ޏ. ފުވައްމުލައް ސިޓީގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މިއަދު ވިދާޅުވީ އެ ރަށުގައި ފުރަބަންދުގައި ހުރި މީހެއްގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ ޓެސްޓް ކުރުމުން އެމީހާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

އެހެންވެ، ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުން ކޮވިޑް-19 ގެ ރޯގާ އިން ރައްކާތެރިވުމަށް އިތުރަށް ފަރުވާތެރިކަން ބެހެއްޓުމަށާއި ގައިދުރުކަން ބެހެއްޓުމަށް ފުވައްމުލައް ހޮސްޕިޓަލުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މީހުން އެއްވާ ތަންތނަުގައި މާސްކް އެޅުމާއި ގިނަ ގިނަ އިން އަތް ދޮވެ، އާންމު ސާފުތާރިހު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުވައްމުލަކުގައި ކަރަންޓީންގައި ތިބި ބައެއް މީހުން މީގެކުރިން ވެސް ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

ރާއްޖެ އިން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، 51 މީހަކު ވަނީ ނިޔާވެފައެވެ.