އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަކީ ހަރުކަށި ފިކުރުކަމަށް ގަބޫލުކޮށް، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަންކަން ބަދަލުކުރުމަށް ޖުޑީޝަރީ ތެރެއިން މަސައްކަތް ކުރާކަމަށް ތުހުމަތުކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭރުކުރުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ގޮވާލައިފިއެވެ.

ދެމަފިރިއެއްގެ ކައިވެނީގެ ވަރި ސާބިތުކުރުމަށް ޝަރުއީ މަރުހަލާއިން ކުރިމަތިވާ ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި ޑރ.އިޔާޒު ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޑރ.އިޔާޒު ދައްކަވާ ވާހަތަކަކީ ދިވެހިން ބަލައިގަންނަ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ޝަރީއަތުގައި ކަންކަން އޮންނަ ގޮތްކަމަށް ވިދާޅުވެ އިޔާޒު ދައްކަވާ ވާހަކަތަކަކީ ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ދައްކަވާ ވާހަަތަކެއްގެ ގޮތުގައި ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

"އިސްލާމީ ޝަރީއަތުގައި ކަންއޮތް ގޮތް ކަމަށް މަނިކުފާނުގެ ހަރުކަށި ފިކުރުގައިވާ ގޮތް ކިޔާ ދެއްވުމުން މިއަދުގެ ދިވެހިން ބަލައެއް ނުގަނޭ." ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެވޭ އެލެކްސް އެކައުންޓުން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ނަޝީދުގެ މި ޓްްވީޓަށް ރައްދު ދެއްވަމުން އިޔާޒު ވިދާޅުވީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތަކީ "ހަރުކަށިފިކުރު" ކަމަށް ދެކޭ މީހަކު ޖޭއެސްސީގައި އިނދެގެން ނުވާނެ ކަމަށެވެ. އަދި ނަޝީދު ޖޭއެސްސީއިން ނަޝީދު ވަކިކުރުމަށް އިޔާޒް ގޮވާލާފައިވެއެވެ.

"އިސްލާމްދީނުގައި ކަނޑައަޅުއްވާފައި އޮންނަ ގޮއި އެއީ ހަރުކަށި ގޮތެއް ކަމަށް ދެކޭ މީހަކު ޖޭއެސްސީގެ މެމްބަރަކަށް ހުރެގެން ނުވާނެ. އެފަދަ މީހެއް ހުރި ނަމަ އަޒުލް ކުރަން ޖެހޭ" އިޔާޒް ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ އިސްލާމްދީނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ވަނިކޮށް ޖުޑީޝަރީ ތެރެއިން އެކަންކަން ވަކި ގޮތަކަށް ބަދަލު ކުުރުމަކީ އިންސާފު ޤާއިމްކުރުމަށް އޮތް އެންމެބޮޑު ހުރަސް ކަމަށެވެ.

ޖޭއެސްސީގައި މިހާރު އޮތީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެޖޯރިޓީއެވެ. އެ ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވައެވެ.

ޖޭއެސްސީއިން ރައީސް ނަޝީދު ވަކިކުރާނަމަ އެންމެ ފުރަތަމަ ޖެހޭނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގެ ތަޅުމުގައި ނަގާށެވެ. ނަމަވެސް މަޖިލީހުގެ 65 މެމްބަރުންނަކީ އެމަނިކުފާނުގެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ކަމުން އެއީ ވާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވަތަނަބޭ

    ލައުނަތް ހުރީ މިނުބައި ލާދީނީ ވެރިކަން ގެންނަން ބައި އަތު ހިފި މުނާފިގު ޝޭޚުން

    33
    2
  2. އައްމަޑޭ

    ބްރޯ ސޭހު އިޔާއްޓޭ.. ކަލޭ އަހަރެން ކާރީ ބުނީ ބާބުލްވާލީ ސޮރަށް ވޯޓު ނުދޭށޭ އޭ ޔާންޓޭ މީހެކޭ. އެހެންވެ އަހަރުން ވޯޓު ދިނީ އައްނިއަށް. ކަލޭ ބުނެގެން އޭނާ ވެއްދީ..

    20
    4
  3. ލލ

    ޖުޑިޝަރީ މުޅިން ހަރާބުކޮށްލައިފި ޖޭއެސްސީ އައްބާނައިގެން !

    15
  4. މާމީ

    އިޔާޒު އައް ރާކަނިމަސް ކެވިއްޖެތަ؟ ތި އަނގައިން ތިބުނީ ނަޝީދަކީ ލާދީނީ މީހެކޭ..... އަހަރުމެން މިތިބީ އިޔާޒާ އިލްޔާސާ ޒައިދު މެން އަނގައިން ތިހެން ބުނާ ދުވަހެއްގެ އިންތިޒާރުގަ... ދެން3މީހުންވެސް ތުބުނޅި ސޯސްލާފަ ބާލަބަލަ އިނގޭ..

    11
  5. ޢާނިމް

    ޑޮކްޓަރ އިޔާޒަކީ ދީންރަނގަޅައް އުނގެނިގެންހުރި ދެފުއްދެގޮތްމީހެއް ދެންހުރިމީހާގެ ވާހަކަދައްކަން ނުވާނެ އިބިލީސްވެސް ކައިރިނުވާނެ އެމީހާޔާ ދޮގެއްހެދެންއޮއްވާތެދެއްނުހަދާނެ ދުވަހަކުވެސ

    11
    2
  6. ބަކުރު

    އެކަމަކު އިމްރާންބުނީ ތިހިންވިއްޔާ ކޯލިސަނުންވަކިވާނަމޯ އޭރުވެސް އަދިމިހާރު އިމްރާނަކީ ހަމަކަށްޒާބެއް މިޔެއް ބަދަލެއްނުވާނެ ހަމަރަތްލާޖެހި ކަށްޒާބެއް.

    11
  7. ރައީސް އިބޫ

    އިޔާއްޓޭ އާއި ނާއްޓޭ އާއި 2 މީހުން ދައްކާ މުނާފިގުން ގެ ވާހަކަ

  8. ދަރަނި ދަންތުރަ

    ޖާހިލަކާ ޖެހި ސޭހަކުވެސް ހަލާކުވެދާނެ ، ލަނޑަޔާ ވާނީ ލަނޑަޔާ ، ސަރުކާރުން ކުރާ ގޯސްކަންތަކަށްވުރެ ރަނގަޅުކަންތަށްގިނަޔޯ ؟ އިސްލާމްދީނަށް ފުރައްސާރަކުރާ ބަޔަކަށް ދެންކުރެވޭނެ ރަނގަޅުކަމެއް އިޔާޒު ބުނެދީބަލަ ....

    10
    • ނަސޭޙަތެއް

      ލާދީނީ ސަރުކާރެއްމީ ރަނގަޅު އެއްވެސް ކަމެއް ކުރިންވެސް މިހާރުވެސް ނެތް، ބަލާ އިސްލާމް ދީނުގެ ހުކުމްތައް ބަަދަލު ކުރާކައްނެތް އެކަން ކޮއްފި. ރައްޔިތުން ހޭއަރަންވީ ދެންވެސް.

  9. އިއްސޭ

    ތިހިރަނުލަފާއިންސާނާ! މިސަރުގައިސް
    ސަފުގަތިބީހުސްނަޝީދު

  10. ކާފަ

    އިޔާޒޫ ސައިޒް އޮޅިގެން ނޫޅެއްޗޭ

    1
    7
  11. ޑީކޭވަހީދް

    އިސްލާމްދީނުގެ ވާހަކަ ދައްކާއިރު އިސްލާމް ދީނުގަނެތް އެތައްކަމެއް މިހާރު ކުރަމުން އަންނަނީޖީއެސްޓީގެނަމުގައި ޖިޒީ ރައްޔިތުން އަތުން ނަގަމުން އަންނީ އިންކަމްޓެކްސް ކުރިސްޓިއަނުން ރައްޔިތުން އަޅުވެތި ކޮއްގެން ނަގަމުން އަންނަ ޓެކްސް ތައް ނަގަނީ އެރުފިޔާއިން ވެރިން އަރާމުގައި