މާދަމާ ރެއިން ފެށިގެން ދަންވަރު 12 ގެ ފަހުން މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށް ކާފިއު އިއުލާނު ކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިދީފައިވާ ބާރުގެ ދަށުން މިގޮތަށް ނިންމަވާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. މައިމޫނާ ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމުގައިވާ ގޮތުން މާދަމާ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފަތިހު 4 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން ވެސް މަނާ ވާނެއެވެ.

މި ނިންމުމާއެކު 12 ގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނިކުމެ އުޅުން މަނާވާނެއެވެ.

ނަމަވެސް، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ޙިދުމަތް ދޭ އިދާރާތަކާއި އެތަންތަނުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު މި ނިންމުމުން އިސްތިސްނާ ވާނެއެވެ. މީގެ އިތުރުން އެމްބިއުލޭންސާއި ހެލްތު އެމަޖެންސީ އޮޮޕަރޭޝަންސްގެ ފާސް ލިބިފައިވާ ފަރާތްތަކާއި ފަތިސް ނަމާދަށް ދާ މީހުންގެ އިތުރުން، ސިއްހީ އެމަޖެންސީ ހާލަތެއްގައި ނިކުމެ އުޅޭ މީހުންވެސް މި ނިންމުމުން އިސްތިސްނާވާނެއެވެ.

އެޗްޕީއޭ އިން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި މިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ހަލުވިކަމާއި އެކު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން ގެންދިއުމާއި ގުޅިގެންނެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ކާފިއު އިއުލާން ކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ. އެގޮތުން ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު އަށަކަށް ކާފިއު އިއުލާންކޮށްފައި އޮތެވެ. ދި އެޕްރީލް 14 އިން ފެށިގެން މާލެ ސަރަހައްދު އެއްކޮށް ފުރަބަންދަކަށް ދިއުމަށް ފަހު، ޖޫން މަހުގެ ތެރޭގައި ލުއި ދޭން ފެށިއެވެ. އަދި ކޮވިޑް-19 ވޭދަނަތައް މަދުވަމުން ދިއުމުން، ކާފިއު ގަޑިތައް އުވާލީ މިދިޔަ ޑިސެމްބަރު 19 ގައެވެ.

ކާފިއު އުވާލުމަށް ފަހު ވެސް އެޗްޕީއޭ އިން ވަނީ އިތުރު ލުއިތައް ދީފައެވެ. އެގޮތުން ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް މަދު ކުރުމާއި ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ވާން ނުޖެހުމުގެ އިތުރަށް މާލެއިން ރިސޯޓުތަކަށް ދާއިރު ކަރަންޓީން ވާން ނުޖެހޭ ގޮތަށް ވެސް ވަނީ އުސޫލަށް ބަދަލުތައް ގެނެސްފައެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ފައްސިވެ، 51 މީހަކު ވަނީ ނިޔާވެފައެވެ. މި ބަލި ޖެހިގެން ހާހަކަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، ބަލީގައި ރަނގަޅުވެފައި ވަނީ 13،000 އަށް ވުރެ ގިނަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ސިނެކް

    މިނާގާބިލް ސަރުކާރަކަށް އެއްވެސްކަ މެއް ތަންފީޒެއްނުކުރެވޭ ނޯ ވޯޓް

    125
    11
    • ހ

      100%

      10
      1
  2. ހުސެން

    ސާބަހޭ މައި މޫނާ ކައުންސިލް އިންތިހާބު ބޭއްވިޔަނުދޭތި..ބުނަން މައި މޫނާ ވަކި ރެސްޓޯރަންޓު ތަކެއް އިސްތިސްނާ ވަނީ ކީއްވެ ..ކޮވިޑް ގެ ފުރަތަމަ ކާފިއު އިން ފެށިގެން ..ހ.ހިރިގާ ރެސްޓޯރަން ދަންވަރު 03 ޖަހަން ދެން ސަޓާދޮރުން ބަންގާޅީންލައްވަ ދޮރުހުޅުވައިގެން ދެޖިންސް މީހުން ކީއްތޯ ނުކުރަނީ ކާ މީހުންކަނީ ބޯމީހުންބޮނީ..މައިމޫނާ އިންސާފައް ލޯބިކުރައްވާ ފުލުހުން ލައްވާ އެތަން ޗެކޮކޮށް ފިޔަވަޅު ނާލާ އަހަރުވެގެން ދަނީ..ބޮޑުވަރު..

    106
    4
    • Anonymous

      މިކަމާ އިންތިހާބާ އޮތީ ކޮން ގުޅުމެއް... މެޑިކަލް އެމަޖެންސީ އޮތަސް އެމްޑީޕީން މިފަހަރު އިންތިހާބް ބާއްވަން ކުރެވުނު ވަރެއް ކުރާނެ

      8
      2
  3. ހަސަނުބެ2323232

    ސްކޫލު ބަންދު ކުރޭ! ކުލާސް ރޫމް ސެނިޓައިޒް ކުރީމަ ނިމުނީއެއް ނޫން އައިސްތު. ސްކޫލު ހުޅުވީމަ މާލެއަށް ގިނަ އަދަދެއްގެ ބަޔަކު އައިސް މުޅި ރާއްޖެއަށް ކޮވިޑު ފަތުރާ، ކޮވިޑުގެ ހާއްޔަކަށް މާލެ ބަދަލުވެ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވަމުން މިދަނީ. ހޮސްޕިޓަލްތައް ފުރި އައިސީޔޫތައް ފުރިފައި އޮތް ގައުމަކަށް ފަތުރުވެރިންނެއްވެސް ނާންނާނެ. ނަތީޖާއަކީ އަނެއްކާވެސް ފަތުރުވެރިކަން ފުނޑި، ގެސްޓްހައުސްތައް ބަންދުކުރަން މަޖުބޫރުވުން. ސްކޫލްތައް ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކުރޭ! ސަރުކާރުން ޒިންމާދާރުވޭ

    101
    4
  4. ޖަޒީރާވަންތަ ރޯޔަލްކެހެރި ނުފަޅާ ޖަނަވާރު

    އިބޫސޯލިހަކީ ގައުމަށް ޖެހިފައޮތް ބަލާވެރިކަމެއް

    1555
    13
    • ޣފދދ

      1000 ލައިކްސް👏

  5. ގެރިގުއިލޯބި

    މަ ދުއާކުރަން މި އަނިޔާވެރި ވެރިކަން ވެއްޓޭތޯ

    122
    7
  6. ހދ. ނަސްރީނާ

    ކަލޭމެނަށް ހަލާކު ހުރި

    61
    4
  7. ޖަޒީރާވަންތަ ރޯޔަލްކެހެރި ނުފަޅާ ޖަނަވާރު

    މި ޖަނަވާރުން ވެރިކަމަށް އެރިފަހުން ރައްޔިތުންނަށް ޖަައްސަނީ ބަލާއާއި މުސީބާތް

    101
    4
  8. ގެރިގުއިލޯބި

    ރޯޔަލް ކަލޭގެ މީހަކާ އިންފަހުން އެހެން މީހުނަށް ދިރިއުޅެން ދަތި

    69
  9. ކިރިމްޖެހި ބަނަސް

    ކަލޭމެން ރައްޔިތުން ނޮޅާގެން ކާލަންވީއެއްނު

    72
    1
  10. އައިސްތު

    މައިމޫނާގެ ބަލާވެރިކަމުން ގައުމު ނޫޅޭ ސަލާމަތްވާކަށް

    66
    6
  11. އެމަންޖެ

    ބަލަގަ ކަލޭމެން ހޭބޯ ނާރައިގެން ލުއީތައް ދިނީމައެއްނުންތަ އަތައް ގޮވައިގެން ތިޔަ އުޅެނީ ، ރާއްޖެއިން ބޭރުން އަންނަ މީހުންވެސް ކަރަންޓީނެއްނެތި މާލެ ތެރޭގަ މިނިވަންކަންމަތީ އުޅެން ދޫކޮއްލީ މިހާލަތު ގެނާކައް ނޫންތަ.

    99
    2
  12. މޮޔަ ހަސަނު

    އިދިކޮޅުން އެއްވުމެއް ބާއްވަން އުޅޭކަން އެނގުމުން ބޮލަށް ތެޔޮއެރީދޯ! ކޮވިޑު މަގުމަތީގަ އުޅެނީ ހަމައެކަނި ދަންވަރު 12 ގެ ފަހުންތަ؟ ކާފިއު އިއުލާނު ކޮށްފަ އޮތްހާހިނދަކު މަގޭ ދަރިން ސްކޫލް އަކަށް ނުފޮނުވާނަން ! ސްކޫލް ގަޑީގަވެސް ހަމަ ކޮވިޑު އުޅޭނެދޯ!

    102
    4
  13. އަސްޤަރު ސިއްދީޤް

    ކިނބޫގެ ސަރުކާރުން ކޮވިޑު ފަތުރަނީ! ކޮވިޑްގެ ހާލަތު އެންމެ ގޯސް ޤައުމުތަކުން ފަތުރުވެރިން އައުން ނުހުއްޓުވާހާ ހިނދަކު ކާފިއުގެ އެއްވެސް ބޭނުމެއް ނެތް ދޯ!

    91
    4
  14. ޏާ ހަމަ ތެދެއް

    ކޮވިޑް 19 ފެތުރެނީ ދަންވަރު 12 ގެ ފަހުންތަ؟ އަޅެ ފަހެ މި މައިމޫނާ އޭ މިކިޔާ ދައިތައަށް ކިހިނެއް ވެގެންތަ މިއުޅެނީ!!! ތިކަން އެންމެ ވައްތަރީ، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މުޒާހިރާކުރާ ދުވަސްވަރަކަށްވާތީވެ، އެކަން ވިޔަނުދޭން އެޅި ފިޔަވަޅަކަށް!!! މައިމޫނާއްތަ އަށް ބޯކޮށް ސަލާން!!! ކޮވިޑް ސިޔާސީކޮށް ނިންމައިފި!!! ވެއްޓިދާނެކަމުގެ ބިރަށް!!!

    80
    1
  15. ސޮނި އަންނި

    ވަރަށް ހެއްވާ މާލޭގަ ހަލުވިކަމާ އެކު ކޮވިޑް ފެތުރެނިއްޔޭ ކިޔާފަ ކާފިއު އިއުލާންކުރާއިރު ސްކޫލްތަކެއް ބަންދެއްނުކުރޭ. މިހާރު ސްކޫލްތަކުން ކޮވިޑް ފެތުރޭލެއް މަދެއްނޫން ސްކޫލްތައްދޯ ފުރަތަމަ ބަންދުކުރަންވީ ޝާފިއުގެ ވާހަކަ ހުއްޓާލާފަ އަދި އެވެސް 12ގެ ފަހުން. ތިއުޅެނީ ކޮންމެސް އެހެންކަމެއްވެގެން

    78
    1
  16. އިބްރާހިމް

    ހުސްދޮގު. މިކަމަކީ މި ސަރުކާރުން ހިންގާ ޖަރީމާތަކުގެ ސަބަބުންނާއި ކުރީގެ ރައީސަށް ނުހައްގުން އިއްވާފައިވާ ޖަލުހުކުމުގެ ސަބަބުން ރައްޔިތުން ދޮންބޮޑުވެ ސަރުކާރަށް ނޫނެކޭ ބުނަން މަގުމަށްޗަށް ނުކުންނާތީ އެކަން ހުއްޓުވަން ސީދާ އެމްޑީޕީން މައިމޫނާގެ ޅަ ބޮލަށްވަދެގެން ކުރާކަމެކެވެ. އިއުލާނަށް ބަލާލީމާ އެނގުނު އެއްޗަކީ ސަރުކާރާއި ދެކޮޅު ނުވާނަމަ ކޮންމެ ގަޑިއެއްގައިވެސް މަގުމައްޗަށް ނުކުތުމުގައި މައްސަލައެއް ނެތެވެ.

    79
    4
    • އަހްމަދު

      މާލެގެ ސްކޫލްތައް ބަންދުކުރަނީ ކިހިނެއް! ބައެއް ބެލެނިވެރިިން ކުދިން ސްކޫލަށް ފޮނުވަނީ އެމީހުން ބޭނުން ޕްރައިވެޓް ޓައިމް ނުލިބިގެން! އެކުދިން ސްކޫލުގައި ހޭދަކުރާ 4 ގަޑީއިރު އިމީހޫން ބޭނުންގޮތަކަށް އުޅެންވެގެން!!! ބެލެނިވެރިން ކޮންމެ ގޮތެއް ހަދާފައިވެސް ކުދިން ފޮކުވާނެ! ސިއްޙަތަށް ވުރެ މުހިންމީ ޕްރައިވެޓް ޓައިމް!

      4
      4
  17. Anonymous

    ހެޔޮނުވާނެ ސްކޫލް ތައް ބަންދުކޮށް ދެއްވާ. އާދޭސްކޮށްފައި މިބުނީ. ރޭގަނޑު މީހުން ނިދާފައި ތިބޭގަޑީގައިއެއްނޫންދޯ ކޮވިޑް ފެތުރެނީ. ފިޔަވަޅުތައް ހަރުކަށި ކުރައްވާ. ފަރުވާކުޑަ ނުކުރައްވާ. އޮފީސްތައް ވެސް ކުރީގޮތައް ވަކި ދުވަހު ޚިދްމަތް ދޭ ގޮތައް ހައްދަވާ

    33
    3
  18. ޕީޕީއެމް ރިޒުބެ

    މިވެރިކަން ވެއްޓޭނީ ﷲގެ ކޯފާއިން

    40
  19. އަސްމާ

    ބަލަގަ ސުކޫލްތަށް ބަންދު ކުރާކަށް ނުވޭތަ އަދިވެސް. މައިމޫނާއަކަށް ނުފެނޭތަ ސުކޫލް ތަކުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ ކޭސްތަކެއް. ކިހިނެއްވެފަތަ ކަލޭމެން ތިތިބެނީއަޅެފަހެ. ސުކޫލްތައް ބަންދުނުކޮށް ތިއުޅެނީ މިކަން އިތުރަށް ފަތުރަންހެން ހީވަނީ.

    34
    1
  20. މަ

    ކޮވިޑްގެ ހާލުއެބަ ގޯސްވޭ ލޯކަލް ކަައުންސިލް އިންތިހާބޭ ކިޔާ ތަނުން؟

    31
    2
  21. ޕޮގުބާ

    ޖާހިލިއްޔަ ވެރިކަ މެއް އެއީ ރަށްޔިތުން ބޭނުވިގޮތް ދެންވެސް ބަދަލު ކުރޭ

    28
    2
  22. ޢަލިބެ

    ދުވާލަކު 600 ސާންޕަލް ޓެސްޓްކޮށްގެން ސަތޭކަޔަށްވުރެ ގިނަމީހުން ޕޮޒިޓިވްވަމުން ދިޔައިރު ކުރިގޮތަށް މިހާރު ތިކުރަނީ އިދިކޮޅުން ކުރާ އިޙްތިޖާޖުހުއްޓުވަން ކުރާކަމެއްތީ.

    35
    2
  23. ޙަފީޒާ

    ދިވެހިރާއްޖޭގައި މިއޮތް ސުންޕާ އަނިޔާވެރި ޙަރާމް ސަރުކާރު ހުރުހާދިމާއަކުން ވީއްދަވައި ބަލިކުރައްވާންދޭވެ!

    33
  24. އަޙްމަދު

    ކޮވެޑެއްނެތް! ދެންކީކުރަން! މީގެ ދެދުވަސްކުރިން ނޫންތޯ! ރެސްޓޯރެންޓް ކެފޭ ދަންވަރު ހުޅުވާފައި ބަހައްޓާގޮތަށް ބަދަލުކުރީ! ކިރިޔާ ނަމްބަދުތަށް ދަށައްދާއިރަށް ގެންނަބަދަލުގެ ސަބަބުބް ވާގޮތްތައް ބަލާބަލަ!!!

    35
    1
  25. Anonymous

    މިކަން ބޮޑު އުނދަގުލަކަށްވެއްޖެ ނޫންތަ ޤާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފުން މީ. މައިމޫނާއަށް ކޮންގޮތަކުން ލިބިގެންވާ ބާރެއް މީ. ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފުކަމެއް.
    ސަރުކާރުން ހިންގަން ނޭނގެންޏާ އިސްތިއުފާ ދީބަލަ.
    ހިތަށް އެރީމާ ކާފިއު ހިންގާފަ ހިތައެރީމާ އެކަން އުވާލާފަ.
    ބޮޑު މުޞީބާތަކަށް ވެއްޖެކަމެއް މީ.
    އިދިކޮޅު މީހުން މުޖާހަރާ ކުރާތީ ކުރާކަމެއް. އަދި މައިމޫނާމެންގެ މައްޗަށް ޤާނޫނު އަރާ ހަމަކުރާނެ ދުވަސް އަންނާނެ. މަޤާމުގެ ބޭނުން ނަހަމަގޮތުގައި ހިފުންމީ.

    11
  26. ސައިނާ

    ރޭގަނޑު ދަަންވަރު ފެތުރޭއެއްޗެއްތަ މީ؟؟ ނަ މެއްގައި ދެން ކަ މެއްކޮށްލަނިދޯ އަ މާކީތީ ފަރަށްދާ އުސޫލުން!! ތިޔައްވުރެ ޒިން މާދާރު ކޮށް ތިކަންކޮށްގެން ކޮވިޑް މައިތިރިކުރެވޭނީ!!

    13
    1
  27. އަރީ

    ކިހާ ބޮޑު ނޮހޮރުއްޕާނެެއް. މައިމޫނާ އާއި އިބޫ އިސްތިއުފާ. ރައްޔިތުން އަޅުންނައް ހަދައިގެން އުޅެން އުޅޭބައެއް

    12
    1
  28. ޖަނާޒާ

    މި ކަމާގުޅިގެން އަހަރެން ލިޔަން އޮތް ކޮމެންޓް ލިޔެފިނަމަ އަހަރެން ޖަލަށްލާ ހައްޔަރު ކުރާނެ. މައިތިރިވެލީމި#

    10
  29. ރޯދަ މުބާރިކް

    މާ ލަސްވެއްޖެ! މިހާރު މި އޮތް ރޭޓުގަ މީހުން ބަލިވާނެ ފިޔަވަޅު ނޭޅީމަ ކުރިން!.. ނަމަވެސް ފިޔަވަޅު އެޅުން ރަންގަޅު..! ލަފާކުރެވެނީ އެޗްޕީއޭ، ސަރުކާރު ވެރިން ޓެސްޓެއްކޮށްލީކަމަށް..! ކުރިން ލަފާކުރެވުނު އަދަދަކަށް ރާއްޖެއިން މީހުން ބަލިނުވި..! ގިނަ މީހުން ކަމާބެހޭ ފަރާތްތަކުގެ ބަސް އެހި..! މިހާުރު ކޮންމެވެސް ބަޔަކު ގޯސް ހަދައިފި..! ވެކްސިން ލި ބުނީމަ ތޯ؟

    13
  30. މަހަށްދޭބަލަ

    ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ވެރިކަން ވެއްޓިދާނެތީވެ ބިރުން އުޅެނީ ތަމެން ރަންރީނދޫ ޓްވިޓަރޭ ކޮމިއުނިކޭޝަން ކަޓޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަގަމާރޭ ދަ ތަޖްރިބާ އެއް ނެތް ކަނޑުކޮހޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

    7
    1
  31. ނަމަ

    ކާފިއު އެވެސް ރޭގަޑު 12ރައިގެ ފަސް ނުވިސްނުނު

    10
  32. Ann

    12 jahaairah curfew badhal kurumun vaki faidhaa eh vaanetho? Dhuniyeyge kuriaraafa hunna gaumuthakunves case thah ginavamundhaathy edhany beyrah nukume ulhey meehunge adhadhuthah dhah kuruvan masakkaiy kuramun. Vaki hisaabuthakehgge ekani vaki adhadhehgge meehunah dhuvveygothah. Raajjeygaves school thah bandhukoh cafe restaurant thah online hidhumathaai delivery kureveyne nizaameh hama jessun minimmu. Adhi kurin oiyhen vaki vaguthuthakehgge Komme geakun pass libifa oiy bayakah beyrah nukume Ehen goiy hadhaa gavaidhaa hilaaf vaanama bodethi adhadhu thakun joorimanaa kurun muhimmu.Economy ah asarukuri kamugaiveenamaves control vandhen Mifadha kankan kurun muhimmu. Gina meehun balimadukanves siyaasee kankamah hadhaathee varah dhera. Meegai vaki party eh vaki muassasaa eh isthisnaa eh nuvey.

  33. ސާރާ

    ވެރކަމުގައި ތިބޭ މީހުން އަބަދުވެސް އިދިކޮޅުގައި ތިބޭމީހުންދެކެ ބިރުގަތުން އަދި ހަދާނެގޮތެއް ހެދުން މިއީ ހުރިހާ މުއައްސަސާއެއް ސިޔާސީ ވެފައި އޮންނަކަމުގެ ހެއްކެއް. މިސަރުކާރު އެކަންޏެއްނޫން. ހުރިހާ ސަރުކާރެއްގައިވެސް ކަން އޮތީ މިހެން.

  34. އަބްދޫ

    ކޮވިޑް ރާއްޖެއިން ނައްތާލަން ފުރުސަތު ލިބުނު އެ ފުރުސަތުގެ ބޭނުންނުކޮށް ބޭކާރު ގޮތުގަ ވަސީލަތް ދާތީ ކޮވިޑް މިތަނުނ ނުފިލުވިގެން އުލެނީ.