މާފުށީ ޖަލު

މާފުށީ ޖަލުގައި ޒުވާނަކު ނިޔާވެއްޖެއެވެ.

މިރޭގެ ވަގުތެއްގައި ނިޔާވީ، މަފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ ޤައިދީއެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، މާފުށީ ޖަލުގައި ނިޔާވެފައި ވަނީ، ގ. ފެހިމާ، އުމުރުން 30 އަހަރުގެ އަލީ އަބްދުﷲ ކަމަށެވެ.

އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ޤައިދީއެއް ކަމަށް ކަރެކްޝަންސްގެ އޮފިޝަލަކު "ވަގުތު" އަށް މަޢުލޫމާތު ދެމުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެނާ ޖަލުގައި ހޭދަކޮށްފައިވަނީ ޙުކުމުގެ ކިހައި ދުވަހެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އޭނާ ނިޔާވި ސަބަބު މިހާރު ދަނީ ބަލަމުންނެވެ.

އަލީ އަބްދުﷲ ޖަލުގައި ނިޔާވުމާއި ގުޅިގެން ކަރެކްޝަންސް އިން އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢިންނާ ލިލްލާހި ވައިނާ އިލައިހި ރާޖިއޫން

  2. މަރީ މާލެ

    މަރުވީތަ؟ ނޫނީ ޖައްވައް ހަވަޔަށް ފަޒާޔަށް ބަޑި ޖެހީތަ؟

  3. ޖަލުގައި ހުއްޓަސް ފޮއްޓެއްގައި އޮތަސް މަރުވާނެ ވަގުތު ޖެހުނީމަ ދޯ؟

  4. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

    މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި آمين
    ޖަލުގައި ހުއްޓަސް ކޮންމެތާކު ހުއްޓަސް އަޖަލު ޖެހުނީމަ ޖެހޭނީދާން،