މާލޭ ސަރަހައްދުގައި ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރެމުން ދާތީ ޕާޓީތަކާއި ހަފްލާތަކާއި އެއްވެސް ރަސްމިއްޔާތެއް ބޭއްވުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ "މި ހިނދުން ފެށިގެން މާލޭ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން" ޖެހޭ ކަމަށެވެ.

އެޗްޕީއޭ އިން ހަރުކަށި ފިޔަވަޅުތަކެއް މި އެޅީ ފާއިތުވެދިޔަ ތިން ދުވަހު އާދަޔާ ޙިލާފަށް މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެންނެވެ.

މީގެ ކުރިންވެސް މިފަދަ ހަފްލާތަކުގެ ތެރެއިން ގިނަ ބަޔަކު ފައްސިވެ، ވަރަށް ބޮޑަށް ވައިރަސް ފެތުރެން މެދުވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ނިންމުމުގެ އިތުރުންވެސް އެޗްޕީއޭ އިން ވަނީ 12 ގެ ފަހުން ކާފިއު އިއުލާނު ކުރުމާއި، މާލެ އިން ރާއްޖޭގެ ރަށްތަކަށް ދާ ސަރުކާރުގެ މުވައްޒަފުން ހިމެނޭހެން ހުރިހަ ފަރާތްތަކެއް ކަރަންޓީނުވާން ޖެހޭ ގޮތަށްވެސް ނިންމައިފައެވެ.

ކޮވިޑް-19 އާ ގުޅިގެން މަނާކުރި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަން އެޗްޕީއޭ އިން އަލުން ހުޅުވާލީ މިދިޔަ މަހު 20 އިން ފެށިގެންނެވެ. އެ ފުރުސަތު ދިނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެފަދަ ހަރަކާތްތައް ބާއްވަން ޝަރުތުކޮށްފައެވެ. އެކަމަކު، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕާޓީތަކާއި ހަފްލާތައް ބާއްވާ ތަނެއް ނުފެނެއެވެ. ހުއްދަ ލިބުނު ދުވަހު ބޭއްވި ކައިވެނި ޕާޓީއެއްގައި ބަލި ފެތުރި އެތައް ބަޔަކު ވަނީ ފައްސިވެފައެވެ.

ޝީ ބިލްޑިންގައި ބޭއްވި ކައިވެނި އެ ހަފްލާގެ އިހާގައި ހިމެނޭ މީހުންގެ އަދަދު ވަނީ 103 އަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރޯޔަލް ބަކަރި

  ރޯޔަލް ކަލެގެ ޕާޓީ ބޭއްވުނީމަ އެހެންމީހުން ހެވެއްނު ނެތަސް

  16
 2. އެމަންޖެ

  އަންނިއެއް ނުބުނާނެ ތިކަން ކުރާކައް އަދި މަޑުކޮއްލާ އަންނި ބުނަންދެން ، އަންނިޔައް އޯކޭވާނެ ރާއްޖެ އެއްމެނައް މިބަލި ޖެހުނަސް ، މިހާރު ދެން ވަކިހިތްޕާލާނީ އިނޑިޔާގެ ވެކުސިން ޖެހުމައް.

  16
 3. އަޙްމަދު

  މިރާއްޖޭގައި ކޮވިޑެއް ނެތެއްނުން! ދެންކީކުރަން އަޅާ ފިޔަވަޅެއްތޯ!!!!

 4. ހަލިގަމު

  ހެޔޮނުވާނެ އާދޭސް ކޮށްފަ މިބުނީ ސްކޫލްތައް ބަންދު ކޮށްދީ......
  ޢޮންލައިން ކޮށް ފިލާވަޅު ނަގައި ނުދެވޭ ވަރަށް ޓީޗަރުން ބަލިވުމުގެ ކުރިން... މިހާލަތުގަ ސްކޫލަށް ކުދިން ގެންދަން ހެޔޮނުވާނެ.

 5. ބޯގޯސް

  ނިއުއިޔާ ފާހަގަ ކުރަން ދައުލަތުގެ ވެރިން ތަންތަނައް ގެޅި ނާޗަރަންގީ ކުޅެން ލުއިދީފަ އެކަ މުގެ ހިތި ފެނުނީ މަ ފޫޅުކަނޑާލާ ބަދުނާ މު ކޮއްލަނީ ރައްޔިުން އެވަރުގެ ގޮތެއްނެތް މިހާރު މިތިބިވެރިންގެ ޓީވީއައްއަރާ ނިއުސްކޮންފަރެސް ދިފަ ރައްޔިތުން ބަސްނާހަނިއްޔެ ކިޔާފަ ރައްޔިތުންނާދި މާލައް ބަވާލަނީ ލަދުހަޔާތުގެ ކަންފުޅެއްހުރިނަ އިސްތިއުފާދީބަލަ ރައްޔިތުންނައް ދުއްޕާންނުކޮއް

  2
  1