މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ ކާރު އެލެވެންސްގެ ގޮތުގައި އަހަރަކަށް ދައުލަތު ފައިސާއިން 90،000 ރުފިޔާ ބޭނުން ކުރައްވާކަން ހާމަވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑާ ގުޅޭ މައުލޫމާތު ހޯދުމަށް އާންމު ފަރާތަކުން ހުށަހެޅުމުން، އެ މައުލޫމާތުތައް ހާމަކުރުމަށް ދެކޮޅު ހެދުމަށް ފަހު، އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާގެ އެންގެވުމަކަށް އެ މައުލޫމާތުތައް ވަނީ އިއްޔަ އާންމު ކޮށްްފައެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ހާމަކުރި ފުރަތަމަ ފަހަރެވެ.

މާލޭ ސިޓީ ކައުންސިލުން އާންމުކުރި ތަފާސްހިސާބުން ފެންނަ ގޮތުގައި ކޮންމެ މަހަކު އެ ތަނުގެ މުވައްޒަފުންނަށް 3،462،942.60 ރުފިޔާ މުސާރައިގެ ގޮތުގައި ދައުލަތުން ދޫކުރެއެވެ.

އެ އިދާރާގައި ޖުމްލަ 524 މުވައްޒަފުން މަސައްކަތްކުރާއިރު އެންމެ ބޮޑު މުސާރައެއް ލިބެނީ މޭޔަރު ޝިފާއަށެވެ. ޝިފާގެ މުސާރައަށް މުޅި ޖުމްލަ 47،500 ރުފިޔާ ލިބެއެވެ. އެއީ އާންމު މުސާރައިގެ ގޮތުގައި ލިބޭ މަހެއްގެ މައްޗަށް ލިބޭ 30،000 ރުފިޔާއާއި، ލިވިން އެލެވެންސެއްގެ ގޮތުގައި ލިބޭ 10،000 ރުފިޔާގެ އިތުރުން ކާރު އެލެވެންސްގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭ 7500 ރުފިޔާއެވެ.

ދެން އެންމެ ބޮޑު މުސާރަ އަދި އިނާޔަތްތައް ލިބެނީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފަށެވެ. މުސާރައާއި އިނާޔަތްތަކާއި އެކު މުޅި ޖުމްލަ އޭނާއަށް މަހަކު 35،000 ރުފިޔާ އެވެ. ކައުންސިލް މެމްބަރުންނަށް ލިބެނީ 30،000 ރުފިޔާގެ މުސާރަ އެކެވެ.

ސިޓީ ކައުންސިލްގެ މެމްބަރުންނަށް މަހެއްގެ މައްޗަށް މުސާރައާއި އިނާޔަތްތަކަށް 382،500 ރުފިޔާ ހަރަދުކުރެއެވެ. އަދި ދިވެހި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކަށް 2،672،880 ރުފިޔާ ހަރަދު ކުރާއިރު ބިދޭސީ މުވައްޒަފުންނަށް މަހެއްގެ މައްޗަށް 790،065 ރުފިޔާ ހަރަދުކުރާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ރާއްޖެތެރެ

    ރަނުން ރަނައް

    79
  2. އޭނަ

    ގޯހެއް ނޫން! ދެން އަދި ހުންނާނެތާ މަތިން އާއި ދަށުން އަންނަ ބައިވެސް.

    97
    1
  3. މަ

    އަހަރަކު 95،000ރ ކާރު ޢެލަވަންސްގެ ގޮތުގައި ހަރަދުކޮށްގެން މީނަގެ ފަރާތުން ރައްޔިތުންނަ ކުރީ ކޮން މަަަންފާއެެއްތޯ؟

    125
    2
    • ކޮވިޑް

      ޝިފާ ވީމަ ކަޑަވީ ތިކަން. ބަލަ ކާކުބާ ބަލާލީ ޕޮލިސްގެ ޗީފް އެސްޕީ އިން މަތީގައި ތިބީ ކިތަށް އޮފިސަރުންތޯ؟ އެމީހުނާ އެމީހުންގެ އާއިލާ ދަތުރުކުރަން ސަރުކާރުން ކާރު ދީ ޕެޓިރޯލް ދީ، އެވަރުން ނުވީތާކަށް ޕޮލިސް ކުދިން ޕްރައިވެޓް ޑްރައިވަރުންނަށް ހަދާ މިވަރުންވެސް ހަމަ އޯކޭ؟ ބަލަ ޝިފާ އަކީވެސް ސިޓީ އެއްގެ މޭޔަރެކޭ .ކިތައް ރައްޔަތުންނަށް ތޯ ފެންނަނީ ޕޮލިސް ކާރު ކޮޅުގަ އުޅުއްވާ އޮފިސަލުން ކުރާމަސައްކަތެއް؟އަންނާރު ދިޔަ ނޫނީ ނުބެއްލެވޭ ލަވާޒާ ނޫނީ ކޮފީ ނުބޮވޭ،ކާރު ކޮޅުގަ ނޫނީ ބޭރަށް އަންބިމީހާ ދަރިން ނަށް ނުކިކުމެވޭ،ދެން ކޮން ޝިފާ އެއްގެ ވާހަކަ އެއް ދައްކާކަށް؟

      50
      42
      • ގަނީ

        ކަލޭ ތީ ޕޮލިހަކަށް ނޫނީ ނުވާނެ. މައްސަލަ ބަލަން ފެނޭ

        9
        6
    • ....

      ލާރި ނުދީ ކާރެއް ގަނެފަ ދިނަސް ބޮޑުތަނުން ހެޔޮވާނެ...ކާރެއް ގަނެފަ ކައުންސިލް އިދާރާގެ އެއްޗެއްގެ ގޮތުގައި މޭޔަރަށް ހާއްސަކޮށް ބޭއްވިދާނެ....އެތައް ރުފިޔާއެއް ސޭވް ދާއިރު މޭޔަރު މީހާ މިކަމާ ނުރުހިދާނެ ކަމީ ވަރަށް ގާތް ކަމެއް...އޭނާ އަށް ލިބިލިބި ހުންނަ ސޮލިޑް ފައިސާ ހުއްޓިގެން ދިއުން އެއީ ސިޔާސީ މީހަކަށް ހަޖަމް ކުރެވޭނެ ކަމެއް ނޫން

      53
      • ތުންބިން

        އަނެއްކާ ކާރެއްގަންނަން ބަޔަކާ ހަވާލުކޮށްގެން ދެމިލިޔަން ކޮރޮޕްޝަން އަށްދާނެ.

  4. ބިސްމާ

    ކާރުކޮޅެއް ނެތަސް އެލަވަންސް ބޭނުންކުރަން ޖެހޭތަ؟؟މުޅިން ކައުންސިލް ވެހިކަލްގައި އުޅެނީ..

    70
  5. ހުސޭނުބޭ

    ދައިތާ ކޮބައިހޭ މިދިޔަ ރޯދަމަހު ބަހަން ފޮނުވި ކަދުރުކޮޅު! އަނެއްކާ ކަދުރުންވެސް އެލަވަންސް ނެންގެވީތޯ!

    83
    3
  6. އިބުރާހީމް

    މާލޭ ސިޓީ މީހުންނަށް ހިލޭ ކާރު ދަތުރު ކޮއްދެނީތަ. މަ ހަމަ ކޮސްވެއްޖެ މި ހަބަރު ފެނުމުން. މަހަކު 7،500ރ ކާރު އެލަވަންސް އެކަނިވެސް. އެވެސް މި ކުޑަ ކުޑަ މާލޭގަ ދުއްވަން (+ހުޅުމާލެ). އާންމު ރައްޔިތުން މި އުޅެނީ މި ދަތި ވަގުތު އަނގަ އާއި އަތާ ދިމާނުވެގެން. ވަރަށް ހިތްދަތި ވެއްޖެ. ތީ ބޮޑުވަރު. ގައުމު ބަނޑަށް ޖެހި ޑޮލަރު ނުލިބޭ ހާލުގަ މި ވެރިން މިއޮށް ގައުމުގެ ހަޒާނާ ދޮވެލަނީ. ސިޔާސީ އެލަވަންސް ކުޑަކުރޭ....

    87
    2
  7. ވީރަސް

    ކީތޯވާނީ ސިވިލްސާވިސްގެ މުސާރަ ރަގަޅުކޮއްލަން
    ޙުރިހާ ދެރައެއް މުއްސަދިންނަށް، ނިކެތިންނަށް މޮޅުގޮތް

    59
    3
  8. ދަރަނި ދަންތުރަ

    އަމިއްލަ ބާލިސް ، ބަންޑާރަކަފަ ސާބަހޭ ސާބަހޭ

    33
  9. ބޯޖަލީލު

    މާލޭގައި ކުއްޔަށް ނޫޅުނަސް ލިވިންއެލަވަންސް ބަނޑުފުޅު އަޅުއްވަންޖެހޭތޯ ؟ ރީނދޫ ވަގުން

    39
    1
  10. މަރީ

    ބޮޑުވަރު. ލަދެއްވެސް ނުގަނެ ދޯ

    42
  11. ދައިތަ

    ވަގުތު ކިދިންނަށް ތި އާ އެެްޗަކަށްވެގެން އުޅެނީ، އެއީ ޝިފާ ކިޔާ މީހަކަށް ދޭ އެއްޗެއް ނޫން، އެއީ މަގާމަށް ދޭ އެއްޗެއް، މި ހަބަރު ލިޔުނު މީހާ ހުރިނަމަވެސް ދޭނެ،

    9
    31
  12. ައޮފްބެ

    ކޮންލިވިންގ އެލެވެންސް އެއްތަ... ތި މާލޭ މީހެއް! އަހަރުމެންވެސް ބޭނުން ތިއެލެވެން..އެންމެންވެސް ދިރިއުޅެނީ!

    39
    1
  13. ކޮވިޑް

    އެމް.ޑީ.ޕީ އިން ޝިފާ ގުއި ކޮށްލީ ދެއްތޯ؟އެހެންނޫންނަމަ ތި މަޢުލޫމާތު ނުދިނީސް. ބަލަ ތި މަޢޫލޫމާތު ދިން ގޮތައް އިންޑިޔާ ސިފައިންގެ އަޢުލޫމާތު ފިޔާޒް އަށް ނުހޯދުނީ ކީއްވެބާ؟ ޝިފާގެ ބޭނުން ކެނޑުނީ.... ގުއި ކޮށްލީ. މާލޭ ސިޓީ ކައުންސިލުން ތި މަޢުލޫމާތު ހޯދާ މީޑިޔާ ކުރީމަ ވެސް ރައްޔަތުން ގެ މެދުގައި ފިތުނަ އުފެދޭނެ ނޫންތޯ؟ އެވެސް ހަމަ ނުރައްކަލެއް. އިންޑިޔާ ސިފައިން ރާއްޖޭގަ ތިބިވަރު ފިޔާޒް ބުނީމަތޯ ޤައުމަށް ނުރައްކާވާނީ؟

    23
  14. ރަށުމީހާ

    މާރުކޭޓް ގޮޅިދޫކުރަން ނެންގެވިބައިކޮބާ

    23
    1
  15. ކިޔުންތެރިއެއް

    ކާރު އެލަވެންސް ހިއްޕަވާގެން ސަރުކާރު ކާރުގަ ބުރުޖެހުންއޮތީ. ރައްޔިތުން ފެލާގެން ރައްޔިތުންގެ ފައިސާއިން މިވެރިން ހިތުހުރިގޮތަކަށް ތަޅާބާލާއިރު ރައްޔިތުން ހަފުސްވެފަ. މިވެރިންނަށް ކުރެވޭ ކަމަކީ ރީތި ފުރިހަމަ އިބާރާތްތަކުން ރައްޔިތުންގެ ލޮލުގަ އަނދުންއެޅުވުން. އެއްޗެކޭ ބުނެވެން ނެއްވިއްޔަ. މިވެރިންނަށް މިހުރިހާ ބާރެއްދިނީ ރައްޔިތުން .

    24
  16. މުހިއްމެއް ނޫން

    90000ރ އަހަރަކު
    7500ރ މަހަކު
    250ރ ދުވާލަކު
    10 ޓެކްސީ ދަތުރު ދުވާލަކު
    ސުވާލަކީ ރައްޔިތުންގެ ފައިސާ ނަގައިގެން ރައްޔިތުންނަށް ޙިދުމަތް ދިނުމަށްޓަކައި އެބޭފުޅާއަށް ހަމަ ދުވާލަކު 10 ދަތުރު ކުރައްވަން ޖެހޭނެތޯ؟

    19
  17. މިއަދު

    ހެލޯޝިފާ އަދިވެސް ހަމަ މޭޔަރުކަމަށްވަދަކުރަނީޔަ ތިހުރީ ކަމަނާމެން ގައުމަށް ހެޔޮއެދޭވަރު

  18. ލާދީނީ އަންނި

    ތިޔައްވުރެ ބޮޑު އެއްޗެއްދާނެ މުޅި އަހަރައް މަދުވެގެން 108000 ދޭ ހިސާބު ޖަހާލީމަ.

  19. ޙ

    ކޮންކިވިންގް އެލަވަންސެއް ގެދޮރުނެތީތަ

  20. ޒަލީފް

    އެހެން ތަންތަނުގެ ބޭކަލުން ނަށް ދެއްވާ ޓެކްސް ފައިސާގެ މިންވަރާް ބަލާއިރު މީ މަދު މިންވަރެއް. ކޮބާތޯ އެހއންބޭކަލުންގެ ދަތުރު އެލަވަންސް. ޢެވާހަކައެއްނުހޯދޭތޯ. މާލޭސިޓިގެ މޭޔަރަށް ބަލާއިރު މީ ވަރަށް ކުޑަ މިންވަރެއް. ޔިޔަ މައުލޫމާތއްް ނުދީގެން ބޭއްވި އެއްޗެއް އަހަރެންވެސް ބެލިން. ހުކުމްއިއްވީ ނަމަވެސް ކިޔާފަ. ދެންޖެހޭކަމަށް ދެއްކުނު ހުއްޖަތެއް ނެތް

  21. ޖުލައި

    ތިޔަ ފެންވަ ރުގެ އެހެން މަޤާމުތަކުގައި ތިބި މީހުންގެ ކާ ރު އެލަވަންސަށް ކިހާވަ ރެއް ލިބޭބާ؟

    4
    1
  22. ހުސެން

    މމމ މިދެން ބަލާއެއްތާ މި ޕީޖީ އާއިލާ ގަނޑު ރައްޔިތުންގެ ލާރިގަނޑު ކައި ހުސްކުރަނީ..އިތުބާރުނެއް ފުލުހުން.. މުލި ސަލާމަތީ ބާރުޔަކައް އެ މް.ޑީ.ޕީ ވެރިންގެ ދަރިފަސްކޮޅު ވައްދާ ދުވަސްވީ އިތުބާރުހިފޭ ބޭކަލުން ބޭރުކުެަންފަށައި...އަމީނު ފައިސަލް ދަރި ވައްދައިފި..ޗީފުގެ ކަޒިންސް ވައްދައިފި..މެންބަރުންގެ ކުޑަމިނުން ދުރުތާ ތިމާގެ މީހުންތައް ވައްދައިފި.. މީވާ ވެރިކަމައް ފެންނަން ހެޔޮވާވެސް ވަރުގެ ބައެއް ނޫން 2 ފަހަރު އައިތީ 2 ފަހަރުވެސް މިކުޅެނީ އެއްކުޅި ގަނގަނޑެއް...

  23. ރައްޔިތުމީހާ

    ލަދުހަޔާތްކުޑަމީހުން އެބަ ފެނެއެއްނު، ތިޔަމީހާގެ މުސާރަ އަށް އެކަނިވެސް އަހަރަކު 570،000 ރުފިޔާ ދައުލަތުގެ ފައިސާއިން އެބަނަގާ، ކާރު އެލަވަންސަށް 90،000 މިދެން ބޮޑުވަރު. ދާދިފަހަކުން މީނަގެ ލީކުވި އޯޑިއޯއެއްގަ ތިޔަ ކައުންސިލަށް އިންތިޚާބުވެފަހުރި މެމްބަރަކާ ދިމާއަށް "އަދި ލަދުހަޔާތްކުޑަކަމުން މިތާތެރެއަށް އެބަވަދޭ" ނޫންހޭކިޔައިގެން އެއްޗެހިކިޔާތީއެހިން.

  24. ކުންނު

    ތިޔައީ ޝިފާއަށް ވަކި ދޭ އެއްޗެއް ނޫން. ދައުލަތުން ކާރު ދެއްވާ ހުރިހާ ބޭފުޅުންނަށް ދެއްވާ އަދަދު. މަހަކު 7500 ރުފިޔާ އޮންނާނީ ކަނޑައެޅިފައި

  25. އަޙްމަދު

    900،000،000ރ ވިޔަސް އަހަރުމެން ކުރާނެ ކަމެއްނެތް! ބޮޑުވަރަކަށް ޙަބަރު ބަލާފާއި ކޮމެންޓެއް ކޮށްލެވިދާނެ!!!

  26. ކިލާ

    ކަލޭމެން ދޯ؟
    ޅުސް ޖެހެންދެން ކަނީ ތަ؟
    ކާ ވަރު ނުބެލިޔަސް؟
    ޅު.....އެނގިއްޖެ ދޯ؟