އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ޖޫން 29، 30 ގައި ބާއްވަން ނިންމައި، ކޮންގްރެސްގެ ނޯޓިސް މި ރޭ އާންމު މެމްބަރުންނަށް ފޮނުވައިފި އެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދުގެ 24، 28 ވަނަ މާއްދާގައި ބުނާ ކޮންގްރެސް (އާދަޔާ ޚިލާފު)، ޖޫން 29، 30 ގައި ބާއްވަން ފާސްކުރީ، މިރޭ ބޭއްވި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގައެވެ.

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވީ، ގައުމީ މަޖިލީހުގެ 115 މެމްބަރުންގެ ތެރެއިން 32 މެންބަރުންނެވެ. ގައުމީ މަޖިލީހުގެ ކޯރަމަކީ 29 މެމްބަރުންނެވެ.

އަންނަ މަހު ބާއްވާ އާދަޔާ ޚިލާފު ކޮންގްރެސްގެ އެޖެންޑާ އަދި ކަޑަނާޅާއިރު ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ، މެމްބަރުންގެ މެދުގައި މަޝްވަރާކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމެވެ.

މީގެ އިތުރުން އެމްޑީޕީގެ ކޮންގްރެސްގެ ބައްދަލުވުންތައް ބާއްވާނެ ތަނެއް ވެސް އަދި ހަމައެއް ނުޖައްސައެވެ.

އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް މަސްދުވަސް ފަހުން ބާއްވަން ނިންމި އިރު، އިއްޔެ ވަނީ އެ ޕާޓީގެ ރިއާސީ ޕްރައިމަރީ ބާއްވައި ރިއާސީ ކެންޑިޑޭޓް އިންތިހާބު ކޮށްފަ އެވެ.

އިއްޔެ ބޭއްވި އެމްޑީޕީ ޕްރައިމަރީ ކުރިއަށް ނުގެންދަން ކޯޓުން އަމުރު ނެރެފައި ވަނިކޮށް ޕްރައިމަރީ ބޭއްވުމުން އެމްޑީޕީ އާއި މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުނެވެ. މިޕްރައިމަރީގައި ވާދަކުރެއްވީ ހަމައެކަނި ކުރީގެ ރައީސް ނަޝީދެވެ.

މި ޕްރައިމަރީގައި ވޯޓް އޮޅުވާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ވޯޓް ނުލާ މީހުންގެ ނަމުގައި ވެސް ބައެއް ފޮށިތަކަށް ވޯޓް ކަރުދާސް އަޅާފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަބޭސް

    ވޯޓް އޮޅުވާ ލެވިފައި ވާވަރު ތިހިރީ ވ ސާފުކޮށް ފެންނަންނު 115 މެމްބަރުން ހިމެނޭ ގައުމީ މަޖިލިހުން ވޯޓްލާފަވެސް ތިވަނީ އެއްމެ 32 މެމްބަރުން ވިޔަ ޕާޓީއަށް ސަޕޯޓް އޮތްވަރު ތީންވެސް ވ ސާފުވެއެއްނު

  2. ވަޓްޑޫޔޫ

    އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ޖޫން 29، 30 ގައި ބާއްވަން ނިންމި ނަމަވެސް އެ ތާރީޚް ގައި އެމްޑީޕީ އަށް ކޮންގްރެސް ބޭއްވިގެން ނުވާނެ ނުވެސް ބޭއްވޭނެއެވެ. ބާއްވާނަމަ އެމެން އެކަން އެކުރަނީ އެއީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށެވެ. ހިންނަވަރު މީހެއް ކަމުގައިވާ ނިޔާޒު ހުށައެޅި ގަރާރުގައި ވަނީ އެމްޑީޕީގެ ކޮންގްރެސް އެއް ބާއްވަންއޭ އެކަމަކު ގައުމީ މަޖްލީހުން ޗެއަރ ޕާރސަން އަމިއްލަ އަށް އެއީ އާދަޔާއި ޚިލާފު ކޮންގްރެސް އެއް ކަމަށް ބުނެ އެގަރާރު އާދައާއި ޚިލާފު ކޮންގްރެސް އެއް ކަމަށް ބުނެ ބާއްވަން އެނިންމީ އެއީ އެމްޑީޕީގެ ޗެއަރޕާރސަން އަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން އެގޮތަށް ކުރަން އިލެކްޝަންސް ކަމިޝަން އިން އެމްޑީޕީ އަށް ފުރުސަތު ދީގެން ނުވާނެއޭ އިލެކްޝަންސް ކަމިޝަން އޭ އެމްޑީޕީގެ ބެލެނިވެރި ފަރާތަކީ އެހެން ކަމަށްވާނަމަ ވަގުތު އޮތްވާ އެކަން އިލެކްޝަންސް ކަމިޝަން އިން އެމްޑީޕީގެ ސެކްރެޓޭރިއެޓް އަށް އަންގާ އެގަރާރު ޖެހޭނީ ބާތިލް ވާންއޭ. ހެއި ވަޓް ޑޫ ޔޫ މީން އޮން ދިސް އޯއް އޯއް...

  3. ނުވާނެއޭ

    އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ޖޫން 29، 30 ގައި ބާއްވަން އެމްޑީޕީގެ ޗެއަރޕާރސަން ފާސް ކުރީ އެއީ އެމްޑީޕީގެ ގައުމީ މަޖްލީހުގެ މެމްބަރުން ނިޒާމީ ނުކުތާ ނަގާފައި ވަނި ކޮށް އެއަށް ބެލުމެއް ނެތި އެމްޑީޕީގެ ޗެއަރޕާރސަން އަށް އަމިއްލަ އަށް ފެންނަ ގޮތަށެވެ. އެމްޑީޕީ އަކީ އެއީ އެމްޑީޕީގެ ޗެއަރޕާރސަން ގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ އޭނާ ބޭނުން ގޮތެއް ނެހެދޭނެއޭ އޭނާ އެމްޑީޕީގެ ޗެއަރ ޕާރސަން ކަން އަސާސީ ގަވާއިދުގައި ބަޔާން ކުރާ ގޮތަށް ނުކުރެވޭ ނަމަ އޭނާ ފެއްސެން އުޅޭ ށޭ އެމްޑީޕީ ދޫކޮށްލާ. އެމްޑީޕީން ރޭ ފާސް ކުރި ގަރާރުގައި ބަޔާން ކުރަނީ އެމްޑީޕީގެ ކޮންގްރެސް އެއް ބާއްވަން އެ ގަރާރުގައި ބަޔާން ނުކުރެއޭ އާދަޔާއި ޚިލާފު ކޮންގްރެސް އެއް ބާއްވަން އެހެން ކަމަށްވާނަމަ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވާ ގޮތުން ނަމަ އެމްޑީޕީ އަށް ކޮންގްރެސް ބޭއްވޭނީ ގަރާރު ފާސް ކުރާތާ 2 މަސް ދުވަސް ފަހުންނޭ ދެން ގަރާރަކު ނުބުނޭ ދޯ އާދަޔާޚިލާފު ކޮންގްރެސް އެއް ބާއްވަން އެހެންވީއިރުން އާދަޔާޚިލާފު ކޮންގްރެސް އެއް އެމްޑީޕީ އަށް ނުބޭއްވޭނެއޭ ރޭގެ ހުށައެޅި ގަރާރާއި ގުޅިގެން. ދެން އަނެއް ކޮޅުން އެމްޑީޕީގެ ޗެއަރ ޕާރސަން ރޭގައި ގައުމީ މަޖްލީހުގެ މެމްބަރުންގެ ސުވާލު ތަކަށް ބީރު ކަންފަތެއް ދީ އޭނާ ބޭނުން ގޮތަށް އޭނާ ބޭނުންވާ ގޮތަށް ކަން ކަން ނުނިންމޭނެއޭ އެމްޑީޕީގެ ޗެއަރ ޕާރސަަން ލައްޗޭ އަށް ލައްޗޭ ގެ އަމާބަފާގެ ތަރިކަ މުދަލެއް ނޫނޭ އެމްޑީޕީ އަކީ އެއީ މަމެން ޓެކްސް ޕޭޔަރ މަނީން ޚަރަދުކޮށްގެން ހިންގާ ތަނެކޭ އިލެކްޝަންސް ކަމިޝަން އިން ޖެހޭނެއޭ މިކަން ބަލަން ހަމަ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި. މިވެސް އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށް އެމްޑީޕީން ބާއްވަން އުޅޭ ކޮންގްރެސް އެކޭ އެކޮންގްރެސް ޖެހޭނީ ހުއްޓުވަން އޭ ކޯޓް އަމުރެއްގެ ދަށުން މިކަން ކުރަން ޖެހޭނެއޭ އިލެކްޝަންސް ކަމިޝަން އިން.

  4. ނުބޭއްވޭނެއޭ

    އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ޖޫން 29، 30 ގައި ނުބޭއްވޭނެއޭ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ނުބޭއްވޭނެއޭ. ސަބަބަކީ ހިންނަވަރު ނިޔާޒު ހުށައެޅި ގަރާރުގައި ވަނީ އެމްޑީޕީގެ ކޮންގްރެސް އެއް ބާއްވަން އޭ އެގަރާރުގަިއ އެއްގޮތަކަށް ވެސް އާދަޔާއި ޚިލާފު ކޮންގްރެސް އެއް ބާއްވަން ނިޔާޒު ހުށަނާޅުއްވާއިރު ގައުމީ މަޖްލީހުގެ ސެކްރެޓޭރިއެޓް ގައި ތަކުރާރު ކޮށް ގައުމީ މަޖްލީހުގެ މެމްބަރުން އެވާހަކަ އެމްޑީޕީގެ ސެކްރެޓޭރިއެޓް އަށް އެކަން ދެންނެވުމުން ވެސް އެކަމަށް ބީރު ކަންފަތެއް ދީ އެމްޑީޕީގެ ސެކްރެޓޭރިއެޓް ގައި އިން އެމްޑީޕީގެ ޗެއަރ ޕާރސަން އަމިއްލަ އަށް ފެންނަ ގޮތަށް ވަރަށް ޚުދު މުޚުތާރު އުސޫލުން އޭނާގެ މައިންބަފައިންގެ މުދާ ކަމަށް އެމްޑީޕީ ހަދައިގެން ގައުމީ މަޖްލީހުގެ މެމްބަރުންގެ ކަންބޮޑު ވުން ތަކަށް ބަލާ ނުލާ ހުށައެޅުނު ގަރާރާއި ޚިލާފަށް މުޅިން އެހެން އެއްޗަކަށް ވޯޓް އަހާފައިވާތީވެ އެގަރާރު ބެލެވޭނީ ޕާރޓީގެ އަސާސީ ގަވާއިދާއި ޚިލާފު ބާތިލް ގަރާރަކަށެވެ. ކޮބާތޭ އިލެކްޝަންސް ކަމިޝަން.

  5. ޚިލާފޭ

    އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ޖޫން 29، 30 ގައި ނުބޭއްވޭނެއޭ. އެކަން އެކުރަނީ އެމެން އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށޭ. އެކަން ދަންނަން ޖެހޭނެ އިލެކްޝަންސް ކަމިޝަން އިން. އެމްޑީޕީގެ ގައުމީ މަޖްލީސް މެމްބަރެެއް ކަމުގައިވާ ޝާތިރު ތަކުރާރު ކޮށް ވަނީ ގައުމީ މަޖްލީހުގެ ޖަލްސާ ގައި އެކަން ފާހަގަ ކޮށް ފައި އެއީ އެމްޑީޕީގެ ރޭގައި ބޭއްވި ގައުމީ މަޖްލީހުގެ ޖަލްސާ އަށް ހިންނަވަރު ނިޔާޒު ހުށައެޅި ގަރާރުގައި ބަޔާން ކުރަނީ އެއީ އެމްޑީޕީގެ ކޮންގްރެސް އެއް ބާއްވަން އޭ އެއްގޮތަކަށް ވެސް އެގަރާރުގައި ބަޔާން ނުުކުރެއޭ އެމްޑީޕީގެ އާދަޔާއި ޚިލާފު ކޮންގްރެސް އެއް ބާއްވަން. އެމްޑީޕީން ތިޔާ ފާސް ކުރި ގަރާރު ގައިވާ ގޮތުން ނަމަ މިސާލަކަށް އދ. ގެ ސެކިއުރިޓީ ކައުންސިލުން ގަރާރެއް ފާސް ކުރަންވީ ނޯތް ކޮރެއާ އާއި މެދު އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެކަމަކު ރިޔާސަަތުން ނިންމޭނެ ތޯ ސައުތު ކޮރެއާ އާއި މެދު އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނުނިންމޭނެއެވެ. މީ މިސާލަކީ.

  6. މޑޕ

    115 މީހުން ތިބި މަޖުލީހަކުން 32 މީހުން ދިއުމަކީ ތާއީދު ނެތް ކަން. ދެން ވިސްނާ ވޯޓް ލީ ކަމަށް ބުނާ 40ހާސް ވޯޓް ގެ ވާހަކަ