ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ހުއްދަ ނުލިބެނީސް، އިންޑިއާ އިން އުފެއްދި ކޮވިޑް-19 ގެ ވެކްސިން ގެނައީ ހުއްދަ ލިބުމާ އެކު ވަގުތުން ވެކްސިން ޖަހަން ފަށަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ހުއްޓުވުމަށް ދިވެހި މީޑިއާތައް ގުޅިގެން ފެށި "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭން ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި މަބްރޫކް ވިދާޅުވީ ވެކްސިން ނުޖަހައި އެ ބަލިން އަރައިގަނެވެން މިވަގުތު ނެތް ކަމަށެވެ. މަބްރޫކް ވަނީ ސިއްހީ މާހިރުން ވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ލަފާ ދެއްވާކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުމަށް އިންޑިއާއިން ރާއްޖެއަށް ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ. ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ. މިއީ އިންޑިއާ އާއި އެހެން ބޮޑެތި ގައުމުތަކުން ވެސް ބޭނުން ކުރާ ވެކްސިނެކެވެ.

މަބްރޫކް ވިދާޅުވީ ހުއްދަ ނުލިބެނީސް ރާއްޖެ އެ ވެކްސިން ގެނައި ސަބަބާއި މެދު ބައެއް މީހުން ސުވާލު އުފައްދަމުން ދާ ކަމަށާއި އެކަން ވީގޮތް އޮޅިފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް ދުނިޔޭގައި އުފެއްދި ހުރިހާ ވެކްސިނެއް އުފައްދަން ފައްޓައިފި އެއްވެސް އެޕްރޫވަލްއެއް ނުލިބެނީސް. އަދި ސްޓޮކް ކުރަން ފަށައިފި އެއްވެސް އެޕްރޫވަލްއެއް ނެތި. ބޭނުމަކީ އެ އެޕްރޫވަލް ލިބޭ ވަގުތު، ސިއްހީ ރައްކާތެރިކަން ކަށަވަރުވާ ވަގުތު އަތުގައި ސްޓޮކް ހުރުން. ވަގުތުން ވަގުތަށް ވެކްސިން ޖަހަން ފެށޭ މިންވަރަށް." މަބްރޫކް ވިދާޅުވިއެވެ.

އިންޑިއާއިން ހަދިޔާ ކުރާ މި ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބިފައިވާ އިރު މަބްރޫކް ވިދާޅުވީ އެވެކްސިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްފައި ނޫނީ ދިވެހި ރައްޔިތުންގެ ގަޔަށް ވެކްސިން ނުޖަހާނެ ކަމަށެވެ. ވެކްސިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ ވެކްސިން ޖަހަން ފެށުމަކީ ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ފަށާ ބޮޑު މަރުހަލާއެއް ކަމަށް ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ރައްޔިތުން

  ތިބުނާ ހުއްދަ އެއްް ނުލިބި ވެކްސިންގ އެކްސްޕެއަރ ވުމަށް ދޫކޮށްލެވިގެން ނުވާނެ. ވީމާ ވެކްސިން އިންސާނާއަށް ރައްކާތެރިތޯ ކަށަވަރުކޮށް އަދި އެއީ ރައްކާތެރި ވެކްސިނެއް ނޫން ކަމުގައިވާނަމަ ވެކްސިން އަވަހަށް ރިފަންޑް ކުރަންޖެހޭނެ. އަލުން އެހެން ކަށަވަރު ވެކްސިނަކަށް ގޮސްގެން ދިވެހި އިންސާނީ ޖީލުތަކަށް ސިއްޙީ ރައްކާތެރިކަން ހޯދަންޖެހޭ

  25
  • ބަބޫ

   ދެން އެޖީލާ މިޖީލު ތިޔަ ސަލާމަތްވީ. ކޮން ރިފަނޑެއްތަ ލިބޭނީ ހިލޭނދިން އެއްޗަކަށް. ރާއްޖެއަށް ފޮނުވީ ދިވެންގެ ގަޔަށް ޖަހައިގެން ޓެސްޓުކުރަން. އެމީހުން ހީކުރީ އަހަރެމެންމީ ލެބޯޓްރީތަކުގަ ގެންގުޅޭ ޓެސްޓް މީދާހެން

 2. ނީމް

  ކީއްވެގެންތޯ ޝައިޚް ޙުސައިން ރަޝީދު ގެ ހަށިކޮޅަށް ހުއްދަ ނުދެއްވަނީސް ވެކްސިން ޖެއްސެވީ..

  17
  7
  • ޑަބިޔާ

   މާލެއިން ޖެހި ވެކްސިނެއްނޫން އެއީ ސަރުކާރުން ގެނާ ވެކްސިނެއްނޫން. މަބުރޫކް ތިވެކްސިން ތައް އަވަހައް އިންޑިޔާ އަށް ފޮނުވާލަ ޓްރެއަލްއަޢް އެމީހުން ބޭނުންވާ ބަޔަކަށް ޖަހަން. ޑަބްލިއުއެޗްއޯގެ ވެބްސައިޓް ލިޔެފައޮތީ ފެބްރިއަރީ މެދުތެރޭ ގަ އެމީހުން ގޮތެއް ނިންމާނެކަން. އިންޑިޔާގަ ތި ވެކްސިން ދެމުން ދިނީ ފުރަތަމަ ދުވަހު 4ލައްކަ ދީގެން 475 މީހުންގެ ހާލު ގޯސްވެގެން ޑޮކްޓަރުންގެ ހިޔާލު ތަފާތުވެފައޮތީ ތިވެކްސިސް ޖެހުމަށް އިންޑިޔާގަވެސް. ފުރަތަމަވެސް ތިވެކްސިން ޖެހީ މަސައްކަތު މީހެއްގަޔަށް. މޯދީ ބުނީ ދެވަނަ ބުރުގަ އޭނަ ޖަހާނެކަމަށް.

   4
   1
 3. ނީމް

  ޝައިޚް ޙުސައިން ރަޝީދުގެ ހަށިކޮޅަށް ހުއްދަ ނުދެއްވަނީސް ވެކްސިން ޖެއްސެވީ ކީއްވެގެންތޯ؟

  11
  5
 4. ފޮނު

  ސަހަރޯ އެއްމެ ފުރަ ތަމަ ރައްޔި ތުމީހާގެ ގަޔަށް

  13
  1
 5. ައަލީ

  ޝައިޙު ހުސެއިން ރަޝީދު އިންޖެކްސަން ޖެއްސެވީ ނޫނެވެ.ސަރުކާރުން ބުނާ އެތި ތަރުޖަމާ ކުރީއެވެ

  11
  2
 6. އަދް

  ބުދާ ހުއްދަ ދޭ އިރު ތި ވެކްސިނައް ވެސް ހުންނާނީ ބަދަލުތަކެއް ގެނަސްފަ، ދެން އެ ކަން ކުރާނީ ކިހިނެއް ހުއްދަ ލިބުމުގެ ކުރިން ހަދާފަ ހުރި ވެކްސިނަކަށް

  14
  1
 7. އަސަދު

  ކަލެއާ ކަލޭގެ މައިންނަށް ފުރަތަމަ ޖަހަންޖެހޭނީ! މިހިރަދޮގުވެރިޔާ!

  17
  1
 8. އެޖެންޑާގެ ދަށް

  އެއްމެ ފުރަ ތަމަ އިނގިލީގެ ކުރިއަށް

  10
  1
 9. އަބްދޫ

  އިންޑިޔާ ގެ ޓެސްތް ކުރުމަށް އުފައްދާފަ ހުރި ވެކްސިނެއް ގެނެސްގެން ދިވެހިންނަށް ޖަހަން ދެވަނަފަހަރު ދިމާކުރުމަކީ ރައްޔަތުންނަށް އޯގާތެރި ކުލުނެއް ސަރުކާރުގަ ނެތް ކަމުގެ ހެއްކެއް.

 10. އަބްދޫ

  ހުސެން ޖެއްސެވި ސައޫދީން ސައޫދީގަ ހުރީ އޮކްސްފޯޑް ގަ އިގިރޭސިވިލާތުގަ އުފެއްދި ވެކްސިން.އެވެކްސިނަށް ޑަބްލިޔު އެޗްއޯއިން ވަނީ ހުއްދަދީފަ، ރާއްޖެ ގެނެސްގެން މިއުޅެނީ ތަހުލިލީ މަރުހަލާގެ އިންޑިޔާގެޓެސްޓް އުފެއްދުމެއް. މިވެކްސިން ރައްޖޭގަ ޖައްސަން އުޅޭ ބަޔަކު ވެސް ވަނީ ދިވެހިންގެ ދުސްމަނުންނަށް. އެއީ މީގެ ކުރިން ވަނީ ޓެސްޓް ވެކްސިންޖެހުމަށް ދެކޮޅުހަދާފަ. ދިވެހިރާއްޖޭގެ ޑްރަގް އޮތޯރިޓީ ގެ ލެބޯޓްރީ އަކީ މިވެސް ސިންގެ ތަހުލީލު ކުރުމުގެ ގާބިލް ކަން ހުރި ތަނެއް ކަމަކަށް ނުފެކެން..

 11. ޢަލީބެ

  އެހެންވީމާ ތިބުނަނީ ވެކުސިން ޓެސްޓުކުރާކައް ޑަބްލިޔު އެޗް ޢޮއަކައްނުޖެހޭނޭތަ އެމީހުންނައްޖެހޭނީ ހަމައެކަނި ހުއްދަ ދޭށޭތަ އެހެންވިއްޔާބުނެބަލަ އެއީ ކީއްކުރާތަނެއް

 12. އަބްދޫ

  އިންޑިޔާ ގެ އެއްވެސް ވެކްސިނެއް ޑަބްލިޔު އެޗްއޮއަކުންއަދި ތަހުލީލު ކުރަން ނުފަށާ އެތަނުން ތަހުލީލު ކުރާނީ ހުރިހާ ޓެސްޓް ފުރިހަމަކޮށް ހުއްދައަށް އެދޭ ހިސާބުން . އެތަނުން ޓެސްޓް ކުރާނީ ވެކްސިންޓެސްޓް ކޮށް ހުށަހަޅާފަހުރި މައުލޫމާތު ރަނގަޅަށް ޗެކްކުރާނެ. ހުއަދަދޭނީ ލިއުންތައް ދިމަވާ ނަމަ.