23:50

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 1،631 މީހަކު މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު އެއްލައްކައަށް އަރައިފި.

22:06

ކޮވިޑް-19 ޖެހިގެން ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ އަދަދު 93 އަށް އަރައިފި.

22:01

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް 145 މީހަކު ފައްސިވެއްޖެ.

21:12

މ.ކޮޅުފުށިން އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން ކަރަންޓީންވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގައިފި.

19:51

މ. އަތޮޅުން ކޮޅުފުށިން ކޮވިޑް-19ގެ ޥޭދަނަތައް ފެންނަމުންދާތީ ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން 24 ޖެނުއަރީއާ ހަމައަށް އެރަށަށް ޒިޔާރަތްކޮށްފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް، ފަށައިފި.

18:58

މިއަދު މ.ކޮޅުފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ތުއްތު ކުއްޖަކު ހިމެނިއްޖެ.

18:48

އއ.ތޮއްޑޫން މާލެ އައި މީހަކު ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފި.

18:18

ކޮވިޑް-19 ޖެހޭ މީހުން އެންދުމަށް ސްރީލަންކާގައި ގެންގުޅޭ އުސޫލު ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އދ. އިން ބުނެފި.

18:09

ސްރީލަންކާއިން ކޮވިޑް-19ގެ އާ ވައްތަރެއް ފެނިއްޖެ.

17:40

މ. ކޮޅުފުށީގައި ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

17:35

އއ. ތޮއްޑޫ ސްކޫލްގެ ދަށުން ހިންގަމުން އަންނަ ޕްރީ ސްކޫލްގެ އަންހެން ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:33

ކޮވިޑް-19 އިން ރައްކާތެރިވުމަށް މޮރިޝިއަސްގައި ވެކްސިން ދިނުމުގެ ކެމްޕެއިން ޕްރޮގްރާމެއް ފަށައިފި.

12:51

ބ. އޭދަފުށިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

12:26

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ހުއްދަ ނުލިބެނީސް، އިންޑިއާ އިން އުފެއްދި ކޮވިޑް-19 ގެ ވެކްސިން ގެނައީ ހުއްދަ ލިބުމާ އެކު ވަގުތުން ވެކްސިން ޖަހަން ފަށަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެ.

10:49

ޏ. ފުވައްމުލައް ސިޓީގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

09:48

ޒިމްބާބްވޭގައި ކޮވިޑް-19 ޖެހިގެން މަރުވި މިނިސްޓަރުންގެ އަދަދު ހަތަރަކަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

09:46

ޒިމްބާބްވޭގައި ކޮވިޑް-19 ޖެހިގެން މަރުވި މިނިސްޓަރުންގެ އަދަދު ހަތަރަކަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

08:47

ދުނިޔޭގެ އެކިކަންކޮޅުތަކުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 100 މިލިއަނަށް އަރައިފި.

21:57

މިއަދު ރާއްޖެއިން އިތުރު 109މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެެ...

ކޮވިޑް-19 ގެ ނުރައްކަލާއި ދުނިޔެ ކުރިމަތިލަމުން އަންނަތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ނަމަވެސް މި ނުރައްކާތެރި ބަލިމަޑުކަން އަންނަނީ އެއްވެސް ކޮންޓްރޯލެއް ނެތި ދުނިޔޭގައި ފެތުރެމުންނެވެ. މި ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ބަލި ފެތުރޭ މިންވަރަށްވެސް ބަދަލެއް ނާދެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ ބައެއް ސަރަޙައްދުތައް ފުރަބަންދުން އާ އާންމު ޙާލަތެއްގައި ހުޅުވާލުމާއެކު ނުރައްކާ ވަނީ ދެގުނަވެގެން ގޮސްފައެވެ. އަދި ކޮވިޑް-19 ގެ ނުރައްކާތެރި އާވައްތަރުތަކެއްވެސް ދުނިޔޭގައި ވަނީ ފެތުރެން ފަށާފައެވެ. މިކަމުގެ ސަބަބުން މީގެ އަހަރެއްހައި ދުވަސް ކުރީން ފަރުވާއެއް ހޯދުމަށް ފެށި މަސައްކަތްވެސް ވަނީ އަލުން ފަށަން ޖެހިފައެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތަށް ބަލާއިރު، ފެންނަނީ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ މަންޒަރެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު ބައިމިލިއަނަށްވުރެ ގިނަ މީހުންނަށް ދުނިޔެއިން މި ބަލި ޖެހި، ދިހަ ހާހެއްހައި މީހުން ބަލީގައި މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ބައެއް ޤައުމުތަކުގެ ހާލަތު ކުރިޔަށްވުރެ ގޯސްވެ ނުރައްކާ ދެގުނަ ވެފައި ވާއިރު ދުނިޔެއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު މިހާރު އުޅެނީ 99 މިލިއަންގައެވެ. ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 2.13 ގައި އުޅޭއިރު މިހާތަނަށް ބަލިން ރަނގަޅުވީ 71 މިލިއަން މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައި ވީނަމަވެސް މިއިން ބައެއް ފިޔަވަޅުތަކަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އަދި ފުރަބަންދު އުވާލިފަހުންވެސް އަމަލުކުރަމުންދާ ބައެއް އުސޫލުތަކަށް މިހަފްތާގައި ވަނީ އިތުރު ލުއިތަކެއް ދީފައެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރާއްޖެއަށް ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ގެނެސްފައެވެ. ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުން އުފައްދާ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ. އިންޑިއާ ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށް މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާ އާއެކު ރާއްޖެއިން ވަނީ 7 ލައްކަ ޑޯޒްގެ ވެކްސިން ހޯދުމުގެ އެއްބަސްވުމެވެސް ވެފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 15,102 މީހަކު ފައްސިވި އިރު، މި ބަލި ޖެހިގެން މިހާތަނަށް 51 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި އާދީއްތަ ދުވަހު ނިޔާވި އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިވަގުތު ފަރުވާ ދެމުން އަންނަނީ 1,160 މީހަކަށެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 87 މީހަކަށެވެ. މި ބަލި ޖެހުނު 13،884 ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މި ބަލި ޖެހިގެން ރަނގަޅުވާ މީހުންގެ ރޭޓް އުޅެނީ 92.60 އިންސައްތައިގައެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު، ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ގިނަ އިން ފައްސިވީ ދިވެހިންނެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުގައި ބައެއް ޤައުމުތަކުގެ ހާލަތު ކުރިޔަށްވުރެ ގޯސްވެ ނުރައްކާ ދެގުނަ ވެފައި ވާއިރު ދުނިޔެއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު މިހާރު އުޅެނީ 99 މިލިއަންގައެވެ. ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 2.14 ގައި އުޅޭއިރު މިހާތަނަށް ބަލިން ރަނގަޅުވީ 71.8 މިލިއަން މީހުންނެވެ.

ތާރީޚުގައިވެސް ދުނިޔެ މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަން ކަމުގައި ޤަބޫލުކުރެވޭ ކޮވިޑް-19 އިން އަރައިގަތުމަށް ގިނަ ޤައުމުތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނައިރު މި ބަލިމަޑުކަމާއި ހަނގުރާމަކުރުމަށް ގިނަ އަދަދެއްގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. މީގެ ތެރެއިން ބައެއް ވެކްސިން މިހާރު ބޭނުންކުރަން ވެސް ފަށާފައިވާއިރު އެކަށީގެންވާ ގޮތެއްގައި ބަލި ކޮންޓްރޯލް ކުރެވޭ ވަރުގެ ވެކްސިނެއްގެ އުންމީދު އަދި ހާސިލެއް ނުވެއެވެ.

ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު މި ނުރައްކާތެރި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިގެން ދިޔައިރު މިއަދާއި ހަމައަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލިމަޑުކަން ވަނީ ފެނިފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ގޯސްވާނެ ގޯސްވާނެ ސަރުކާރުގެ ނާގާބިލުކަމުން ހުރިހާ ކަމެއްވެސް ދާނީ ގޯހުން ގޯހައް.

    7
    4
  2. މާމި

    މިހާރު މިދަނީ ކޮރޯނާ ހާލަތު ގޯސްވަމުން ކަން ތިބޭފުޅުންނަށް އެނގޭއިރު ކީއްވެތޯ އަޅާފަހުރި ފިޔަވަޅުތައް ދޫކޮއްލަމުން ތިޔަގެންދަވަނީ؟ މިކަމުން އެނގެނީ ކޮންމެވެސް ބަޔަކު އަނެއްކާވެސް ހަކުރު ކިލޯއެއް 16ރުފިޔާ އައް ވިއްކަން ރާވަނީ ކަން .. ކޮބާ؟ ވެންޓިލޭޓަރު ތައް؟

  3. އަހުމަދުކަ

    ގޯސްވާނު ވެކްސިން ލިބުނީމަ ވެސް ބޮޑު ފޮއްޓަށް ލައިގެން ތިބެނީ ވިއްޔަ މީހަކަށް ޖަހާކަށް ނޫޅެ ދޯ