އިންޑިއާގެ ބަރުލަމާނީ ޑިމޮކްރަސީ އާއި ލާމަރުކަޒީ އުސޫލުން ހިންގާ މުޖުތަމައުއެއްގެ ސަބަބުން އެއް ބިލިއަނަށް ވުރެ ގިނަ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި އޮންނަ ޑިމޮކްރެޓިކް ނިޒާމަށް ތައުރީފް ކުރައްވައިނަޝީދު ވާހަކަފުޅު ދެއްކެވީ އިންޑިއާގެ 72 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓް ވިދާޅުވީ، އިންޑިއާގައި އޮންނަ ބަރުލަމާނީ ޑިމޮކްރަސީ އާއި ލާމަރުކަޒީ އުސޫލުން ސްޓޭޓްތަކަށް ބާރުދެވިގެން ހިންގާ އިދާރީ ހިންގުމުގެ ނިޒާމުގެ ސަބަބުން ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަމާއި ތަނަވަސް ދިރިއުޅުމެއް ފޯރުކޮށްދެވެމުންދާ ކަމަށެވެ.

އަދި މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ނައްތާލުމަށް ކުރެވެމުންދާ މަސައްކަތުގައި އިންޑިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގައި އޮންނަ ބަރުލަމާނީ ނިޒާމުގެ ވެރިކަމުގެ ނިޒާމަށް ތައުރީފް ކުރައްވައި ނަޝީދު މިއަދު ވާހަކަފުޅު ދެއްކެވިއިރު، އެމަނިކުފާނަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮތުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ދެހާސްހަތްވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ނަޝީދާއި އެމްޑީޕީއިން ތާއީދު ކުރީ ވެސް ބަރުލަމާނީ ނިޒާމަކަށެވެ. އެކަމަކު ނިޒާމު ކަނޑައެޅުމަށް ބޭއްވި އެ ވޯޓުގައި ކުރި ހޯދާފައިވަނީ ރިޔާސީ ނިޒާމެވެ. އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ތާއީދު ކުރީ ވެސް ރިޔާސީ ނިޒާމަކަށެވެ.

އެމްޑީޕީގެ އިސް ސަފާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ ބޮޑު ޕާލިމެންޓްރީ ގްރޫޕްގައި މި ކަމާ މެދު މިހާރު ހިޔާލު ތަފާތުވުން އެބަ އޮތެވެ. އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުމަށް ތާއީދު ކުރައްވާއިރު، ރިޔާސީ ނިޒާމު ބޭއްވުމަށް ވެސް ތާއީދު ކުރައްވާ ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ހީޑް

  މަނިކްފާނަށް ތިޔަފެނުނީ އެހެން އިންޑިއާއެއް !!! އަހަރުމެން ދެކެފަރިތަ އިންޑިއާއެއް ނޫން !!!

  41
 2. ޒީރޯ ޓޮލަރަންސް

  ތިޔަވިދާޅުވާ އިޖްތިމާއީ ރައްކާތެރިކަން ދެވެނީ އިންޑިއާގެ އެންމެފަގީރުންނާއި ނިކަމެތިން ގިނަ، އަދި ތައުލީމީ ފެންވަރު އެންމެދަށް، ލިޔަންކިޔަން ނުދަން މީހުން އެންމެ ގިނަ ބިހާރު ސްޓޭޓްފަދަ ސްޓޭޓްތަކަކަށް ނޫންބާ.

  29
 3. ގުނބޯ

  ބުއްޅަބޭ ތެޅިބާލަނީ ސާބަސް ސާބަސް ސާބަސް......
  ބުއްޅަބޭ ތެޅިބާލަނީ ސާބަސް ސާބަސް ސާބަސް......
  ބުއްޅަބޭ ތެޅިބާލަނީ ސާބަސް ސާބަސް ސާބަސް......
  ބުއްޅަބޭ ތެޅިބާލަނީ ސާބަސް ސާބަސް ސާބަސް......
  ވަގުތު ކުޑަވަނީ ؟؟؟؟... ބަރުލަމާނީ.. ދަބަރުލަމާނީ.. ....ހަބަރުލަމާނީ ..... ވަކަރުލަމާނީވެސް ހަދައިގެން އަނގަފޭ ނުކޮށް ރަަށްޔިތުންނަށް ބޭނުންވާ މުހުތާދުތަށް ފޯރުކޮށްދީ ނޫނީ ގޮނޑިދުއްވަން ފަރަންޖީންކައިރިއަށް ކަނޑާލާ.....:!!!!!!!... ބޮޑުރޯގާ...

  31
 4. މަލިންބޭ

  ވެރިކަން ނުލިބިގެން މީހަކު މިހިރަ މޮޔަވަނީ. ބަރުލަމާނީ މީ އިންޑިޔާއެއް ނޫނޭ. ރިޔާސީ ނިޒާމަކުން އެމެރިކާ ރައްޔިތުންގެ މަދަނީ ޙާއްޤުތައް ރައްކައުތެރި ނުކުރެވޭތޯ؟ ޖަޕާނުގައި ރަސްކަން އޮތުމުން އެމީހުންގެ ޙައްޤުތައް ރައްކައުތެރި ނުވެވޭތޯ؟ އިގިރޭސި ވިލާތުގައި ވިރާސީ ރަސްކަން އޮތުމުން އެމީހުންގެ ޙައްޤުތައް ރައްކައުތެރި ނުކުރެވެނީތޯ؟ ތިޔަ އުޅެނީވެރިނަ ނުލިބިގެން ހަމަ މޮޔަވެގެން. މޮޔަވާހަކަތައް، ހަމަޖެހޭ ރައްޔިރުންނަށް ވިސްނައިދޭން. ތިމާގެ ނަފުސާނީ މައްސަލަތައް ރަގަޅު ކުރަން ގުރައިދޫ އަށް ގޮސްބަލަ!

  32
 5. ސަންފައްތަ

  އެހެންވެ ދެއްތޯ އެތައް ބިލިޔަން މީހުން މަގުމަތީގަ ގެދޮރުނެތިފަ އެތިބީ. ދައްކާ ފޭކު ވާހަކަ.

  33
  1
 6. ބުއްޅަބޭ

  އެހެންވީމަ ދޯ މިނެޓަކު 100 އަންހެނުން ރޭޕް ކުރަނީ!

  32
 7. އަޙްމަދު

  ﷲގެ އިރާދަފުޅުން މިޤައމުގައި ތިޔަ ބޭނުންވެގެން އުޅުއްވާ ވެރިކަމެއް ކުރާކަށް ދިވެހިން ބޭނުމެއްނުވާނެ!!!

  31
 8. އެޖެންޑާ 21

  ސީދާ ކަނޑަ އެޅިގެން ބުހު ތާނު ދޮގެއް

  26
 9. އަލިބެ

  ޔާﷲ މިކެނެރީގޭ އަންނި ގެ ކިބައިން މިރާއްޖެ ސަލާމަތްކޮށްދެއްވާންދޭވެ.

  30
 10. ތ

  އިޖްތިމާއީ ރަށްކާތެރިކަމުގައި ތޯ މީހުން ރޭޕްކުރުމާއި މެރުން އެންމެ ގިނަ ގައުމުގެ ރެކޯޑް ގާއިމް ކޮށްގެން ތިޔަ އުޅުއްވަނީ

  19
 11. ޖަރީމާރާއްޖެ

  މޮޔަ ފުޅު ދޮތަ، އެއް ބިލިޔަން ނިކަމެތި ލާއިންސާނީ ހާލުގަ، މަދު ޢިއްޒަތްތެރިި ޖަނަވާރު ތަކެއް ކެނެރީ ކެރަފާ ފަދައިން

  17
 12. އަބްދޫ

  120 ބިލިއަން ގެ އާބާދިގެ ތެރެއިން 1 ބިލިއަން އެއީ ކޯންޗެއް؟ އިންޑިޔާގެ ކަރެޕްސަނުގެ މިންވަރު ވަރަށް މަތި ކާބޯތަކެއްތި ގަތުމަށް ސަރުކާރުން މީހަކަށް 1 ރުޕީސް ހަރަދު ކޮށްފިނަމަ އެމީހާއަށް ލިބެނީ 15 ސެންޓް. މިއީރަޖީވްގަނދީ ވިދާޅުވި ބަސް.

 13. ފާރިޝް

  ކިތައް މިލިއަމްބާ އެއްވެސް ގޮތެއް ނެތިފަ ތިބީ. އިންޑިޔާއަކީ އަމިއްލަ ހާލަްް ސަލާމަތްނުވެވިހެން އުޅޭބައެއް.އެހެންބަޔަކަށް ކޮއްދެވޭނެ އެއްކަމެއްވެސް ނޯންނާނެ. އަދިނުވެސް ކޮއްދޭނެ.