ސެންޑަލް މޮރިޝަސް އާއި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރާ ހައުސިންގް ޔުނިޓްތައް ވިއްކުމާ އެކަމާ ގުޅޭ އެއްވެސް މުއާމަލާތެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދައުރެއް ނެތް ކަމަށް އެ ކުންފުނިން މިއަދު ވިދާޅުވެއްޖެއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ސެންޑަލް މޮރިޝަސް އާއި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިމާރާތް ކުރާ ހައުސިން ޔުނިޓްތައް ވިއްކުމުގެ އިހްތިޔާރު ސެންޑަލް މޮރިޝަސްއަށް ލިބިގެންވާ ކަމަށެވެ.

އަދި އެ އެއްބަސްވުމަކީ ސަރުކާރާއި ސެންޑަލް މޮރިޝަސްއާ ދެމެދުވެފައިވާ އެއްބަސްވުމަކަށްވާތީ، އެ އެއްބަސްވުމުގެ ދަށުން ހައުސިންގ ޔުނިޓްތައް ވިއްކުމާއި ގުޅޭ އެއްވެސް މުއާމަލާތެއްގައި އެކުންފުނީގެ ދައުރެއް ނުވާ ކަމަށެވެ.

އެބަޔާނުގައި ވާގޮތުން ހުޅުމާލެ ފޭސް 1ގެ D6-1C އަދި D1-1 ޕްލޮޓްގައި ހައުސިންގ ޕްރޮޖެކްޓެއް ހިންގުމަށް ސެންޑަލް މޮރިޝަސް އާއި މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއެކު 19 މާރޗު 2015 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ ޕްރޮޖެކްޓް ސެންޑަލް މޮރިޝަސްއާ ޙަވާލުކުރުމަށް 08 އޮކްޓޯބަރު 2020 ވަނަ ދުވަހު ސެންޑަލް މޮރިޝަސް އާއި މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަ އަދި އެޗްޑީސީއާއެކު ޓްރައިޕްޓައިޓް އެގްރީމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކުރީ ސަރުކާރުން ރައީސް އަބްދުﷲ ޔާމީން ވަނީ 7000 ހައުސިންގް ޔުނިޓްގެ ޕްރޮޖެކްޓް އެއް ހިޔާ މަޝްރޫއުގެ ނަމުގައި ފައްޓަވައި ދެއްވައިފައެވެ.

ހިޔާ ފްލެޓްތަކުގެ ލިސްޓަށް މިސަރުކާރުން ބަދަލުތައް ގެންނަމުން ދާއިރު ފްލެޓް ހައްގު އެތައް ބައެއްގެ އަތުން ފްލެޓްތައް އަތުލަމުން ގެންދާތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފްލެޓްތަކުގެ ލިސްޓް އަލުން އެކުލަވާލަމުން ދާއިރު، ރައީސް ޔާމީންގެ ސަރުކާރުން ފްލެޓްދިން "ހައްގުވެރިންގެ" އަތުން ފްލެޓްތައް އަތުލަމުންދާ މައްސަލައަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަތަނަބޭ

    ސިއްކަގެ އުތަ؟

  2. އަބްދޫ

    މިއީ ހައުސިން މަސައްކަތް ކޮށްދިނުމަށް 19 މާރޗް 2015 ގަ ސަރުކާރުން ސޮއިކޮށްފައިވާ މަސްރޫއެއް. ޔާމީނުގެ ސަރުކާރުން މި މަސްރޫއު ރާވާފަ ވަނީ ޔާމީނު ތަރައްގީ ކުރާ 11000 ފްލެޓް ނިންމާ ހަވާލުކުރުމަށްފަހު އަނެއް 11000 ފްލެޓް ގެމަސއްކަތް ކުރުމަށް މިސަރުކާރު ވެރިކަމަސް އައިސް ހިޔާ މަސްރޫއުގެ 11000 ފްލެޓް ތެރެއިން ފައުންޑޭސަން ނިމިފަހުރި 4000 ފްލެޓް ގެ މަސައްކަތް ވަނި ހުއްޓުވާފަ. މިސަރުކާރު ވެރިކަމަށް އައިސް 8 އޮކްޓޯބަރ 2020 ގަ ވަނީ ޔާމީން ފްލެޓްއެޅުމަށް ހޯދި މޮރިސަސް ކުންފުންޏާއި ބިން ހަވާލު ކޮށްފަ.ބިން ހިއްކީ ޔާމީނު ، ފްލެޓް އިމާރާތް ކުރުމަށް ހުންފުންޏެއް ހޯދީ ޔަމީނު .ވީމާ މިފްލެޓް ތައް އަލަނި ޔާމީނުގެ ސަރުކާރުންތަ ނުވަތަ ސާލިހްގެ ސަރުކާރުންތަ؟

    17
    1
  3. ލލ

    ހުޅުމާލޭގެ ބިންތަށް ވީހާވެސް ބޮޑު އަގުގައި ވިއްކައިގެން ފައިދާ ނަގަނީ މުޅިންވެސް އެއްބަޔަކު، ހަރާންކޯރު ވެގެން ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގަނީ ހަމައެއްބަޔަކު !

    9
    2
  4. ދުމައިން

    ސެންޑަލް މޮރިޝަސް އެކޭ ކިޔާނެ ކަމެއްނެތް. މިއީ އަސްލު ޓާޓާ ހައުސިން އެކޭ ކިޔާފަ ހޭވި އެތީގެ ބައެއް. އެޕެކްސް ރިއަލިޓީ އަށްދިން ތަންތަން . މިހާރު މޮޅު ނަމެއްކިޔައިގެން އުޅެނީ. އިންޑިއާ އޭނުކިޔަން ވެގެން. މިއީ ނަޝީދުގެ ދައުރުންފެށިގެން އެނބުރެމުން ނިއުޅެމުން އަންނަޢެއްޗެއް.

  5. ޙިޔާލީ ފޮލާ

    މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް މިހެން ލިޔުނީމަ މިވާނެތޯ ތެދަކައް އަސްލު މިއީ އެއިރެއގެ އޮންނަ ސަރުކަރެއްގެ ޕާޓީ ކުދިން ރުއްސުމާއި އެމީުންނައް ވަޒީފާދިނުމާއި ޙަރަދުކުރަން ކުރާކަމެއް އަސްލު ބޭނުންވަނީ ރައްޔިތުން އަޅުންނައް ހަދާ ރައްޔިތުމީހާ ބުރަމަސައްކަތުން ހޯދާ މަދުފައިސާކޮޅު ކުލީގެ ގޮތުގައި އަތުލާ ނިކަމެތިކޮއް ފަސޭހަކަމާއެކު ވޯޓްހޯދަން ކޮންމެހެން ބޯހިޔާވަހިކަމޭ ކިޔާފަ ރައްޔިތުން ގުނބޯ ހައްދާނެ ކަމެއްނެތް އަނެއްކާ މިއަޑުތައްބާރުވާނެ ކޮންމެ ވޯޓް ދުވަސް ވަރެއްގައި ރައްރަށުގަ ގޯތި ދޭހެން ކީއްވެގެންތޯ މިމާލޭގެ ރައްޔިތުންނައް ގޯތިނުދެވެނީ ނަސްލީއިމްތިޔާޒް މީ