އަންނަ ހުކުރު ދުވަހު ޕީޕީއެމް ޕީއެންސީއިން މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ނުކުތުމަށް ނިންމައިފިއެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުރިހާ ސަޕޯޓަރުން އަންނަ ހުކުރު ދުވަހުގެ ހަވީރު މަގުމަތީ ހަރަކާތަށް ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެކޯލިޝަންގެ މެމްބަރުން މުޒާހަރާކުރާނެ ކަމަށް ޝިޔާމް ވިދާަޅުވިއެވެ.

"އިންސާފު ކޮބާ" ގެ ނަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފަިއވާ މި މުޒާހަރާއަކީ ރާއްޖޭގައި ގެއްލެމުންދާ އިންސާފު ހޯދުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް އިންސާފު ހޯދުމަށް ކުރާ މުޒާހަރާއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މި މުޒާހަރާ މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުކައިރިން ކަމަށާއި ނިންމާލުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ކުރި މައްޗަށް ކަމަށް ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ މި މުޒާހަރާއަކީ ސުލްހަވެރިކަމާއިއެކު ބާއްވާ މުޒާހަރާއަކަށްވާއިރު، މި މުުޒާހަރާ ބާއްވާނީ ކަމާއިބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ކަމަށެވެ. އަދި މުޒާހަރާއަށް ނުކުތުމުގެ ކުރިން އެ ކަން ކަށަވަރު ކުރާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފިރާގް

    ނުކުންނާނީ ހައެއްކަކެނަ ޔާމިނެއް ނުވިއްކޭނެ.

    5
    19
  2. ވަތަނޭ

    ސާބަހޭ މަވެސް މި ނުކުންނަނީ ލާދީނީ މަޑުކަށި މީހުންނާއި ދެކޮޅަށް

    19
    12
  3. ވަތަނޭ

    ސާބަހޭ މަވެސް މި ނުކުންނަނީ ލާދީނީ މީހުންނާއި ދެކޮޅަށް

    20
    12
  4. ޙައިލ

    މިމީހުންގެންގޮސް ފަޅު ރަށެއްގަ ކަރަނއޓީން ކުރަންވީއެއްނު، އެމީހުނގެ އަތުން ހަރަދުކޮށްގެން ކައިބޮއެ ހަދާގޮތަށް؟ ޥަޓް ޔޫ ސޭ

    5
    21
  5. ޙައިލީ

    މިމީހުންގެންގޮސް ފަޅު ރަށެއްގަ ކަރަނއޓީން ކުރަންވީއެއްނު، އެމީހުނގެ އަތުން ހަރަދުކޮށްގެން ކައިބޮއެ ހަދާގޮތަށް؟ ޥަޓް ޔޫ ސޭ

    8
    15
    • އައްދޯތް

      ހަބޭސް އައިޑިއާއެއް...

      2
      5
  6. ދޮން ކަލޯ ގެ އިބުރާ

    ސައީދު ބެއްޔާއި ޝިޔާމާއި ޓިނާއި ލައިގެން ހުކުރު ދުވަހު ބޮނޑި ބަތް ކައްކަން ދޯ އަސްލު ތި އުޅެނީ؟

    13
    18
  7. ބާސިރު

    ދެން މުޒާހަރާ ކުރަން މަގުމައްޗަކަށް ނުނިކުމެވޭނެ މަމެންގެ ބާރުމިއަދުއޮތީ ޕިންކީން ފިއްތާލާފަ ބާތިއްބާނީ

    6
    7
  8. ޝަހުމާ

    ކަލޯ ފިރާޤޫ! ނުކުތީމާ ވަގޮތަކީ ވަޒީފާއިން ވަކިކުރަނީ! އޭގެކުރިން ބޮލަކުން 1000 ރުފިޔާވެސް ސަރުކާރު ބަޖެޓަށް އެބަ އަތުލާ ! އެހެންވީމަ ބިރުގަންނާނެ ދޯ ނުކުންނަން؟

    8
    3
  9. ވގ ޔނ

    ކަންތަކާޖެހުނީ އަދިމިއުޅުނީ ކުޑަމީހާގޮވައިގެން ދުއްވާލަންދާ އެދުވަހު ނުކެރޭނެ މަގެއްމައްޗައްނިކުންނަންވެސް އެހާގިނަމީހުން ނިކުންނާނެ އެންމެފަހުން ދެދޮރުދޭތެރޭގެ މުޒާހިރާގެ ބައިވެރިން ފިތިބާރުވެގެން ގިނަބަޔަކައް އަވަސް ފަރުވާދީ ގިނަބަޔަކު ހަސްފަތާލްތަކުން ފަރުވާހޯދަންޖެހުނު