ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދާދި ފަހުން ހުޅުވި އެ އިދާރާގެ ޓިކްޓޮކް އެކައުންޓް ވެރިފައިކޮށްފިއެވެ.

މަޖިލީހުގެ އިދާރާގެ ރަސްމީ ޓިކްޓޮކް އެކައުންޓެއް ހުޅުވީ އިއްޔެއެވެ. އިއްޔެ އެ އެކައުންޓް ހުޅުވިއިރު އެކައުންޓް ވެރިފައިކޮށްފައެއް ނުވެއެވެ. އެކަމަކު މިއަދު އެ އެކައުންޓް ވެރިފައިކޮށް އެކައުންޓްގެ ނަން ކައިރީގައި ނޫ ކުލައިގެ ރަނގަޅު ފާހަގައެއް ޖަހާފައިވެއެވެ.

މަޖިލީހުގެ އިދާރާގެ ޓިކްޓޮކް އެކައުންޓް މިއަދު ވެރިކޮށްފައި

މިއަދާ ހަމައަށް 800 އަށް ވުރެ ގިނަ މީހުން މަޖިލީހުގެ އިދާރާގެ ޓިކްޓޮކް އެކައުންޓަށް ފޮލޯކޮށްފައިވާއިރު އެ އިދާރާގެ އެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓްވީޓެއް ވެސް ކުރެއްވިއެވެ.

މަޖިލީހުގެ އިދާރާއިން އިއްޔެ ޓިކްޓޮކް އެކައުންޓް ހުޅުވިއިރު އެކައުންޓް ވެރިފައިނުކޮށް

މަޖިލީހުގެ އިދާރާގެ ޓިކްޓޮކް އެކައުންޓްގެ ލިންކް ހިއްސާ ކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ޒުވާނުންގެ ގިނަ ބަޔަކަށް މީގެ ފަހުން ޓިކްޓޮކް މެދުވެރިކޮށް މަޖިލީހުގެ މަސައްކަތްތައް ފެނިގެންދާނެއެވެ. މިއީ ވަރަށް ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވައެވެ.

މަޖިލީހުގެ އިދާރާގެ ޓިކްޓޮކް އެކައުންޓްގައި މިހާތަނަށް ހިއްސާކޮށްފައިވަނީ އެންމެ ވީޑިއޯއެކެވެ. އެއީ އިއްޔެ އެ އެކައުންޓް ހުޅުވުމާ އެކު އެ އިދާރާއިން ހިއްސާކޮށްފައިވާ ވީޑިއޯއެކެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިދިޔަ އަހަރު ބޭއްވި ފުރަތަމަ ޖަލްސާގެ މަންޒަރުތަކެވެ. އެ ވީޑިއޯގެ ކްލިޕެއް އާއްމުކޮށް މަޖިލީސް އިދާރާއިން ވިދާޅުވީ، މި އަހަރުގެ މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާ އޮންނާނީ ފެބްރުއަރީ 4، 2021 ގައި ކަމަށެވެ.

ޓިކްޓޮކް އަކީ ޗައިނާ ކުންފުންޏަކުން އުފައްދާފައިވާ މީސް މީޑިއާ އެޕްލިކޭޝަން އެކެވެ. މި އެޕްލިކޭޝަން ދަނީ ޒުވާނުންގެ ތެރޭގައި ބޮޑު މަގްބޫލް ކަމެއް ހޯދަމުންނެވެ. ދިވެހިންގެ ތެރޭގައި ވެސް މި އެޕްލިކޭޝަން ވަރަށް ބޮޑަށް މަގްބޫލެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަދުރޭ

    މަޖުލީހުގައި ގަނޑު ފިއްލާ ކުޅުނަސް 5 އަހަރު ހަމަވަންދެން ރައްޔިތުން ދެން ޖެހޭނީ ތިބެން. ދެންވެސް ދިވެހި ރައްޔިތުން ކުރަންވީ ކަމަކީ ކަނޑުކޮހުންނާ ރައްޔިތުންގެ މަޖްލިސް ހަވާލް ނުކުރުން

  2. Anonymous

    ކަލޭމެނ