މިއަދު ރާއްޖެއިން އިތުރު 109މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 78 މީހަކު ފައްސިވެފައި ވަނީ މާލެ އިންނެެވެ. އަދި 11 މީހަކު ފައްސިވެފައި ވަނީ އަތޮޅު ތެރެއިންނެވެ. އަދި ރިސޯޓްތަކުން 20 ވޭދަނަ ފެނިފައި ވެއެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އަނެއްްކާވެސް އިތުރުވެފައިވާއިރު، ބައެއް ފަރާތްތަކުން ގެންދަނީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށި ފަހުން ކޮވިޑް-19 ވޭދަނަތައް 100 އަށްވުރެ މައްޗަށް އަރަން ފެށީ އިއްޔެ އެވެ.
އިއްޔެ 108 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 15102 އަށް އަރާފައެެވެ.
މިއަދު 109 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 4742 ސުންކު ނަގައިގެންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 1160 މީހަކަށެވެ. ބަލިން ރަނގަޅުވެފައި ވަނީ 13884 މީހެކެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 51 މީހަކު ވަނީ މަރުވެފައެވެ. އަދި ރާއްޖެއިން ނިޔާވި ހަތް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އެއީ އެ ބަލީގައި މަރުވި މީހުންގެ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ.
ސުކޫލުތައް ބަންދު ނުކުރާތި ނޭފަތުކުރިއައް ފެނރިއަސް ސުކޫލުތައް ބަންދުްކޮއްފީޔާ ދޮން ކުދިން ނުގެނެވޭނެ
މމމި ވަނީ ސަރުކާރުން ބޭނުންވާގޮތް. މިކަނަތައްގަނޑިގެ ތެރޭގައި ރައްޔިތުން ބައިތިއްބައިގެން ސަރުކާރު ދަވާލު މަކީ ވެސް މިއަދު ސަރުކާރުގެ މަސްއޫލުވެރިންގެ ވިސްނު މެއް. ސަރުކާރުގެ އިސްވެރިން އެތިބެނީ ފިކޮޓަރީގަ. މިކަ މުގަ ހަނާވާނީ ނިކަ މެތި ރައްޔިތުން. ވެރިންގެ ދަރިން ސްކޫލަކަށްވެސް ނުފޮނުވާނެ.
ސްކޫލު ބަންދު ކުރޭ! ކުލާސް ރޫމް ސެނިޓައިޒް ކުރީމަ ނިމުނީއެއް ނޫން އައިސްތު. ސްކޫލު ހުޅުވީމަ މާލެއަށް ގިނަ އަދަދެއްގެ ބަޔަކު އައިސް މުޅި ރާއްޖެއަށް ކޮވިޑު ފަތުރާ، ކޮވިޑުގެ ހާއްޔަކަށް މާލެ ބަދަލުވެ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވަމުން މިދަނީ. ހޮސްޕިޓަލްތައް ފުރި އައިސީޔޫތައް ފުރިފައި އޮތް ގައުމަކަށް ފަތުރުވެރިންނެއްވެސް ނާންނާނެ. ނަތީޖާއަކީ އަނެއްކާވެސް ފަތުރުވެރިކަން ފުނޑި، ގެސްޓްހައުސްތައް ބަންދުކުރަން މަޖުބޫރުވުން. ސްކޫލްތައް ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކުރޭ! ސަރުކާރުން ޒިންމާދާރުވޭ
ކެނެރީ ކައްޒާބުގެ އުދަގުލާހެދި
ޢެޗުޕީއޭވެސް ފޫހިވީމަ
ދެންވާނީމިހެން
މުޅި ގައުމު ލޮކްޑައުން ކޮއްލިޔަސް ކުއްލިއަކަށް ނޫން ބުނާނީ.... އޭރުން އެންމެ ފަގީރު މީހާވެސް މާލޭގައި ތާށިވެފަ ހުންނަން ޖެހޭނީ.... ކުރިޔާ ލާ ބުނީމަ އެ މީހެއްގެ ފަސްގަނޑަށް ދާން ވެސް އެނގޭނީ... މާލޭގަ އުޅެނީ ހުސް މުއްސަދިންނެތް ނޫން... ބޭސްފަރުވައަށް ގޮސް ވަރަށް ހާލުގަ އުޅޭ މީހުންވެސް އެބަތިބި ކަން ވިސްނާތި.....
ތީ ހުސްދޮގު ގަބޫލެއް ނުކުރަން ތީ މި ސަރުކާރުން ކުޅެމުންދާ ގޭމެއް