ބ. އޭދަފުށިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ރަށުން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވީ 10 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު ހެދި ޓެސްޓުގެ ނަތީޖާއިންނެވެ. މި ދެ މީހުން ވެސް ކަރަންޓީންގައި ތިބީ އެއް ގެއެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު މިދިޔަ ހަފްތާގައި ވެސް ކޮވިޑް-19 އަށް ފައްސިވިއެވެ. މިހާތަނަށް އޭދަފުށިން ކޮވިޑް 19 އަށް 21 މީހަކު ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އޭދަފުށިން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، ފުވައްމުލަކުގައި ކަރަންޓީންގައި ހުރި މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، 51 މީހަކު ވަނީ ނިޔާވެފައެވެ.