ދުނިޔޭގެ ނުރައްކާތެރި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ރާއްޖޭގައި ނިރުބަވެރި ހަމަލާތަކެއް ދޭން އުޅުނު ދިވެހިންގެ މައުލޫމާތު އާންމުކޮށް، ބައެއް މީހުންގެ މައްސަލަތައް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ ފަރާތްތަކުން އިސްވެ ތިބެ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ ޓެރަރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކަކަށް ދައްކައި އައިއެސްގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވައި އެކަމަށް ހިތްވަރުދީފައިވާ ކަމަށެވެ. އަދި އެމީހުންގެ ވިސްނުމަށް ބޯލަނބާ މީހުން ހޯދައިގެން ރާއްޖޭގެ އެކި ތަންތަނުގައި ހަމަލާތައް ދޭން ރާވައިފައިވާ ކަން ތަހުގީގަށް ހޯދުނު މައުލޫމާތުތަކުން އެނގޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. އެންމެ ފުރަތަމަ ފުލުހުންނަށް ލިބުނީ އެ ދޯނީގެ ތެރޭގައި ތިބެގެން އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތެވެ. އަދި ތިމަރަފުށީގައި ވެސް ހަރުކަށި ފިކުރާ ގުޅޭ ހަރަކާތްތައް ވެސް ރޭވި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި ހަރުކަށި ފިކުރުގެ ދަރުސްތައް އޮންލައިންކޮށް ބާއްވައި އެ ރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށް ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަން ދިއުމާއި ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ނޮވެމްބަރު 27 ވަނަ ދުވަހު ތިމަރަފުށިން އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންނަކީ:

  • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/އަސްރަފީވިލާ
  • އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ
  • އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ
  • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ
  • ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ
  • އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް
  • އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން އަހުސަނަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި މީހަކަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކުރިން ހައްޔަރު ކުރި މީހެކެވެ. އަލީ މުނީޒަކީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި މުދަލަށް ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި މީހެއް ކަމަށެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުން ވިދާޅުވި ގޮތުގައި އައިއެސް ޖަމާއަތަށް ތާޢީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކައި

    ވަރަށް ފިނޑި ބައެއް. އޯލެވެލް ހަދާ ކުޑަކުދިންނަށް ގެެއްލުން ދޭން އެ ރޭވީ. އިސްލާމިކް ސްޓޭޓްސް އެއް ނޫން އައިއެސް އަކީ ނުބައި ނުލަފާ ޖައްބާރު ކާފަރު ސްޓޭޓްސް. ގޮސް ބޮމަށް އަޅުކަން ކުރަން ތިބޭ . ހަމަ މިހާރު ރާއްޖޭގެ މިފަސްގަނޑު ދޫކޮށްލާފަ ދޭ އެހެންނޫނީ އައިއެސްގެ ދުވަސް ******

    33
    6
    • Anonymous

      ކޮންތާކުބެޮތް ކަނދޮޅުދޫ އެއް؟ 2004 ގެ ސުނާމީއަށްފަހު ނެތް ރަށެއް. އެރަށު އެންމެންގެ އައިޑީ ކާޑް ބަދަލުކޮށް. ދުވާފަރަށް ބަދަލުކޮށްފަ އޮއްވަ ކޮންތާކުން ފައިދާވި އެޑްރެހެއް. ދޮގާ މަކަރާ ެޮޅުވާލުން. ހަމަ ހުސް ދައްޖާލުން.

      3
      5
      • ޜަޟީ

        ޙައްހައް ރުޅި އައިސް ގެން ގޮސް ހަލާކު ވަނީ ދޯ؟؟؟؟؟؟؟

      • ޝަޒަން

        ބަލަ އޮޅުވާލަންނޫޅޭ ކަނދޮޅުުދޫ ރައްޔިތުންގެތެރޭން 95% މީހުން އަދިވެސް ތިބީ ހަމަ ކަނދޮޅުދޫ ގެ މީހުންގެގޮތުގާ ދުވާފަރުގެ ރަޖިސްޓްރީގައެއްނޫން މިހާރު އެގިއްޖެ އޮޅުވާލަންއުޅެނީ ކޮންބައެއްކަން އައިއެސްއަށް ބޯލަނބާ މީހުން .... ތިޔަމީހުންނަކީ ދީނީބައެއްނޫން ފައިސާހޯދަން ދީނޭކިޔާބައެއް ... މުޅިދުނިޔެވެސް ދަނޭ އައިއެސް ނުވަތަ އައިއެސްއައިއެލް އަކީ އެމެރިކާ/އިސްރޭލް އެކުވެގެން އެމީހުންގެ އަމިއްލަ އެދުމަށް ގެންގުޅޭ އިސްލާމީ އުސޫލްތަކާހިލާފް ބައެއް އަތުންފައިން އެއްވެސްކަމެއްނުކޮށް ހަމައެކަނި ދީނުގެނަމުގައި ފައިސާހޯދާ ބައެއް....

  2. ޙަސަނު

    އެމް ޑީ އެން ސަރުކާރުން ތިކިޔާ އެއްޗެހި ޤަބޫލު ކުރާނީ ބާޣީ ޒަޔަނިސްޓުން

    18
    12
  3. އަކުރަމް

    މި މީހުން މާލީ އެހީތެރިކަން މީހުންނަށް ފޯރުކޮށްދީ ވިސްނުމާ ފިކުރު ބަދަލު ކުރުވާ. ފާހަގަ ކުރެވޭ ގިނަ މީހުންނަކީ މާޒީގެ ދުވަސް ތަކުގަ ކުށުގެވެށީގައި އުޅޭ އަދި ކުއްތަކަށް ތަކުރާރުކޮށް އަރައިގަނެފަ ތިބޭމީހުންކަންވެސް. ދިވެހިރާއްޖޭގައި އިސްލާމީ އަދި މަތިވެރި ސުންނަތުގެ ތައުލީމީ އޮނިގަޑު ވަރުގަދަ ކުރަންޖެހޭ. ނޫންނަމަ ދީނުގެ ކަންކަން އެގެންވާ ވަރަށް ނޭންގި ތިއްބާ ފިކުރާ ކުޅޭތަން މިފެންނަނީ.

    5
    1
  4. Anonymous

    ދީނާ ބެހެން ލާދީނީ ބައިގަނޑުގެ ބޮޑު ރޭވުމެކޭ މަމެން ނުބުނާނަމެވެ. ހަރުކަށި ހަކުރު ކުދިން ލައްވާ ޑުރާމާ ފެށީއޭ ވެސް މަމެން ނުބުނާނަމެވެ.
    އިންޑިއާ ޕްރޮޑިއުސް ކުރާ ޑުރާމާ އެކޭވެސް.

    8
    9
  5. ބުއްޅަބެ

    އަތޮޅަށް ހުތުރު

  6. ޅަބޭ

    ހަގީގަތުގަ ދީން މިރާއްޖޭން ފޮހެލަން އުޅެނީ ވައްހާބީން.

  7. ކިނބޫ

    ތިވެސް ވާނީ ގުންޑާ ޕާޓީން ހުޅު ޖަހަން ގެންގުޅުނު "ތަޅާ ކުދިން"ކޮޅަކަށް. ރީނދޫ ގުންޑާއިން ނައްޓާފަ ނުދާނެ ތިކަހަލަ ކަމެއް.

  8. ކެކުރި

    ތިޔަކީ ބޭރުގެ ޔަހޫދީ އަދި ރޯ ކާފަރުން ހިތްހަމަ ޖައްސަން ލިސްޓައް އެރުވި ސޯލިހު އަޅުވެރި ކުދިން ކޮލެއް.
    ތިގޮތައް އިސްލާމް ދީން ފޮހެލަން އުލޭ އަދުއްވުންގެ ފޮޓޯ އާއްމު ކުރަން ނުކެރެނީ ކީއްވެ.