22:06

ކޮވިޑް-19ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރައިފި.

22:02

ރާއްޖެއިން މިއަދު 143 މީހުން ކޮވިޑް-19 އަށް ފައްސިވެެއްޖެ

20:34

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 594 މީހަކު މަރުވެއްޖެ.

20:22

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަދާފައިވާ ވެކްސިނެއް ޖެހި މީހަކު ބަލި ޖެހިގެން މަރުވެއްޖެ.

20:20

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފެދި ކޮވިޝީލްޑް ވެކްސިންގެ ތިން މިލިއަން ޑޯޒް ސައުދީ އަރަބިއްޔާ އަށް ދިނުމަށް ނިންމައިފި.

19:26

ގއ.ވިލިނގިލީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:06

މިއަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް އިންގްލޭންޑްގެ ސްކޫލްތައް ނުހުޅުވަން އެގައުމުން ނިންމައިފި.

19:05

ރާއްޖޭގައި އުޅޭ ބިދޭސީންނަށްވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނީ ދައުލަތުގައި ހަރަދުގައި ކަަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ.

18:44

އިނގިރޭސިލާތުގައި ކޮވިޑް-19 ވެކްސިން އުފައްދާ ފެކްޓްރީއަކުން ގޮވާ އެއްޗެއް ކަަަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިއްޖެ.

18:20

ރާއްޖެއިން ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ގްރީން ލިސްޓްގައި ރާއްޖެ ހިމަނައިފި.

18:15

ޕާޓީއަކަށް ދިޔަ ސްކޫލް ދަރިވަރުންތަކެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ.

17:45

ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ކަރަންޓިންވުމަކާއި ނުލާ ރަށްތަކާއި ރިސޯޓްތަކުގައި އުޅެވޭއިރު، މާލެ އިންނާއި ރިސޯޓްތަކުން ރަށް ރަށަށް ދާ މީހުން ކަރަންޓީންވާން ޖެހޭ ގޮތަށް އުސޫލު ހަދާފައި ވަނީ ކީއްވެގެން ކަން ތަފްސީލު ކޮށްދީފި.

17:28

ކޮވިޑް-19 އަށް އއ. ތޮއްޑޫއިން މީހަކު ފައްސިވުމާއި ގުޅިގެން މިހާތަނަށް 30 މީހެއްގެ ސުންކު ނަގާފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ހާމަ ކޮށްފި.

16:38

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1،743 މީހަކު މަރުވެއްޖެ.

16:06

ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް އަނެއްކާވެސް ބަދަލު ގެނެސްފި.

14:15

ހާއްސަ ހުއްދައެއްގެ ދަށުން ފ. ނިލަންދު އަށް އެރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

13:55

ޑިޕާޓްމަންޓު އޮފް ނެޝަނަލް ރެެޖިސްޓްރޭޝަނުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެ ނަންބަރު ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި.

13:21

ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް އޮތް އިރު ފަގީރު ގައުމެއް، މުއްސަނދި ގައުމަކަށް ބަލީގެ އަސަރު ނުފޯރައޭ ކިޔާނެ ފުރުސަތެއް މިއަދު ނެތް.

10:59

ޖަމާލުއްދީން ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެ ސްކޫލްގެ އޮފީސް ބަންދުކޮށްފި.

ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމަށް އަހަރެއް ވެގެންދިޔައިރު އަދިވެސް މި ވައިރަސް އިން ދުނިޔެއަށް ވަނީ ސަލާމަތް ނުވެވިފައެވެ. އަދި ދުވަހެއް ދުވަހަކަށް ދުނިޔެ ނުރައްކަލަށް ހުށަހެޅި އިތުރު ނުތަނަވަސްކަމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ކޮވިޑް-19 ފެތުރެން ފެށިފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަރާފައިވާ ޤައުމުތަކުން ވަނީ މި ބަލި ކޮންޓްރޯލް ކުރުމަށް ޚާއްސަ ވެކްސިން އުފެއްދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކޮށްފައެވެ. ނަމަވެސް މި ވެކްސިން ލިބުމާއެކުވެސް ނުރައްކާ ކުޑަވުމުގެ ބަދަލުގައި ހާލަތުވަނީ އިތުރަށް ގޯސްވެފައެވެ. އެއީ ކޮވިޑް-19 ގެ އާ، ނުރައްކާތެރި ވައިރަސްތަކެއް ދުނިޔޭގައި ފެތުރެން ފެށުމުންނެވެ.

ޤައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން އައިނަމަވެސް މި ބަލީގެ ވޭދަތަނައް ވަނީ ހިފެހެއްޓުމެއްނެތި އިތުރުވާން ފަށާފައެވެ. މިގޮތުން މިހާރު ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 100 މިލިއަނަށްވުރެ އިތުރުވެފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔޭގެ 119 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލި ވަނީ ފެނިފައެވެ. އަދި މިހާތަނަށް މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 2.15 މިލިއަން މީހުން މަރުވެފައި ވެއެވެ. މި ބަލިން މިހާތަނަށް ރަނގަޅުވީ 72.38 މިލިއަން މީހުންނެވެ.

ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިންޑިއާ އާއި ބްރެޒިލް އާއި ރަޝިޔާ އަދި ޔޫކޭ ހިމެނެއެވެ. މީގެ އިތުރުންވެސް އެމެރިކާ ސަރަޙައްދާއި ޔޫރަޕުގެ ގިނަ ޤައުމުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑްގެ ނުރައްކާ ވަނީ ދެގުނަވެގެން ގޮސްފައެވެ.

ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖެއިންވެސް ފެންމަތިވާ ވޭދަނަތައް ދުވަހެއް ދުވަހަކަށް ވަނީ އިތުރުވާން ފަށާފައެވެ. މިގޮތުން ރާއްޖެއިން އިއްޔެވެސް 100 އަށްވުރެ ގިނަ ފައްސި ވޭދަނަ ރެކޯޑް ކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު މިހާރު 15000 އިން މަތީގައި އުޅޭއިރު މިހާތަނަށް އޭގެތެރެއިން 51 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި 87 މީހަކަށް ފަރުވާދެމުން އެބަދެއެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 13884 މީހެކެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރާއްޖެއަށް ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ގެނެސްފައެވެ. ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުން އުފައްދާ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ. އިންޑިއާ ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށް މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާ އާއެކު ރާއްޖެއިން ވަނީ 7 ލައްކަ ޑޯޒްގެ ވެކްސިން ހޯދުމުގެ އެއްބަސްވުމެވެސް ވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު