ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބޭ ބޭފުޅުންނަށް، މެޑިކަލް ސެޓްފިކެޓް (އެމްސީ) އާ ނުލައި އަހަރަކު 15 ދުވަހުގެ ސަލާމް ލިބޭ ގޮތަށް އުސޫލު ބަދަލު ކޮށްފިއެވެ.

ކުރިން އެ އުސޫލު ބުނާ ގޮތުން އެމްސީ އާއި ނުލައި ސަރުކާރު މުވައްޒަފުންނަށް ކޮންމެ އަހަރަކު ސަލާމުގެ ޗުއްޓީގެ ގޮތުގައި 30 ދުވަސް ލިބެއެވެ.

އިއްޔެ ގެޒެޓް ކުރި "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަން ޖެހޭ އުސޫލު"ގައި ވާ ގޮތުން ކޮންމެ އަހަރަަކަށްވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ދެވޭނީ 30 ދުވަހެވެ.

އަދި ބަލީގެ ބާވަތާއި އެ ބަލިގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް (އެމްސީ)އެއް، ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ނުނީ އެ މުވައްޒަފަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައި ނުދެވޭނެ ކަމަށް އުސޫލޫގައި ބުނެއެވެ.

ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުވައްޒަފަށް ލިބޭ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތުގެ މަތީން، އެމްސީއާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު، މުވައްޒަފަށް ލިބިގެންވާ ކަމަށްވެސް އުސޫލުގައި ވަނީ ބުނެފައެވެ.

"ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލު" އަކީ 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލުކުރަމުންދާ އުސޫލެކެވެ. އިއްޔެ މި އުސޫލަށް ގެނެސްފައިވާ އިސްލާހަކީ 10 ވަނަ އިސްލާހެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފައިބާ

    ތަމެން ދެން ފައިބަންވީއޭ ރަންރީނދޫ ޓްވިޓަރޭ ދަ ކޮމިއުނިކޭޝަން ކަޓޭ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ

    3
    1
  2. އަރުވާލާށޭ

    ފިނޮޅު މައްސަލައިގައި ހިންމަފުށި ކައުންސިލަށް އެއްގޮތަކަށް ވެސް ރިސޯރޓާއި ވާހަކަ ދައްކައިގެން އެކަމަށް ހައްލެއް ނުގެނެވޭނެއޭ ރާއްޖެތެރޭގެ ރަށެއް ކަމަށްވާ ހިންމަފުށީ ރައްޔިތުންގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ މާލެ އަތޮޅު ގައިވާ ރީތި ފިނޮޅު ތަކަކީ އެއީ ސީދާ މައިސަރުކާރުގެ މިލްކިއްޔާތެކޭ އެކަމާއި މަޝްވަރާ ކުރަން ޖެހޭނީ މައިސަރުކާރުންނޭ ގިލި ލަންކަން ފުށިން މައިސަރުކާރުގެ މިލްކެއް ކަމަށްވާ ބޮޑު ފިނޮޅެއް ނައްތާލީއޭ ބަދަލުގައި 100 ބިލިއަން ޑޮލަރުން ޖޫރީމަނާ އަރުވާލާ ރިސޯރޓް އެއިރުން ހުންނާނެ އެމެރިކާ ނޯކަރަށް ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ...

  3. ހަވާލުކުރޭ

    ސިޔާސީ މީހުންނަށްވެސް އެމްސީއާއި ނުލައި ލިބޭނީ 15 ދުވަހުގެ ސަލާމޭ އެހެންތޭ ތަމެން ބަނޑޭ ކިޔާބަލަ ތަމެން ކަމަކީ ސަރުކާރުން ބޮޑެތި މުސާރަ ބަނޑު އަޅާލައިގެން ގޭގައި ތިބުން ނޫންތޭ ތަމެން މިހާރުން މިހާރަށް މިގައުމުން ވެސް ފެއްސެންވީއޭ އިންޑިއާ އަށް މަމެންނަށް މަމެންގެ ގައުމު ހަވާލު ކޮށްފައި މަމެން ގަބޫލެއް ނުކުރަމޭ ތަމެންނަކީ އެއީ ދިވެހި ޑީއެންއޭ ކަމަށް މަމެންގެ ގައުމު ދެކެ މަމެން ވަރަށް ލޯބިވެއޭ މަމެންނާއި މަމެންގެ ގައުމު ހަވާލު ކުރާށޭ ހަވާލު ކުރާށޭ...

    2
    1
  4. އެމަންޖެ

    މަޖިލިސް ބޭފުޅުން އޯކޭ ދައުރު ނިމެންދެން ޗުއްޓީ/ސަލާމް އުޅުނަސް މަހު މުސާރަޔައް މަހަކު މަދުވެގެން ބައި މިލިޔަން.

  5. ސިވިލްސަރވަންޓް

    މުސާރަ ބޮޑެއް ނުވޭ ބަލާބޮޑުވޭ އެކަމު

  6. ދެބޯގެރި

    ސިޔާސީ މީހުން ކޮން ސަލާމެއްތަ! ޢުމުރު ދުވަހު ސަލާމުގައި އުޅުނަސް ބޮޑު މުސާރަ ލިބޭވިއްޔާ1 ސިވިލް ސާވަންޓުން އިނދަ ޖެހޭނީ. ތަކެތީގެ އަގު ދަނީ ފަތު އަޑުކިޔާފައި ބޮޑުވަމުން. މިހާރު އަތްނުފޯރާ ފަށަށް އަގުތައް ހިގައްޖެ. ލިބޭ ލާރިކޮޅަށް އެއްޗެއް އިތުރުނުވާތާ މިއީ ކޮން ޒަމާނެއް!

  7. Happy

    ޢަދައިގެ ރާއްޔިތަކަށް 10 ސިޔާސީވީމަ 15.... މިކޮންކަހަލަ އުސޫލެއް!...ސިޔާސީބަލި ޖެހޭތީދޯ އެމީހުންނަށް🤭😬

  8. ސުވާލު

    މަޖްލިހުގައި މި ތިބާ މީހުނޯ