ކޮވިޑް-19 ޖެހިހެން ހޮސްޕިޓަލްތަކުގައި ފަރުވާދޭ އަދަދު 87 އަށް އަރައިފިއެވެ.

މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެއާ ހަމައަށް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި 80 މީހަކަށް ފަރުވާދެމުން ދެއެެވެ. މިއަދު މިއަދަދު ވަނީ 87 އަށް އަރާފައެެވެ. އެހެންކަމުން މިއަދު އިތުރު ހަތް މީހަކު ވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަލް ތަކަށް ބަދަލުކޮށްފައެވެ.

މި މަހުގެ 22 ވަނަ ދުވަހު ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގޮސްފައި ވަނީ 69 މީހަކަށެވެ.

ރާއްޖެއިން މިއަދު 109 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެވެސް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު އުޅެނީ 100 އިން މަތީގައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 1160 މީހަކަށެވެ. ބަލިން ރަނގަޅުވެފައި ވަނީ 13884 މީހެކެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 51 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު