ކޮވިޑް-19 ޖެހިގެން ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ އަދަދު 93 އަށް އަރައިފި އެވެ.

އިއްޔެ އިރުއޮއްސި 6:00 އާ ހަަމައަށް އަދާހަމަތަކަށް ބަލާއިރު، ހޮސްޕިޓަލް ތަކުގައި ފަރުވާދެމުން ގޮސްފައި ވަނީ 87 މީހަކަށެވެ. މިއަދު އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް މިހާރު މި އަދަދު ވަނީ 93 އަށް އަރާފައެވެ.

މިއަދު ރާއްޖޭގައި 145 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖޭގައި ފައްސިވާ މީހުންގެ އަދަދުއަށް 100 އިން މަތީގައި އުޅޭތާ މިއީ ތިން ވަނަ ދުވަހުއެވެ.

މިހާރުވެސް ރާއްޖެއިން ގިނަ އަދަދަށް މީހުން ފައްސިވަމުން ދަނީ މާލެ އިންނެވެ. އެގޮތުން މިއަދުވެސް 93 މީހަކު ފައްސިވެފައި ވަނީ މާލެ އިންނެވެ.

ރާއްޖެއިން މިހާތަނަށް 15247 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެއިން ފައްސިވި މީހުންގެ ތެރޭގައި މިހާރު ފަރުވާދެމުން ދަނީ 1273 މީހެކެވެ.

ރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވެފައި ވަނީ 51 މީހުންނެވެ.