ގދ. ތިނަދޫގައި ކަރަންޓީންގައި ހުރި ދިވެހި ފިރިހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ވިދާޅުވީ އެ ރަށުން ފައްސިވީ ކަރަންޓީންގެ މުއްދަތު ހަމަވެގެން ޓެސްޓް ކުރި މީހެއް ކަމަށެވެ. މި މީހާ ފައްސިވުމާ ގުޅިގެން އެ ހޮސްޕިޓަލުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެއެވެ.

ރޯގާގެ އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ހޮސްޕިޓަލަށް އެންގުމަށް ވަނީ އެދިފައެވެ.

މީގެ ހަފްތާއެއް ކުރިން ތިނަދޫ އިން ބިދޭސީއަކު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، 51 މީހަކު ވަނީ ނިޔާވެފައެވެ.