ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަވެރިންގެ އަމާޒެއް ނެތް ކަމަށާއި ކާމިޔާބު ކުރާނީ އެމްޑީޕީ އިން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެެވެ.

ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ މިހާރު އޮތް އިންތިގާލީ ކައުންސިލްތަކުން ކަންކަން ކުރާ ގޮތުން ސަރުކާރުން އެންމެ ބޭނުންވާ އަމާޒަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. ބައެއް ކައުންސިލްތަކުގައި ތިބީ ވާދަވެރި ސިޔާސީ ފަރާތްތައް ކަމަށާއި ބައެއް ކައުންސިލްތަކުގައި ތިބީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަ ނުކުރާ ފަރާތްތައް ކަން ޝިފާއު ފާހަގަކުރެއްވިއެވެ.

ޝިފާއު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމް އަދި ޕީއެންސީ އިން ތައްޔާރު ނުވާ ކަމަށާއި، މާދަމާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިޔަސް އެމްޑީޕީއިން އެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.

" އިދިކޮޅުގެ ސަޕޯޓަރުންވެސް އެ ބުނަމުން ދަނީ އިހުލާސްތެރިކަމެއް ނެތޭ. އަޅުގަނޑުމެންގެ ފްލޯއިން ވެސް ފެނިގެންދާނެ ވަރަށް ރަނގަޅަށް އެކަން. ވަރަށް ވަނދުކޮށް ފެނިގެން ދަނީ. ވާދަވެރިން ދައްކާ ވާހަކަ ސާފެއް ނުވޭ. މިސްރާބެއް ނެތް." އޭނާ ވިދާޅުވިއެވެ.

ޝިފާއު ވަނީ އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރަން ފުުރުސަތު ނުލިބޭތީ ކުރާ ޝަކުވާތަކަށް ވެސް ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އަށް ދޭ ފުރުސަތުގެ ތިން ގުނަ ފުރުސަތު ދިނަސް ޕީޕީއެމް އަށް އެމްޑީޕީ ކުރާ ސްޓައިލްގައި ކެމްޕެއިން ނުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަބަރު

    އަމާޒު އޮތީ ތިމީހުންގެ! އަވަސް އަރުވާލާފަ ހުއްދަނުދޭ ވެކްސިން ގެނައީ ރަތްޔިތުން ނަށް ބޮޑުމަންޒަރު އޮޅުވާލަން! ވޯޓުން ނިކަން ރައްޔިތުން ތިބީ ތިޔަ ގުއިރޯނުގައި ޖެހިފައިކަން އެނގިގެންދާނެ.

    20
    1
  2. ނަައީމް

    ޖެހިލުމެއްނެތި ކަލޭމެން ހަދަމުންގެންދާ ދޮގާ މަކަރުގައި ޖެހެވުން އެއީ ހަލާކެއްކަން މިހާރު ނޭގޭ ރައްޔިތަކުނެތް ވީމާ އިރާދަކުރެއްވިއްޔާ ތިފަދާ ބޮޑެތި ދޮގާއި މަކަރު ކަދާބައެއްގެ ފަހަތަކައް މިފަހަރު ނާރާނަން އަރައިގެން ވީކަމެއްހަރާން ކަލޭމެންގެ އަންބޯޑިބޯޑުކުރާން މިފަހަރު ވޯޓެއްނުދޭނަން ...

    17
  3. ރިވެތި

    ބަލަ ހުދުގަމީހަކާ ރީދޫ ޓައީއެއްއަލާ މޭފުއްޕާފަ ބޮޑެތިދޮގުހަދާއިރު މަޖިލީހުގެ އިއްޒަތްތެރިކަމެއްނުވޭ ހެދިބޮޑުވަމުން އަންނަ ތަހުޒީބު ޒުވާނުން ކަލޭމެންގެ ތި ސިފަޔައް މަލާމަތްކުރާ ތިޔަމަޖިލީހަކީ ދިވެހިންގެ ރީތިސިފަ މީހާގެ ރީތިސިފަ ހުންނަންޖެހޭމަޖިލިސްކަން ކަލޭމެނަކައްނޭގޭ ރީތި ހެޔޮލަފާ ޒުވާނުންނޭ މިކަމާވިސްނާ ... އިތުރައް މި މީހުންއްފުރުސަތުނުދީ ދީފިނަމަ މިހާރު މިވާވަރުވެސްނުވާނެ ވަރައްފިނިކަޑާނެ ނަމަވެސް މި މުއްދަތުގައި އާރާއިބާރު ލިބި ނުވިކަމެއް ބާކީމިއޮތް ކުޑަދުވަސްކޮޅަކުން ނުވާނެ ވިސްނާތި

    15
  4. މުހަންމަދު ނަސީދު

    ކަލޯ ވޯޓްލީމަ އެގޭނީ އަހަރު ދެބާވީ ރޮމުން ގެޔައްވެސް ގޮސްދާނެ ކުރިންވީހެން ކަމެއްނިމޭކައް ނުނަގާނެ މާގިނަ އިރެއް ވިސްނާ ކަލޯމެން.......

    17
  5. އަޙްމަދު

    ކޮންބައެއްގެ ވޯޓުންތޯ ހޮވެނީ!!!!

    12
  6. ސައްލެ

    މީއަޅެ ކިހާފެންވަރެއް ހުރެގެން ގޮނޑިޔަށް ވެޑުވި ބޭކަލެއްހެއްޔެވެ؟ ބަލަގަ ލޯކަލްކައުންސިލް އިންތިޚާބުގެ އިދިކޮޅުގެ އަމާޒަކީ ބޮޑުތަނުން ރީނދޫފާޓާ ބަލިކޮށް 70 ޕަސެންޓް ގޮނޑި ހޯދުމެވެ. ތެދުވެރި ކަމާއެކު ވޯޓުގުނައިފިނަމަ މިއަށްވުރެވެސް ރަގަޅުވާނެއެވެ. ރިޔާސީ އިންތިޚާބާ މަޖްލިސް އިންތިޚާބު ރީދޫފާޓާއަށް ކާމިޔާބުވީކީ ނޫނެވެ. ދޮގުހަދައި އޮޅުވައިގެން ނުޙައްޤުން މޮޅުވީއެވެ.

    16
  7. ބޮލު

    ބޮލުރޮދި ކަލޭ ތީ އޮޅު މަކުން ހޮވުނު މީހެއް ސިޔާސީ އުރައްޕެއްނެތް ކޮބައިތަ ސަރުކާރު ޓީމްތައް އަބަދު ރަށްތަކަށް ދަތުރު ކުރަނީ އެކަމު އިންސާފު ގާއިމް ކުރާށޯ އައީ ކަލޭގެ ރަށު މަސްވެރިން ވެސް އެތިބީ ރުޅި ގަދަ ވެފައި ކަލޭމެނަށް އަދި މުޅި ދުނިޔެ ހިތަކަށް ލިބުނަސް ވެރިކަން ކުރާކަށް ނޭނގޭގެ ކަލޭމެން ކެންޕޭނަށް މޮޅަސް ވެރިކަން ކުރާކަށް ނޭނގޭ ކޮންމެ ދުވަހަކު ދަނީ ސޯޓް ބޭލެމުން

    17
  8. ކާފަބޭ2020

    ވާދަވެރިންނާއި އަޑުއުފުލަފާނެހެންހީވާމީހަކުވިއްޔާ ކަސްތޮޅުއަޅުވާފަ ސުލޫކީމައްސަލަފަތިފައްޗަށް ޕާކުކޮށްފަ ބޭނުންބަޔަކަށްކޯދުލާސުލޫކީމައްސަލަތައްއަރާއިރު ދެންކޮންއިދިކޮޅޭފަޅޮލޭކިޔާކަށް! ކެރެންޏާ އެމްއެމްޕީއާރުސީގެ ރިޕޯޓުއެއްކޮށްހާމަކޮށްލާފަ އިދިކޮޅަށްވެސް ކެމްޕޭނުކުރުމުގެ ފުރުޞަތުދީފަ ތިޔަގޮވެލިފަތިގޮވާބަލަ! ކެރޭނެތަ؟؟؟؟؟؟؟

    11
  9. ރާއިދު

    ޕީޕީއެމް ޕއެންސީ ކެމްޕެއިންތަކުގައި ދޮގެއް ނަހަދާނެ! އެ ސްޓައިލް ޕީޕީއެމް ޕީއެންސީ ދަހެއްވެސް ނުކުރާނެ! އެއީ ތިޔަ ބުނާ ސްޓައިލަކީ

    13
  10. މަސްއޫދު

    މިއީ ކޮންވައްތަރެއްޖައސައިގެންނަމީހެއް ހީވަނީ މަތިން އަންނައެއްޗެއް ނުފެނިގެން ކަރުދައިގެން އުޅޭ މީހެއްހެން! އެމްޑީޕީ މީހުން ބުނެފައިއޮތީ ކޮވިޑުޖައްސައިގެންވެސް އިދިކޮޅުބަލިކޮށް އިންތިޚާބު ކާމިޔާބުކުރާނެކަމަށް! އެހެން ނޫނަސް ވަގުންނެއް ކާމިޔާބުއެއްނުވާނެ!

  11. އަސަދު

    ދައުވާކުރަންވީއެއްނޫން ދުނިޔޭގައިހުރި އެންމެ ރީތި މީހާކަމަށް!

  12. ޕޮގުބާ

    އެމްޑީޕީގެ އަމާޒެއް ނޭންގުނު 2 އަހަރު ވީއިރު ގައުމު މިހިރަދަނީ އެއްފަޅިއަށް މުދާބަރުކޮއްފަ އޮ ތް ދޯންޏެއް ދާހެން މަންޒިލެއް މިސްރާބެއްނެ ތި

    12
  13. ބެއްޔާ

    އެމްޑީޕީ ކާމިޔާބު ކުރާނެކަން އިނގޭ. ވައްކަން ޔަގީންކުރަން އިލެކްޝަން ކޮމިޝަނަށް ބަޔަކު އައްޔަންކޮށްގެން ހިތްހަމަޖެހުން ތިލިބުނީ. ރިޔާސީ އިންތީޚާބަށްވުރެ މިފަހަރުގެ ވައްކަން ޔަޤީންވަނެ

  14. ބޯޖަލީލު

    މިކަހަލަ ބުރާންތިން މަޖިލީހުން ބޭރުކުރަން ޖެހޭ އެބަ އިހަވަންދޫ ދާއިރާގެ ރައްޔިތުން މިކަމާ ވިސްނާ ވިސްނާ....

  15. ނަސީދު

    ޢެމްޑީޕީ މީހުން ދެން މިގައުމްގައި ވޯޓެއްލައިގެން ހޮވޭނީ އިންޑިޔާރައްއިތުންނައް ވޯޓް ދިނުމުގެ ހުއްދާ މިގައުމުގެ މަޖިލީހުން ދީގެން

  16. އާމިރު

    ރަނގަޅު ވާހަކައެއް މުނާފިގުން މޮޅުވާނެ މީހުންނައް އޮޅުވާލަން މަކަރުހަދަން އަދިޚާއްސަކޮއް ދޮގުހަދަން ތިޔަވަރައް ލަދުހަޔާތްކުޑަބައެއްވެސްނޫޅޭނެ