މ. ކޮޅުފުށީގައި ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ކޮޅުފުއްޓަަކީ އެރަށުން މާލެ ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވުމުން މޮނީޓަރިންގ ހާލަތަށް ލި ރަށެކެެވެ.

އެ މީހާ ފައްސިވުމުން އެރަށުގައި ވަކި ތަރުތީބެއް ނެތި ސުންކު ނަގަފައިވެއެވެ.

އެރަށު ކައުންސިލް ރައީސް ހުސައިން ޝާމިލް ވިދާޅުވީ، އެރަށުން ނުވަ މީހަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަަމަށެވެ.

"އަޅުގަނޑަށް ދެންމެ ހެލްތް ސެންޓަރުން ދިން މައުލޫމާތުގައި ޖުމްލަ ނުވަ ފަރާތެއް ފައްސިވެފައި މި ވަނީ، އިއްޔެ ނެގި ސުންކުން". ޝާމިލް ވިދާޅުވިއެވެ.

އެރަށުން އިއްޔެ 106 މީހެއްގެ ސުންކު ނަގާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ފައްސިވި މީހާއާ ބައްދަލުވި 52 މީހަކާއި، އެރަށުން ވަކި ތަރުތީބެއް ނެތި ނެގި 54 ސުންކެވެ. މީގެތެރެއިން މިހާތަނަށް ލިބިފައި ވަނީ 86 ސުންކުގެ ނަތީޖާ އެވެ.

އަދި އެތަނުން ފައްސިވެފައި ވަނީ ނުވަ މީހެކެވެ. އަދި 20 ސުންކުގެ ނަތީޖާ ނުލިބެއެވެ.

އެރަށުން ފައްސިވި މީހުންގެ ތެރެއިން އެއް އަހަރުގެ ތުއްތު ކުއްޖަކާއި، 60 އަހަރުން މަތީގެ ދެ މީހުން ހިމެނެއެވެ. އަދި ނުވަ އަހަރުގެ ކުއްޖަކާއި، ދެން ހިމެނެނީ ޒުވާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙެޖޖެިޖޖއކ

  ،،👍👍👍

  4
  12
 2. Anonymous

  ކޮވިޑް ހުއްޓުވާނީ 'އަހަރެން' ނެއް ނޫން ﷲ ގެ އަމުރު ފަހަނަ އަޅާ އެކަކަށްވެސް ނުދެވޭނެ ކޮވިޑަކަށް ވެސް ނުދެވޭނެ ގަބޫލު ކުރައްވާ

  14
 3. Anonymous

  މީ އަނެއްކާ ސިޔާސީ މީހުންގެ ސްޓަންޓެއް

  4
  2
 4. ހާލަތު

  ކޮޅުފުށި އަތުންދޫވި ..... ކަރަންޓީނު ނިންމި ޓެސްޓް އޯކޭ..... ފުރައިގެން ދިޔައިރު މުޅިރައް ޕޮޒިޓިވް........ މާލެ ގޮސްހެދި ޓެސްޓް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އޯކޭނުވި