ހުޅުމާލެ މިސްކިތެއްގައި ހުރި ދިވެއްސަކަށް ހަމަލާ ދިން އިންޑިއާ މީހާގެ ބަންދަށް އިތުރު ފަަސް ދުވަސް ޖައިފިއެވެ.

ޖެނުއަރީ 15 ވަނަ ދުވަހު އަސްރު ނަމާދު ވަގުތު ހުޅުމާޅޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ހިނގާދިޔަ އެ ހާދިސާއާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެެވެ.

ފުލުހުން އެ ދުވަހު ވިދާޅުވީ އަޒީޒާ މިސްކިތުގެ ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަސް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނަކު އެ މީހާ ނެރެން އުޅެ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށް ފުރަތަމަ ބަންދަށް ޖަހާފައި ވަނީ 10 ދުވަހުއެވެ. އެ ބަންދުގެ މުއްދަތުގެ މުއްދަތު މިއަދު ހަމަވާއިރު، މިއަދު ކޯޓަށް ގެންދިއުމުގައި އޭނާ ބަންދުގައި ބަހައްްޓައިގެން މައްސަލަ ކުރިއަށްގެންދިއުމަށް އިތުރު ފަސް ދުވަސް ހުޅުމާލެ ކޯޓުން ވަނީ ޖަހާފައެވެ.