އޭޝިޔަން އެކަޑަމީ އޮފް އެރޯނޮޓިކްސް ޕްރައިވެޓްލިމިޓެޑް (އައްޑޫ ފުލައިން ސުކޫލް) ގެ ޖެނެރަލް މެނޭޖަރުކަމަށް ދިވެއްސަކު އައްޔަން ކޮށްފިއެވެ.

އެ މަގާމަށް އައްޔަންކޮށްފައި ވަނީ މުހައްމަދު ފަޒީލް ރަޝީދު މ.ޒޭވަރު އައްޔަން ކޮށްފީމެވެ.

އައްޑޫ ފްލައިން ސްކޫލުން ބުނީ، މިއެކަޑަމީއަށް ޕޮލިސީ ލެވެލް ގެ ދިވެއްސަކު އައްޔަނު މި ކުރީ މި ސުކޫލް ހިންގުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ސަރުކާރާއި ކަމާބެހޭފަރާތްތަކާ ގުޅިގެން ހައްލު ކުރުމުގައި ދަރިވަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެތީ ކަމަށެވެ.

މިގޮތުން މި އެކަޑަމީ ހިންގުމަށް ދިމާވެފައިވާ ދަތިތަކަށް މުސްތަޤުބަލްގައި އަވަސް ހައްލެއް ގެނެވޭނެ ކަމަށް އުންމީދު ކުރާކަން ސުކޫލުން ބުނެފައި ވެއެވެ.

އައްޑޫ ފްލައިން ސްކޫލްގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުންވެސް ދަނީ އެ ސްކޫލާއި ވާހަކަދައްކައިގެން ހައްލު ކުރަމުންނެވެ.

އެ ސްކޫލްގައި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ އެސްކޫލާއި ބައްދަލުކޮށްފައެވެ. އަދި އެ ސްކޫލުގެ ދަރިވަރުންނާއި ބައްދަލުކޮށް ވާހަކަދައްކާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފައިރޫޒު

    ފަޒީލަށް މަރްޙަބާ. ހަނދާނަށް އަންނަނީ އެމް ޑަބްލިޔޫ އެސް އޭގައި އުޅުއްވި ދުވަސްތައް މަތިން. ވަރަށް ގަދަ ލީޑަރެއްކަން ފާހަގަކޮށްލަން.

    9
    1
  2. ތަރިކަ

    ދިވެހި މައިންވެސް ރަގަޅުދަރިން ވިހާފާ ތަރުބިއްޔަތާ ތައުލީމް ހޯދާދީފާ އެބަތިބި ޝުކުރިއްޔާ ދިވެހި މައިވަންތަ މައިންނަށް

  3. ފާޠުން

    ޙުރިހާ ސަރު ކާރަކުން ވެސް ވަޒީފާ މިމީހުނަށް ކިތަންމެ ހިޔާނާތެއް ވިޔަސް😇😇