މާލެ ސަރަހައްދުން ރާއްޖޭގެ އެއްވެސް ރަށަކަށް ދަތުރުކުރާ ނަމަ ކަރަންޓީނުވުން މަޖުބޫރު ކޮށްފިއެވެ.
މީގެ ކުރިން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިޔައީ ޙާއްސަ ހުއްދަތަކެއް ދޫ ކުރަމުންނެވެ. ނަމަވެސް، މިރޭ އެޗްޕީއޭ އިން ނިންމި ނިންމުމާ އެކު މި ފަރާތްތައް ހިމެނޭހެން އެންމެންވެސް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެއެވެ. އެކަމަކު، ރާއްޖެ އަށް އަންނަ ފަތުރުވެރިން އިސްތިސްނާވާނެއެވެ.
އެޗްޕީއޭ އިން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި މިވަނީ، މި ދުވަސްކޮޅު ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނާތީއެވެ. އެގޮތުން ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ހުރީ 100 އަށް ވުރެ މަތީގައެވެ. އެޗްޕީއޭ އިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ވެސް ކޮވިޑް-19 އަށް 145 މީހުން ވަނީ ފައްސިވެފައެވެ.
އެޗްޕީއޭ އިން އަނެއްކާ ވެސް އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާދަމާ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފަތިހު 4 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން މަނާ ކުރުމާއި ހަފްލާތަކާއި ޕާޓީތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ ކުރުން ހިމެނެއެވެ.
މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރާ އެންމެން ކަރަންޓީނު ކުރުމުގެ އިތުރުން ހުކުރު ދުވަހުން ފެށިގެން، ފަތުރުވެރިން ފިޔަވައި، ރާއްޖެ އިން ބޭރުން އަންނަ އެންމެން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ.
ނޫނޭ ކެނެރީ ނަޝީދުމެން ވިދާޅުވާ ގޮތެއް ހައްދަވާ.
ނާތަހުޒީބު އުސުލުތަކެއް... މީހަކު ޕީސިއާރ އާއި ކޮވިޑް ޓެސްޓް ހަދާފަ ނެގަޓިވް ވެފައިވާނަމަ ކީއްވެތޯ ދަތުރު ނުކުރެވެންވީ... ކަރަންޓީންކޮށް ރައްޔިތުން ހައްޔުރުކުރީމަ ވ ބޮޑެތި އިގުތިސާދި އިޖުތިމާއީ ދަތިތައް ކުރިމަތިވޭ... ރާއްޖޭގެ ސިއްހީ ނިޒާމު އޮތްގޮތުން ބޮޑެތިބައްޔަށް ފަރުވާ ކުރެވެނީ މާލެއިން ..އަދި ފަރުވާއަށްފަހު ރަށަށް ވަޑައިގަންނަވަންވީމަ ވ ބޮޑް އުދަނގޫ ވޭނަކަށްވެ އަމިއްލަ ރަށަށް ނުދެވި މާލޭގައި ބިކަވެ މަގުމަތިވެ ރައްޔިތުން އުޅެންޖެހުނީމަ ހަމަ ސަޅިތޯ. ރައްޔިތުންނަށް މިހާ ނިކަމެތިކޮށް ތިހިތަނީ އެހެން ވެރިކަމެއް ނައަންނާނެކަމަށްތޯ...
ނޫން.. ވެރިކަންވެސް ބަދަލުވާނެ...އަދި އަހަރަމެންގެ މުސްކުޅި އުމުރާއި ކުރިމަތިވެ މަރު ބައްދަލުކުރާނެ...
ދެން ކީ އްކުރަންތަ ތިހުރިހާ ފިޔަވަޅެ އްތި އަޅަނީ.ކޭސްތަ އް މަދުވި ދުވަސްކޮޅުވެސް ތިފިޔަވަޅުތަ އް ދެމެހެ އްޓިނަމަ ތިވަރުވެގެން އުޅޭކަށް ނުޖެހުނީހެ އްނު.ގަ އިގަ ހުޅުރޯވީމަ ހުރިހާ ކަމެ އްކުރަން އުޅޭނެ މިމީހުން😠
ވަރައް ރަނގަޅު ނިމްމުމެއް.
ސާބަހޭ ދިވެހި ދައުލަތް
ސިނާއީ ރައްރަށައް ދިއުމައް ހުއްދަ ދިނުމުގައި މިހާރަށް ވުރެ ހަރުކަށި ކުރަންޖެހޭ،އެފަދަ ރައްރަށުން އެހެން ރައްރަށަށް ބަލިފެތުރުމުގެ ފުރުސަތު ވ ބޮޑު.އެފަދަ ރަށްރަށުން ގައިޑުލައިން ފޮލޯ ނުކުރޭ.
ރޭގަނޑު 8 ގެ ފަހުން އެސްބީއައީ ކުރިމަތީ އޮންނަ ފުޓްސަލް ދަނޑު ކައިރި ބަލާލަބަލަ! ފުލުފުލުގެ ފިސާރި ބޯ ކޮށް މުބާރާތްތައް ބާއްވަމުން އެ ގެންދަނީ! ކޮބޭ އެޗުޕީއޭ؟؟ ކީކޭ ދެން ބުނާނީ!