ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް ސަސްޕެންޑްކޮށްފިއެވެ.

މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ސަސްޕެންޑްކޮށްފައި ވަނީ މިއަދެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު "ވަގުތު"އަށް ވިދާޅުވީ، މުހައްމަދު ހަލީމް ސަސްޕެންޑްކޮށްފައި ވަނީ މަޖިލީހުން ބަދަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އޭނާއާ ގުޅޭގޮތުން ބަލަމުން ދަނީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ޒިޔާއު ވިދާޅުވީ، އޭނާ ސަަސްޕެންޑްކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މުހައްމަދު ހަލީމް ފުރަތަމަ އައްޔަންކުރެއްވީ 31 އޮކްޓޫބަރު 2013ގައެވެ. އޭގެ ކުރިން އޭނާވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  މާތްﷲ ތިމާގެ އަޖަލު ނިންމަވާނެ ގޮތަކާދޭތެ ރޭ ބި ރުވެތިވޭ، މިދުނިޔެއަކީ އަބަދު ހިތުހު ރި ގޮތަކަށް ކަންތައް ކު ރަން ތިބެވޭނެތަނެއްނޫން.

  51
  1
 2. ރައްޔިތު މީހާ

  ސާޖަންޓް އެޓް އާމްސް ތިއޮތީ އާމް ނަގާފައި އެތަން މިތަނަށް.

  33
 3. އިބުރާ

  އޭނާ ބޭއްވި ގެޓްޓުގެދާ އެއްގައި ސަރުކާރު ބަދުނާމުކޮށް ވާހަކަ ދެއްކީ މަ އޭނަގެ ގާތްރައްޓެއްސެއް އޭނަ ބަދުނާ ނާ މުކޮއްލީ..

  34
 4. އިބިލީސް

  ދިވެހި ފުލުހުންނާއި ސިފައިންވެސް ހާދަ ކޮރަޕްޓީއޭ. ތިހަދާ ޓެރެއިނިންތަށް ރަގަޅަށްތަ ތިދެނީ. ބޮޑުން ފެށިގެން ކުޑަޔަށް މަދުމީހަކު ރަގަޅީ. އިންޓްގްރްޓީ އޭ ކިޔާއެއްޗެއް ދަންނަ އެއްވެސް ބަޔަކު މިހާރު ދިވެހިންގެ ތެރޭ އުޅޭބާއޭ ހިތަށް އަރާ

 5. ކޮރަލް

  ހުރިހާ މުވައްޒަފުންނަށް ބޮޑު މީހހކު ބިރު ދައްކަން މިއަދު ބައްދަލު ކުރާ ނެ އެވެ. ރައްޔިތުން އޭނަ ދެކެ ބިރެއް ނުގަނެ އެވެ.