ރައްޔިތުން މަޖިލީހުގެ އިދާރާއިން ޓިކްޓޮކްގައި އެކައުންޓެއް ހުޅުވުމުގެ ސަބަބން ދިވެހި ޒުވާނުންނަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ވުރެ ބޮޑަށް އެނގިގެން ދާނެ ކަމަށް އެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޓިކްޓޮކް އެކައުންޓެއް ހުޅުވާފައިވާކަން އިއުލާނު ކުރީ މިއަދު އެވެ. އެ އެކައުންޓް ހުޅުވައި މިއަދު ވީޑިއޯވެސް ވަނީ އާއްމުކޮށްފައެވެ. އެ އިދާރާގެ ރަސްމީ ޓްވީޓާ އެކައުންޓްގައި ޓިކްޓޮކް އެކައުންޓްގެ ލިންކް ހިއްސާކޮށް ފޮލޯ ކުރުމަށް ވެސް އެދިފައިވެއެވެ.

މި ކަމަށް އިޝާރާތް ކުރައްވައި، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓިކްޓޮކްގައި ވެސް މަޖިލީހުގެ އިދާރާގެ އެކައުންޓެއް އޮންނަ މަންޒަރު ފެނުމަކީ ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެއް ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އިތުރު އާބާދީއަކަށް ފަސޭހައިން މަޖިލީހުގެ ކަންކަން ފެންނާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ. ހާއްސަކޮށް ދިވެހި ޒުވާނުންނަށް މަޖިލީހުން ކުރާ ކަންކަން އެނގިގެން ދާނެ ކަމަށެވެ.

އެ އެކައުންޓްގައި މިއަދު އާއްމު ކުރި ފުރަތަމަ ވީޑިއޯއިން ފެނިގެން ދަނީ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިދިޔަ އަހަރު ބޭއްވި ފުރަތަމަ ޖަލްސާގެ ވީޑިއޯއެކެވެ. އެ ވީޑިއޯގެ ކްލިޕެއް އާއްމުކޮށް މަޖިލީސް އިދާރާއިން ވިދާޅުވީ، މިއަހަރުގެ މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާ އޮންނާނީ ފެބްރުއަރީ 2021 ގައި ކަމަށެވެ. އަދި އެ ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވާނެއެވެ.

ޓިކްޓޮކް އަކީ ޗައިނާ ކުންފުންޏަކުން އުފައްދާފައިވާ މީސް މީޑިއާ އެޕްލިކޭޝަން އެކެވެ. މި އެޕްލިކޭޝަން ދަނީ ޒުވާނުންގެ ތެރޭގައި ބޮޑު މަގްބޫލް ކަމެއް ހޯދަމުންނެވެ. ދިވެހިންގެ ތެރޭގައި ވެސް މި އެޕްލިކޭޝަން ވަރަށް ބޮޑަށް މަގްބޫލެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަފްލާ

    ކަލޯ ނިކަން މަޖިލީހުގަ ބޮޑުބެރު ނެޝުމަކުން ނަށާފަ ޓިކްޓޮކަށްލާބަލަ ވ ސަޅިވާނެ މަޖިލީހުގަ ތިކުޅޭ މޯދީ ޑްރާމާއަށް ވުރެ މާރީތިވެފަ ސަޅިވާނެ

  2. ނާދިރާ

    Zuvaanun halaakukoh Islaam Dheenaa dhurukurumah hungaa harakaatheh.

    19
    1
  3. ނާދިރާ

    Zuvaanun halaakukoh Islaam Dheenaa dhurukurumah hingaa harakaatheh.

    18
    1
  4. ރާބޭ

    ބޮޑުއިބްލީސް އަބަދަކު ތިޔަގޮޑީގައި ނުއިދެވޭނެ އަތުޖެހޭ ދުވަހަކުން ހއިދިކޮޅަށް ހަނަދަމައިލާނެ!

    18
    2
  5. ޗާޗާ

    އިދި ކޮޅުން އެ ނިކުންނަ 6 ށް މީހުން ވެސް މަގު މައްޗަށް ނުނިކުމެ މި ޓިކް ޓޮކާއި ކުޅުނިއްޔާ މާ ރަނގަޅުވާނެ

    2
    9
  6. އެމަންޖެ

    ތިޔަ ޖެހުނީ ފޯނުން ޓިކްޓޮކް ރިމޫވް ކޮއްލަން ، މި ސައިތާނު ބޯކޮއްޕާ ކޮއްމެ ތަނެއް ފަސާދަވެ ހަލާކު ވާނެ.

    19
  7. ކުޅޭބޭބެ

    ކުޅޭ ކުޅޭ ތަނެއްތޯ މަޖިލިސް އަކީ؟

  8. މަސއޫދު

    ޑޮކުޓަރ އިބުލީސް ކަލޭ ދައްކާވާހަކަ ގަބޫކުރާ ދިވެއްސަކުނެތް!

  9. ލަދުބެ

    ތަފާސް ހިސާބުތައް ދައްކާގޮތުން މިރާއްޖޭގެ އާބާދީގެ ނިސްބަތުން އެންމެ ގިނަމީހުން ވަންނަނީ ބަރަހަނާ ސައިޓުތަކަށް. އެތަނުގައިވެސް އެކައުންޓެއް ހަދަންވީނު ތިވަރުން. އޭރުން އަދި މާ ގިނަ މީހުންނަށް މަޖިލިސް މަސައްކަތްތައް ފެންނާނެ. ބަނާނާ ރިޕަބްލިކެއް މިހާރު މީ. ސަރުކާރެއް ހިންގަން ދިމާކޮށްފަ މިސްރާބު މިހުރީ ޓިކްޓޮކާ ޓުވިޓަރގަ. ހިތާމަ ހުރި ކަންކަން. ދައުލަތެއްގެ ހައިބަތުގެވެސް އަގެއްނެތްކަން ހާމަވަނީ.

  10. Anonymous

    މަޖިލީހުގަ ތަޅާފޮޅާ ޒުވާބު ކުރާ ވީޑިއޯ އެކަނި ފެންނަނީ ޓިކްޓޮކުން. އެއީތަ ތިކުރާ މަސައްކަތަކީ