އުފަލުގަ ތިޔަގެންގުޅެނީ ނަޝީދު އެޅުވި ފަންޏަކައްވާތީތޯ ކޮބައިތޯ ލަދުހަޔާތް

  12. ބެއްޔާ

    މިގައުމުން އިސްލާމްދީން ފޮހެލަން ކުރާ މަސައްކަތުގެ ޕްރޮޕޯސަލް ޔަހޫދީ ގައުމުތަކަށް ހުށަހެޅުމުން މާގިނަ އެހީތައް ލިބޭނެ.