އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ގާނޫނާ ހިލާފަށް މުޒާހަރާތަކަށް ފުރުސަތު ނުދީ މީހުން ހައްޔަރު ކުރުން ފަދަ އަމަލުތައް ހިންގައިގެން ކަމަށާއިި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރުގައި ވެސް އަމަލުތައް ހުރީ އެ ގޮތަށް ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އިސް ގާނޫނީ ވަކީލުގެ ގޮތުގައި ވެސް މިހާރު މަސައްކަތް ކުރައްވާ ޖަމީލް މިހެން ވިދާޅުވެފައިވަނީ އިއްޔެ މާލޭގެ މަގުމަތީ އިިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީއިން މުޒާހަރާ ކުރަމުން ދަނިކޮށް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ހިމެނޭ ހެން ގިނަ ބަޔަކު ހައްޔަރުކުރުމާ ގުޅިގެންނެވެ. މިހާރު އެ އެންމެން ވަނީ ދޫކޮށްލައިފައެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތް ހިންގުމަކީ ކުށެއް ނޫން ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެހެން ބޭފުޅުން ވެސް ހައްޔަރު ކޮށްފައިވަނީ ޣައިރު ގާނޫނީކޮށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ކުރިން ވެސް އެމްޑީޕީގެ ސަރުކާރު ނިމުނީ މި ގޮތަށް ޗާޓުން ބޭރުން ކަންތައް ކުރުމުން،" އެމްޑީޕީގެ ކުރީގެ ސަރުކާރާއި އަދި މި ސަރުކާރު ވެސް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޖަމީލް ލިޔުއްވާފައިވެއެވެ.

އިދިިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން އިއްޔެ މާލެ މަގުމަތީގައި މުޒާހަރާކޮށްފައިވަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަވަސް ކުރުމަށް ގޮވާލައެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމާއެކު އެ ކޯލިޝަންގެ ކައުންސިލުން ސީދާ މަގުމަތީ ހަރަކާތަށް ނުކުތުމަށް ގަރާރެއް ފާސްކޮށް ނިންމި ނިންމުމެކެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ދައުލަތުން ވިދާޅުވެއެވެ.

ނޮވެމްބަރު 28، 2019 ގައި އިއްވި ހުކުމާއެކު، މާފުށީ ޖަލުގައި ރައީސް ޔާމީން އޮންނަވާތާ އަހަރަކަށްް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެމަނިކުފާނަށް އިއްވާފައިވާ ހުކުމަކީ އިންސާފުން ބޭރުން ހިންގި ޝަރީއަތެއްގައި އިއްވާފައިވާ ހުކުމެއް ކަމުގައި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރެއެވެ. އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި މީގެ ކުރިން ވެސް އެތައް އިހްތިޖާޖެއް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޮލްލޮލް

    ޔާމީން ޗާޓުން ނަގައި ބޭރުކޮއްލި ގޮލައެއް ތީ...

    5
    7
  2. ކެލާ އާރިފް

    އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އިސް ގާނޫނީ ވަކީލުގެ ގޮތުގައި ވެސް މިހާރު މަސައްކަތް ކުރައްވާ ޖަމީލް މިހެން ވިދާޅުވެފައިވަނީ އިއްޔެ މާލޭގެ މަގުމަތީ އިިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީއިން މުޒާހަރާ ކުރަމުން ދަނިކޮށް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ހިމެނޭ ހެން ގިނަ ބަޔަކު ހައްޔަރުކުރުމާ ގުޅިގެންނެވެ

    މަންމާފުޅު އަދުރޭ ހައްޔަރުކުރީ އަސްރު ނަމާދުގެ ސަޖިދާގައި އޮތްނަވަނިކޮށްތޯ؟ ކުރީގެ ރައީސް ޔާމީނު ވިދާޅުވިގޮތައް ތަންތަނަށް އެއްވާހިތްވަންޔާ ހައްޖައް ދާންވީނުންތޯ؟

    5
    12
    • Anonymous

      ޙައްޖަށް ވެސް ދާންވީ ހުރިހާ ކަމެއްވެސް ކުރަންވީ. މި ރީނދޫ ބައިގަނޑަށް ހީވަނީ މިމީހުން ނޫން ބަޔަކު މި ގައުމުގަ ނޫޅެޔޭ. ބަލަން ހުންނާތި. އިންޝާ ﷲ ކަލޭމެން އެންމެންގެ ނިމުން ވަރަށް ގާތްވެއްޖެ. ދެން ލާދީނީ އެއްވެސް ބަޔަކަށް ރާއްޖޭގެ ވެރިކަމާ ގާތްވެސް ނުވެވޭނެ އިންޝާ ﷲ.

      8
      4
  3. ސޮނި އަންނި

    ހަމަހޭގަ ތިބޭބައެއްނޫން ދެން ކުރެވޭނީ ހައްތާވެސް އެކަހަލަ ކަންތައްނޫންތޯ.

    10
    2
  4. މުއްތު

    އަޅުގަޑު ޑރ ޖަމީލު ކިބައިންއާދޭހާއެކުއެދެން ސިޔާސީކަންކަމުން ދުރަށްދިއުމަށް

    6
    7
  5. އަލިބެ

    ޙަޤީޤަތުގައި ޑރ ޖަމީލަކީ ވަރަށް ރަނގަޅު އިޚްލާސްތެރި ބޭފުޅެއްކަން މިއަދު އެނގިގެން ހިގައްޖެއެވެ. ބައެއްގެ ނުފޫޒުން ޔާމިން ޑރ ޖަމީލް ގެ އިތުބާރުނެތްކަމަށް ހަދައި ބޭރުކޮށްލުމުންވެސް ދެވަނަ ފަހަރަށް ޕާޓީއާއި ގުޅި ރައީސް ޔާމިން ސަލާމަތްކުރުމަށް ޖަމީލް މަސައްކަތްކުރާކަން އެއީ ޑރ ޖަމީލަކީ ޤައުމުގެ މަސްލަޙަތަށް ވަރަށް ބޮޑަށް ވިސްނަވާ ބޭފުޅެއްކަން އެނގިގެން ދިޔަކަމެކެވެ. އަދި ރައީސް ޔާމީން ޤައުމަށް ގެނެސްދެއްވި ތަރައްޤީ ޑރ ޖަމީލް ވަރަށް ރަމގަޅަށް ބަލައިގަންނަކަމެވެ. އެހެންނޫންނަމަ ޑރ ޖަމީލަށް މިއަދުގެ ސަރުކާރުގައިވެސް ޖަގާލިބެން އޮއްވައި އިދިކޮޅަކަށް މަސައްކަތެއްނުކުރީސްތާއެވެ.

    4
    1
  6. ޝައްކެއްނެތް

    މަނިކުފާނު ތިޔަވިދާޅުވިފަދައިން މިސަރުކާރުވެސް ނިމުމަކައް އަންނާނީ އެގޮތައްހިންގާ އަމަލުތަކުގެސަބަބުން

    4
    1