މުހައްމަދު އަބްދުﷲ (މުހައްމާ)
މުހައްމަދު އަބްދުﷲ (މުހައްމާ)

ފަތިފައްޗަށް މަތިމައްޗަށް ސަސްޕެންޑްކުރިޔަސް އިހަވަންދޫ ކައުންސިލްގައި ތިއްބެވި 5 މެމްބަރުން ފަހަތަށް ނުޖެހޭނެކަން ވަރަށް ސާފުކޮށް އަދުގެ ސަރުކާރަށް އެނގިވަޑައި ގަންނަވާނެކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

3 މަސް ދުވަހުގެ ސަސްޕެންޝަނަކަށްފަހު އިހަވަންދޫ ކައުންސިލްގެ މެމްބަރުން އަނބުރާ މަސައްކަތަށް ނިކުންނެވިތާ މަހެއްހައި ދުވަސްފަހުން އަނެއްކާވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އިހަވަންދޫ ކައުންސިލްގެ 5 މެމްބަރުން ސަސްޕެންޑްކުރުމާއި ގުޅިގެން މުހައްމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހަވަންދޫ 5 ކައުންސިލަރުން 3 މަސްދުވަހަށް ރައްޔިތުންގެ ޚިދުމަތުން މަހްރޫމްކޮށް އެލްޖީއޭ އިން ސަސްޕެންޑްކުރި ކުރުމަކީ އަދުގެ ސަރުކާރުގެ ގޮތެއް ފޮތެއް ނެތްކަން ހާމަވާކަމެއް ކަމަށެވެ.

"ފަތިފައްޗަށް މަތިމައްޗަށް ކައުންސިލަރުން ސަސްޕެންޑްކުރިޔަސް ފަހަތަށް ނުޖެހޭނެކަން ސަރުކާރަށް އެނގޭނެ" މުހައްމާ ވިދާޅުވިއެވެ.

ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ނުހިނގާ ގޮތަށެވެ. މިއީ އިހަަވަންދޫ ފަސް ކައުންސިލަރުން ސަސްޕެންޑް ކުރި ދެވަނަ ފަަހަރެވެ.

އިހަަވަންދޫ ކައުންސިލްގައި ހިމެނޭ ފަސް ބޭފުޅުން ވެސް ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީ އަށެވެ.

އިހަވަންދޫގައި މިދިޔަ އަހަރު ބޭއްވި މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ސަރުކާރަށް އެއްބާރުލުން ނުދީ މުޒާހަރާކުރުމުން މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުވެސް އިހަވަންދޫ ފަސް ކައުންސިލަރުން ވަނީ ސަސްޕެންޑް ކޮށްފައެވެ. އެފަހަރު ސަސްޕެންޑްކުރުމުން ކައުންސިލަރުން ސަސްޕެންޝަންގެ މުއްދަތު ހަމަކޮށް އޮފީހަށް ނިކުންނެވީ މިމަހުގެ ދެވަަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކަލޭމެން ބުނާގޮތަށް އުޅެގެން މުސާރަކޮޅުވެސް މިގެއްލެނީ. ކިހާދުވަހެއް ވަންދެންބާ މިހާލުގަ އުޅެންޖެހޭނީ. ގައިމު ކައުންސިލަރުންނަށް ގެއްލުން ނުވާގޮތަކަށްވެސް ގެންގުޅެވިދާނެއެއްނު

 2. ފަތި ފައްޗަށް މަތި މައްޗަށް ކުރަން ޖެހޭނީ ކަލޭމެންގެ ލަދެއް ނެތްކަމުންދޯ. އިދިކޮޅުން ނެރެން އުޅޭމީހާ އެވަރު. މުހައްމާމެން ކަހަލަ ވާނުވާގަ ތިބޭމީހުން އަދި ކިހާވަރެއް ވާނެ

 3. ކަލޯ ސަރުކާރު ފަހައްޖެހޭތަ؟

 4. މުހަންމާ ސައިޒުން ފެންވަރުން ވާހަކަ ދައްކާ.

 5. މުހަންމާ ސައިޒުން ފެންވަރުން ވާހަކަ ދައްކާ.

  ފިލްމު ކުޅެން ދިޔާމަ މާރަންގަޅުވާނެ ހެހެހެ

 6. ބުރޯގެ ގޮނޑިވެސްް އަތަށްވިއްޔާ ގޮވީ ދޯ

 7. މުހައްމަދު

  ކަލޯ ޖުވާކުޅެން ސިލޯނަށްދޭ!

 8. ހެހެހެ މުޙައްމާ ކުޅޭ ތާކުންތާކު ނުޖެހޭ ފިލްމެއް ކަމަށްހީކުރެވުނީތަ؟