އއ. ތޮއްޑޫ ސްކޫލްގެ ދަށުން ހިންގަމުން އަންނަ ޕްރީ ސްކޫލްގެ އަންހެން ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަބްދުﷲ ޝިފާޒް ވިދާޅުވެފައިވަނީ އެ ޓީޗަރު ފައްސިވެފައިވާކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި މިވަގުތު ހުންނެވީ މާލޭގައި ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އިއްޔެހެން މާލެ ގޮސްފައިވަނީ. ކުޑަކޮށް ރޯނގާ ހުރެގެން މާލެ ގޮސް ޑޮކްޓަރަށް ދައްކައި ޓެސްޓް ހެދުމުން ފައްސިވެފައިވާކަން އެނގުނީ" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، މިވަގުތު އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށެވެ.

އެ ވޭދަނައާ ގުޅިގެން މިހާރު އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Please

    Thoddoo police station 😭😭😭😭😭😭👮👮👮👮👮👮👮😷😷😷😷😷😷😢😢😢😢😭😭😭👮👮👮👮

    5
    4
    • ބޮޓު

      ބޮޓު

      2
      2