އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވައި އެންމެން 10 ދުވަހަށް ކަރަންޓީނުވާން މަޖުބޫރު ކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިލް ހެލްތު މައިމޫނާ އަބޫބަކުރު މިގޮތަށް ނިންމަވާފައި ވަނީ ރާއްޖޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާ ޙިލާފަށް ކޮވިޑް ވޭދަނަތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.

މިއަދު އެކަނި ވެސް ރާއްޖެ އިން 145 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު މީގެ ކުރިން ރާއްޖެ އިން ބޭރަށް ދަތުރު ކުރުމަށް ފަހު މާލެ އަށް އަންނަ މީހުން ކަރަންޓީން ވާން ނުޖެހެއެވެ. އެކަމަކު، މި ނިންމުމާ އެކު ރާއްޖެ އިން ބޭރުގައި ހުރުމަށް ފަހު މާލެ އައިސްފި ނަމަ ކަރަންޓީންވުން ލާޒިމެވެ.

އެޗްޕީއޭ އިން ވަރުގަދަ ފިޔަވަޅުތަކެއް އަލުން އަޅާފައި މިވަނީ ކޮވިޑް-19 ގެ ވޭދަނަތައް ފަހަކަށް އައިސް އިތުރުވަމުން އަންނާތީއެވެ. ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު ވަނީ 15،200 އަށް އަރައިފައެވެ. މި ބަލީގައި 51 މީހަކު ވަނީ ނިޔާވެފައެވެ.

ބަލިން 13،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވި އިރު، ހާހަކަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    އަދި އަވަސް ތިޔަ ބަދަލު ގެންނަން މަޑުކޮއްލާ ދުވާލަކު 5000 މީހުން ޕޮޒިޓިވް ވަންދެން.

    18
    4
  2. Anonymous

    ވާނެއެއްޗެއް ވީމަދޯ ފިޔަވަޅު އަޅަންވީ.
    އިނގިރޭސިވިލާތުން ގަދައަށް ބަލިފެތުރޭތީ ދުނިޔޭގެ އެހެން ޤައުމު ތަކުން މަނާކުރީމަވެސް ރާއްޖެއިން ނުކުރި. ލާރިހޯދަން ޖެހޭ އެބަ.
    ރޭގަނޑު އެކަންޏެއްނޫން ފިޔަވަޅުތައް ވަރުގަދަކުރަންވީ. ސްކޫލް ތައް ބަންދުކުރަންވީ.
    އޮންލައިން ކޮށް ކިޔަވާދޭންވީ.

    11
    2
    • ާއަހުމަދު

      ރައްޔަތުން ބަސް ނާހާތީ ޔޯ ބަލިފެތުރެނީ