ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނުހައްގުން ފްލެޓްތައް އަތުލާފައިވާ ކަމަށް މީސްމީޑިއާގައި ވާހަކަ ދައްކައިފިނަމަ ވަޒީފާ ގެއްލޭނެ ކަމުގެ ބިރު ރައްޔިތުންނަށް ބޮޑު ވެއްޖެއެވެ.

މިކަން އާންމުންގެ ސަމާލު ކަމަށް ގެނެސްދެމުން ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ އާއްމުންގެ އެކުވެރި ގުޅުން (އޭއީޖީ) އިން ބުނެފައިވަނީ ‏ސަރުކާރުގައި އަދި ސަރުކާރުގެ ކުންފުނި ތަކުގައި އުޅޭ ބައެއް ފަރާތްތަކަށް އެއްވެސް ކަހަލަ ގޭގެ ފޮޓޯ ވީޑިއޯ ހަދާ ޕްރޮގްރާމުތަކުގައި ބައިވެރި ނުވުމަށް ސަރުކާރުން އަންގާފައި ވާކަމަށް ވީޑިއޯ ސްޓޯރީ ހަދަން އެދުނު ބައެއް ފަރާތްތަކުން އަންގަމުން އަންނަ ކަމަށެވެ.

އޭއީޖީއިން ބުނީ، މި ސަރުކާރުން ފްލެޓް ނިގުޅަތްގަތް ގިނަ މީހުން، ދިރިއުޅުމުގެ ހާލަތުގެ ވާހަކަ ގެނެސްދިން އަދި ގެނެސްދޭން ބޭނުންވާ ގިނަ މީހުންނަކީ ސަރުކާރު/ކުންފުނި ތަކުގެ ވަރަށް ދަށް ފަންތީގެ ވަޒީފާ ތަކުގައި އުޅޭ މީހުން ކަމަށެވެ.

އޭއީޖީން ގެނެސްދޭ ވާހަކަތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި ވަރަށް ކުޑަ ތަންތަނުގައި ދިރިއުޅެމުން އަންނަ މީހުންގެ ވާހަކަތަކެވެ. އެ މީހުންނަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފްލެޓް ދިން، ނަމަވެސް މި ސަރުކާރުން ފްލެޓް އަތުލާފައިވާ މީހުންނެވެ.

މިއީ އެ މީހުން މީސްމީޑިއާގައި ވާހަކަ ދެއްކުން ހުއްޓުވުން ވަގެން ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށް އޭއީޖީން ވަނީ ބުނެފައެވެ.

‏އޭއީޖީން ބުނީ، އެފަދަ އާއިލާތަކުގައި ވާހަކަ ގެނެސްދެނީ އެމިހުންގެ ފްލެޓު އަތުލީމައި ކަމަށާއި އެއީ އެއްވެސް ގޮތަކަަށް ސިޔާސީ ވާކަށް އެބޭފުޅުން ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ.

ސަރުކާރުން ސީދާ އަދި ނުސީދާ ގޮތަށް، ނިކަމެތިންނަށް ވަޒީފާގެ ބިރު ދައްކައި ކުރަމުން އަންނަކަންކަން ހުއްޓާލުމަށް ގޮވާލައި އެ ޖަމިއްޔާއިން ވަނީ ރައްޔިތުންގެ މިނިވަން ކަމަށް އަރައި ނުގަތުމަށްވެސް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޠ

  ހުރިހާ ރައްޔިތުން މަގުތަކަށް ނިކުތީމަ ވަޒީފާއިން އެންމެން ވަތްކެއްނުކުރެވޭނެ އެންމެން ޖަލަކަށް ނުލެވޭނެ ބީޖޭޕީގެ ގެރި ނަޖިސް ވެކުސިން ސަރުކާރަށް އިސްތިއުފާދިނުން ނޫނީ އަވަސް އިންތިހާބަކަށް ދިއުން ނޫންގޮތެއް ނޯންނާނެ.

  37
 2. ޖަރީމާރާއްޖެ

  އޯގާތެރި ހަޔާތް

  19
  1
 3. ޖަރީމާރާއްޖެ

  ޖަޒީރާ ވަންތަ އޯގާތެރި ކަން، މުނާފިގު އިންސޯފް

  31
 4. އޯގާތެރިކަރުނައަޅާބެގަނޑު

  ޔާމީނު ވަޒީފާގެ ބިރުދައްކައޭ ބުލެކް މެއިލް ކުރެޔޭ އަނިޔާވެރި ވެރިއެކޭ ކިޔާފަ އިބޫއަށް ވޯޓު ދިން ކުދިންނަށް ވަރަށް ސަލާން... މިހަބަރު ޖަހަން ކެރިއްޖެ ދޯ ވަގުތު ނޫހަށް ގަޓޭ ދޯ .

  36
 5. ބޯހަދާ

  ހަގީގަތުގައި އެއީ ފުލެޓްގެ ނަމުގައި ހިންގާ ގެސްޓް ހައުސް ތަކެއް އޭގެ ދިރި ހުރި މިސާލަކީ ތިޔަ ފުލެޓްތަކުގެ އަގު ހަމަވާ ހިސާބުން ފުލެޓްތައް ވީރާނާވީމަ ރައްޔިތު މީހާ ޖެހޭނީ ފުލެޓުން ނިކުންނައް ވަންނާނެ ތަނެއް ނުހުންނާނެ އަނެއް ފުލެޓް ގަންނަން އެޖެހުނީ މީ ބަޔަކު ރާވައިގެން ފަސޭހަކަމާއެކު ވޯޓްހޯދަން ރައްޔިތުމީހާ އަޅުވެތި ކުރަން ކުރާކަމެއް މިހާރު މިއިނގެނީ އެކިޔާ ޑިމޮކްރަސީޔަކީ އަޅުވެތިކަން އެއީ އައިޑީކާޑުން ފެށިގެން ސަންދޯކައް ދަންދެން ގަންނަން ނުވީތާ ނެޕީންފެށިގެން ކަފުނައް %6 ޖީއެސްޓީގެ ނަމުގައި ޖިޒީދައްކަން މީއެބުނާ މޮޅުޑިމޮކްރަސީ

  22
  4
 6. ލާދީނީ އަންނި

  ތިޔައީ ރޯމުހުތާނު ދޮގެއް ވަޒީފާއެއް ނުގެއްލޭނެ އެކަމަކު އުމުރު ދުވަހުގެ ޖަލުހުކުމެއް އައިސްދާނެ.

  21
 7. ކިޔުންތެރިއެއް

  ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މަގުތަކަށް ނުކުމެ ނިކަމެތިން އަތުން ފޭރޭ މި ވަގުންގެ ސަރުކާރުވައްޓާލަން ނިކަން ހިފާލަބަލަ . އޮންލައިންގަ ހުއްނަ ޙަބަރުތަކުގަ ކޮމެންޓް ކުރިއަސް މި ބަލާވެރިކަމަކުން ސަލާމަތެއްނުވެވޭނެ.

 8. ފާތުމާ

  މުއިއްޒުއާއި ފާތުމައާއި ޔާމީނު ފުލެޓްތަށް ބެހީ އިންސާފުއްތޯ މުއިއްޒު އަޑި އަޑިން ދިނީ މުއިއްޒުގެ މުދާގަޑުތަ ފާތުމަ ކައިރީގައި އެއްޗެތި ޕެކުކުރަން އުޅުނުމީހުން ބުނީ ތިމަންނަމެން ބޭނުން ބަޔަކަށޭ ދޭނީ ކުންފުނިތަކުގެ މަތިފަޑީގެ މީހުންނަށް ދިއްއިރުގަ ލިސްޓުގައި ނަންނެތަސް ތަޅުދަޑި ލިބި ފުލެޓް އަށްވަނީ ކިތއްމީހުންބާ މނޖކޔ

  • Anonymous

   ކަލޭ ހާދަ ކަޑަވީ ސަރުކާރު ބޭޒާރުވާތީ؟

 9. ސާހިދު

  ތިވާނީ ތެދު ކަބަރަކަށް މި ސަރުކާރުން ކޮންމެފަދަ ކަމެއްވެސް ކޮންފާނެ މި ސަރުކާރު ގެނައުމަށް ވޯރޓްދެވުނީތީ ހިތާމަ ކުރަން

 10. ބެއްޔާ

  މިކަހަލަ ކަންކަމުގައި އިބޫ ރައީސަށް ނުރޮވޭތަ. ނިކަމެތިންގެ އިޙްސާސް ނުވަންޏާ ނުރޮވޭނެތާ.

 11. ނަައީމް

  ތާހިރުވެއްޖެ އަދިވެސް ގޮތްނުދޫކޮށްތިބޭ މިހާރު ގަބޫލުކުރަންތަ ގައުމުދަނީ ފަހަތައްކަން ތިޔަހުރީ މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ކަންކުރަމުންދިޔަގޮތް މިހާރު އެކަން ވެސް އެ އިޔާދަވީ ބަލަންތިބޭތި މިފަހަރު ވޯޓުވެސްލެވޭނީ ވަކިގޮތަކައް އެއްބަސްވެގެން މުވައްޒަފުންނައް މިހާރު އެއްބަސްވުން ހަދަންފަށައިފި އެއްބަސްނުވާނަމަ ވޯޓްލާން އޮތްތަންނޫން އެހެންތަނަކައް ބަދަލްކުރާނެ ކަމުގެ އިންޒާރުވެސް ދެނީ މިފަހަރު މިނިވަންކަމާއެކު ހާއްސަކޮށް މުވައްަފަކައްވޯޓެއްލެވެންނެތް ރައްޔިތުންނޭ ވިސްނާ ގައުމާއި މެދުގަވެސް ވިސްނާލާ ވެރިކަންލިބުނީމާ އުފާވާ ފަދައިން ރަށައްކަމެއްކޮށް ނުދިނީމާ ހިތާމަ ކޮށް ދެރަވާންވެސް ދަސްކުރޭ ހެޔޮނުވާނެ ތިޔަ އިބޫއައްނިކެރަފާޔާ އައްތާއީދުނުކުރޭ.. މިހެންވެސް މިހާރު މުވައްޒަފަކައް ނުބުނެވޭ ކުށެއް.................

 12. ނަައީމް

  ސަރުކާރުން ސީދާ އަދި ނުސީދާ ގޮތަށް، ނިކަމެތިންނަށް ވަޒީފާގެ ބިރު ދައްކައި ކުރަމުން އަންނަކަންކަން ހުއްޓާލުމަށް ގޮވާލައި ފޭސް ޖަމިއްޔާއިން ވަނީ މުޒާހަރާއެއް ރާވާފަ...............

 13. ވަތަނަބޭ

  ކިނބުލޭ ހާދަ ހެޔޮފުޅޭ، އަނެއްކާ މިކިޔާފަ ނުހޭރޭތި. ވޯޓުދިން އެންމެނަސް ހަލާކުހުރި

 14. ްއަލިފުފާފު

  ނިތްކުރީގަ ތިކިޖަހައިގެން ފޫޓުފައިހަދައިގެން މިސްކިތްތަކައް ވަދެ އެތިބެނީ ދެން އެންމެ އަވަހަށް ފުލެޓު ހައްގުވާނެ މީހުން މިއީ މިހާރު އިންޑިޔާގެ މާލެނާޑޫ ކިޔާއަވަށެކޯ.