ރައްޔިތުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތަކަށް ޖަވާބުދިނުމަށް ބާއްވާ "ޖަޒީރާ ސައްލާ" ޕްރޮގްރާމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން މިމަހުގެ 27 ވަނަ ދުވަހު އޮންނާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ.

މި ޕްރޮގްރާމް އޮންނާނީ 27 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ކޮވިޑް ރެސްޕޮންސް ޕްލޭނާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ތަކަށެވެ.

ރައްޔިތުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކާއި ޖަވާބު ދެއްވާނީ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގ (އެޗްއީއޯސީ) ގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް އާއި ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒެވެ.

ސަރުކާރުން ވިދާޅުވެފައި ވަނީ އެ މައުލޫއަށް ސުވާލުކުރަން ބޭނުންފުޅުވާ ބޭފުޅުން، ޓުވިޓާގައި "ޖަޒީރާ ސައްލާ" ހޭޝްޓެގް ބޭނުންކޮށްގެން ސުވާލުތައް ކުރެވޭނެ ކަމަށެވެ.

މިމަހުގެ 27 ވަނަ ދުވަހު ޖަޒީރާ ސައްލާގެ ނަމުގައި ޕްރޮގްރާމެއް ބާއްވަން ނިންމާފައިވާއިރު، މީގެ ކުރިންވެސް ޖަޒީރާ ހޮޅުއަށީގެ ނަމުގައި ސަރުކާރުން ވަނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުންތަކުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޙައްގުބަސް

  މިފެށީ ވޯޓަކާއި ދިމާކޮށް އަނެއްކާވެސް މޮޅެތި ނަންނަން ކިޔަން!! މިހާރު މިކިޔަނީ ޖަޒީޒާ ސައްލާ!! ދެރަކަމެއް!! ރިޔާސީ އިންތިޚާބާ ދިމާކޮށް ގެންގުޅުނު ބަސްތަކަކީ ނޫ އިގްތިސޯދު، ގޭދޮށު މަސްފެކްޓަރީ، ހަމައަގު މިކަހަލަ ބަސްތައް!! ކޮންތާކު ޖެހުނީ!! އެބުނާ ނޫ އިގްތިސާދު ކޮބާ؟ މިރާއްޖޭގެ ރައްޔިތުން ސަލާންޖަހަނީ!! އިގްތިސޯދު ފުނޑިއްޖެ!! ބެންކުތަކުން ޑޮލަރެއް ނުލިބޭ!! ބެންކުން ދީފައި އޮންނަ ކާޑުތަކީ ވޮލެޓްގައި ގެންގުޅޭ ޕްލާސްޓިކް ކޮޅަކަށްވެ ނިމިއްޖެ ލިމިޓް ކުރިކުރީނުން!! ރާއްޖޭގެ ފޮރިން ރިޒާވް ހުސްވެޖެ!! ދެން އެބުނި ގޭދޮށު މަސް ފެކްޓަރީ ކޮބާ؟ މަސްފެކްޓަރީ ވީތަން ރައްޔިތަކަށް ނޭގޭތާ މަސްވެރިން ބާނާ މަސްކޮޅު ކިރާލެވޭވަރު ނުވޭ!! މަހުގެ އަގު ދަށްކޮށްލައިފި!! މަސްވެރިން ބިކަވެއްޖެ!! ދެން ކޮބާ އެބުނި ހަމަ އަގު؟ ހަމަ އަގެއް މިރާއްޖޭގައި މަސައްކަތްކުރާ އެކަކަށް އަދިވެސް ނޭނގެ!! މިހެން ތިއްބާ މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ބޮޑުތަނުން ކަނޑާލައިފި!! ތަކެތީގެ އަގު މި ދެއަހަރުތެރޭ 6% އުފުލިއްޖެ!! ޑޮލަރު ރޭޓް 19 ރުފިޔާއަށް އުފުލިއްޖެ!! މިއީތޯ ހަމަ އަގަކީ؟ އެހެންކަމުން ދިވެހި ރައްޔިތުން ވިސްނާ ފިކުރުކުރޭ!! މިމީހުންގެ މިޖަހާ ދޮގު މަޅީގައި ދެން ނުޖެހެމާ!! މިހާރު ޖަޒީރާ ސައްލާއޭ ކިޔާ ކިޔައިގެން އަނެއްކާވެސް ބޮޑެތި އޮޅުވާލުންތަކާއި ދޮގުތައް ހަދައިގެން ރައްޔިތުންގެ ބޮލަށް ސަވާރުވާން މިއުޅެނީ!! މިއުޅެނީ ފާޑެއްގެ ކެމްޕޭނެއް ފަށަން ލޯކަލް ކައުންސިލާއި ދިމާކޮށް!! ވިސްނާ ރައްޔިތުން!!

  18
  2
 2. ޖަނާޒާ

  ކޮބާތޯ އަދި ހަމައިސްކޮޅަށް ދެމިލާ ޒުވާނާ . ލަދު ކޮބާ

  10
 3. ޖަނާޒާ

  ވަރަށް ގުޅޭ ނަމެއް އެބައޮތޭ. " ޖަޒީރާ ކޮއިބޮނޑި ސައްލާ " ނުވަތަ ޖަޒީރާ އަންބޮނދިއަށްލާ " މި ދެ ސިޔާރު މިހާާރު އަޅުގަނޑުގެ ނަޒަރުގައި ގުޅޭނީ . # ހެހެހހެ

  12
  1
 4. ޒާރާ

  ތަންދޮރު ނުފިލައިތިބި ސަންގޯރުން އިސްބަސްބުނަން ނުކުތުމުން ވަނޭ ހަޔެތި މިދަނީ ވަމުން!

 5. ސ

  ސައްލާ އެއް ނުކުރާނެ ރަނގަޅު ކަމަކަށް އަބަދުވެސް ދިވެހިން ގެ ވާހަކަ ދެއްކުމުގައި ނުބައި ކަމަކަށް ސައްލާ ކުރާނީ ..... ތިޔަ ކުރާ ސައްލާ ތަކުން ވާ ފައިދާއެއް ބުނެބަލަ ސައްލާ ކޮށްކޮށްފައި ބޭނުން ގޮތަކަށް ކަން ކުރަނީ އާ ރަށުގައި ކުޅި ސަމާ ޖަހާފައި ކޮންމެ ހޮނިހިރެއްގައި އާރަށުގައި ވެސް ބޮޑުންގެ ސައްލާ އޮވޭ ދައުލަތުެގެ ފައިސާ ތައް ތަޅާ ބުރައްސަނީ ބަޖެޓް ދަރަނި ވެރިވެފައި އޮތްވާ އެތައް ބަޔަކު ކޮށް މޮޅަށް ކައި މޫދަށް އެރި ފޮނި ކަނޑަނީ

 6. Anonymous

  ފެނޭ ވެރިކަމުން އިސްތިއުފާދޭނެ ގޮތަކާއިބެހޭ ގޮތުން ސައްލާކޮށްލުން. އެންމެ ގިނަ ދިވެހިން ބޭނުންވަނީވެސް އެގޮތް.

 7. ޙައްވަ

  ޖަޒީރާ ސައްލާބާއްވާއިރު ރައްޔިތުން މިތިބަފަނާވަނީ ނިކަމެތިން ރަށައްގޮސްކަރަންޓީނުވާންޖެހޭއިރު ބޮޑުން ރައްރަށައްގޮސް މުޅި ރަށުގަމީހުންނާބައްދަލުވެ ހަދާއިރު ކަރަންޓީނުވާކައްނުޖެހޭ މިމީހުންގެ ފަރާތުން ކޮވިޑެއްނުޖެހޭނެ ދޯ