ނިރުބަވެރި އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތުގައި ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންނަކީ ޒުވާނުންގެ ސިކުނޑި ދޮވެލަން އުޅޭ ބައެއް ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އެމީހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ނިރުބަވެރި އަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. އޭރުގައި ފުލުހުން ވިދާޅުވި ގޮތުގައި އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު އިރު އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ވަނީ ފެނިފައެވެ.

މީގެއިތުރުން މި މައްސަލައާ ގުޅިގެން ބަލައި ފާސް ކުރި ގެއަކުން އައިއީޑީއެއް ތައްޔާރު ކުރަން ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ތައްޔާރު ކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އެކަކު އެކްސްޕްލޯސިވްއެއް ތައްޔާރު ކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެރެއިން އެންމެ އިސްކޮށް ހުރީ ތިމަރަފުށީ އަސްރަފީވިލާ، އަބްދުﷲ ޝަރީފް، 34، އެވެ. އަމީރުގެ ގޮތުގައި އެންމެ އިސްކޮށް އުޅުނު މީހާގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ، އަލީ މުނީޒު، ތ.ތިމަރަފުށި/ކެނެރީގެ، މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ، އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ، ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ، އިބްރާހިމް ލޫތު، ނ.ކުޑަފަރި/ރޯޒްމީޑް އަދި އަބްދުﷲ އިމާދު، ރ. މަޑުއްވަރި/ބީޗް ހައުސްއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުން ވިދާޅުވި ގޮތުގައި އައިއެސް ޖަމާއަތަށް ތާޢީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ. އެގޮތުން ފުލުހުން ފާހަގަ ކުރި އެއް ކަމަކީ ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ލެބޯޓަރީ ގޮއްވާލަން އެމީހުން ރޭވި ރޭވުމެވެ.

މަހްލޫފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކުދިންތަކަކަށް ހަމަލާ ދީފައި ސުވަރުގެ ނުދެވޭނެ ކަމަށެވެ. އަދި ޒުވާނުންގެ ސިކުނޑިތައް ދޮވެލަން ފުރުސަތު ނުދެއްވުމަށް ވެސް މަހްލޫފް ވަނީ އެދިވަޑައިގެންފައެވެ.

"އެއީ ބައެއްގެ ވިޔަފާރި، އަމިއްލަ އެދުމަށް ވަސްވާސްދީ، ރާވައި އަދި ކުރުވާ ކަންކަން. އިސްލާމް ދީނަކީ ސުލްހައިގެ ދީން، އެއީ އަނިޔާއާ ދެކޮޅު ދީން، ލޯތްބާއި ކުލުނުގެ ދީން،" މަހްލޫފް ވިދާޅުވިއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން އުޅުނު ކަމަށް ބެލެވޭ މީހުންނާއި ރާއްޖޭގެ އެކި ތަންތަނުގައި ނިރުބަވެރި ހަމަލާތައް ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވައިފައެވެ. އަދި މި މައްސަލައިގައި އިތުރު ބަޔަކު ޝާމިލްވާ ކަމަށް ބެލެވޭތީ އެމީހުންގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. އައިޝާ

  ކަލޭމެން ސިޔާސީ މީހުންވެސް ތިގޮތަށް އުޅުނީމަ ސުވަރުގެ ނުދެވޭނެ. ތިމާމީހުން އިސްލާހްވާންވެ އްޖެދޯ

  52
  4
  • ބޯހަލާކު

   ﷲއާއި ރަސޫލާއަށް ފުރައްސާރަކުރުވީމަ އޮތީވެސް ނަރަކަ (އެއްމެބޮޑުފާފައަކީއެއީ) މަހުލޫފްމެންގެ އެމްޑީއެން، އެތެމާ ފަދަ މުރުތައްދު ބައިގަނޑުތިބީ ސަރުކާރުގެބިޑުންގެގޮތުގަ ބައިތިއްބާފަ...!!!؟

   26
   3
 2. ހުސޭނުބޭ

  އެމްއެމްޕީއާރުސީން ކައްވާލި ޑޮޑަރުތައް ދޮންނަ ގޮތް މަށަށް ކިޔާދީބަލަ!

  34
  3
 3. އައްޑޫ ލެއި

  އެ ހުރިހާމީހުން ސަރުކާރަށް އެނގޭ ކޮންކަމެއް ކުރެވެނީ ކަލޭމެންނަށް.

  28
  2
 4. އަދް

  ލާރި ކައިގެން ސުވަރުގެ ދެވޭތަ

  34
  4
 5. މަސީހުއެންމެޑީ

  އެމީހުން އެބުނަނީނު އެންމެ ފަސޭހައިން ސުވަރުގެ ދެވޭނީ ކުށެއް ނެތް ކިޔަވާ ކުދީންތަކެއް މަރައިގެންނޭ. ވަކީން ޚާއްސަކޮށް ކިޔަވާ އަންހެން ކުދީން.

  13
  4
 6. މުބާރިކު

  އެމީހުން ހާދަ ގިނަ އަންހެނުންގެ ބޯ އެބަ ދޮވެޔޭ އައިސިސް މީހުން ގިނަ ކުރަން.

  15
 7. މީހާ

  އައިސިސް އަކީ ދިވެހީންގެ އަގީދާ. ސުންނީންނަކީ އައިސިސް މީހުން. ދިވެހީންނާއި އައިސިސް ވަތްކެއް ނުކުރެވޭނެ. އައިސިސްއާ ދެކޮޅުވަނީ ލާދީނީ މީހުން. އެހެންވެ އެމީހުންނާ ޚިލާފު އެންމެން މަރަން އެތައްޔާރުވަމުން ދަނީ.

  9
  8
 8. ސަލާމް

  މަހުލޫފުއަކީ ތިޔަހާ ދީންވެރިމީހެއްނޫން. މިހުރިހާދުވަހު ވެރިކަމެއް ހަލާކުކޮށްލަން ކެނޑިނޭޅި މަސައްކަތް ކުރިމީހެއް.އޭރުވެސް ދީނަކީ އިސްލާމް ދީން. މިހާރުވެސް ދީނަކީ އިސްލާމްދީން.މަހުލޫފް އުޅުނީ އިސްލާމްދީންގައި އަންގާފައިއޮތް ގޮތަށްތޯ؟

  27
  2
  • ކުނި ޖިންސުގަނޑު

   އާނ މަރަށް މަރު ހިފަންވީތޯ ރައްޔިތުންގެ ވޯޓެއް ނަގަން މަޖިލިހަށް ލާން ތައްޔާރުވީވެސް އޭނަ ދީންވެރިކަމުން، ގުރުއާނުގަ އޮތް ހުކުމެއް ގަބޫލު ނުކުރެވިގެން.

 9. ގ

  10 މިލިއަން ރުފިޔާ އަށް ހުޅުމާލެއިން ޕެންތު ހައުސް ގަންގޮތް ވެސް މަހުސަރު ބިމުގައި ބުނެދޭން ވާނެ އޭރުން ސުވަރުގެ ވަދެވޭނީ... އާމްދަނީ އާއި ނުބައްދަލު މުދާ ހޯދި ގޮތްވެސް ޖެހޭ ބަލަން

  18
 10. ެިއިބިލީސް

  މޮޅަށް ކިޔަވައިގެން ވައްކަން ކުރިޔަސް ސުވަރުގެ ނުދެވޭނެ

  14
 11. މަސްއޫދު

  މިހިރަ ގަމާރާ އެމްޑީޕީއިންވެސް ދޮގުހަދައިގެން ރައްޔިތުންގެ ސިކުޑި ދޮވެގެން ވޯޓްހޯދަނީ! ކަލެއަކީ ތެދުބުނާ މީހެއްނަމަ މިކަމަށް އާއެކޭ ބުނެބަލަ!

  15
  2
 12. ހުސެން

  ސާބިތުވެއްޖެތަ؟

  11
  1
 13. ބެލެނިވެރިން

  މަހުލޫފު ހުރިހާކަމަކާ ވާހަކަ ދައްކަ އިރުގަ ބާސްކެޓް އެސޯސިއޭސަންގެ ހިންގާ ޖަރީމާތައް ވެސް ބަލާލުން ރަނގަޅު ހެން ހީވަނީ ޔޫތް މިނިސްޓަރ ގެ ހައިސީޔަތުން

  12
 14. ހުސެން

  އެމްޑީއެން ލާދީނީ ހަރުކަށި މީހުން ދަނީ ސުވަރުގެއަށް ތޯ؟އިސްލާމްދީނަށް ފުރަސްދާރަ ކުރުމާއި ﷲ އަށް ޟަރީކު ކުރުމަށް ވުރެން ވަކި ބޮޑު ފާފައެއް އެބައޮތްތޯ؟އެމެރިކާ ގެ ސީއައިއޭ ޔަހޫދީން މޮޒާޑުން މުސްލިމު އަޤީދާ ފާސިޤު ހައްލައިގެން މިކުޅޭ ސިޔާސީ ޗަރުކޭސް އާ މެދު ދިވެހިން ވަރަށް ހޭލުންތެރި.އަފްޤާނިސްތާނު ތަޅާ ސުންނާފަތި ކުރިހެން މި ދިވެހިރާއްޖެ ހަލާކު ކުރުމަށް މި ހަރުބީ ކާފަރުންނަށް ކުޑަވެސް ފުރުސަތެއް ނުދެއްވާތި.އިންޑިއާ ގެ ރޯ އިން ރާއްޖޭ ގެ ޓެރަރިޒަމް އޮތް ކަމަށް ދައްކަން މިކުޅޭ ޑްރާމާ އާ މެދު ދިވެހިން ހޭވެރިވާށެވެ

  10
  2
 15. ޢަފްލާ

  ރެއާ ދުވާލު އެތައް ވައްކަމެއް ކޮށް އެތައްދޮގެއް ހަދައިގެން ރިޝްވަތު ޖަހާ ރިޝްވަތު ކާ ރޭޕްކޮށްފަ މާރާމާރީ ހިންގާފަ އިސްލާމްދީނަށް ފުރައްސާރަ ކޮށް ހަޖޫ ޖެހީމަ ދެވޭނީ ސުވަރުގެ ވިއްޔާ

  12
 16. ނަންރީތި ހުސޭނު

  މޑނ އަދި އުތަމް ކަހަލަ ރިޕޯޓުނެރޭ މީހުން ދިފާއުކޮއްގެން ކަލޭ މިހާރު ތިހުރެވެނީ ސުވަރުގެ ތެރޭގަ!

  12
  1
 17. ފެންނުންދުވަސް

  Islam dheenakee sulhaige dheen, eyee aniyaa aai dhekolhu dheen.
  Loehbaa kulunuge dheen.

  މަހުލޫފް މިއަދު ތިހެން ބުނިއިރު އިސްލާމް ދީނަކީ މަގާމަށް އަންނަން ވީމާ ދޮގާ އޮޅުވާލުން ނަހީ ކުރައްވާފައިވާ ދީން ކަންވެސް ހަދާން ކޮއްލިނަމަ

  އެހެން މީހުންގެ އަބުރު އަކީ އެއްވެސް އެއްޗެއް ނޫންކަމަށް ގޮވާ ހަޅޭއްލެވީވެސް ހަމަ މަހުލޫފް ،
  މިއަދު ޒުވާނުންނަށް ތިޔަ ދައްކަވަނީ ދެބޯގެރި ނަމޫނާ ނޫންތޯ

  8
  1
 18. ދދދދ

  އެމްއެމްޕީއާރްސީ ފައިސާ ކައިގެން ހުރި ރީލޯޑުވަގު އަތުގަތަ ސުވަރުގޭގެ ތަޅުދަނޑި އޮތީ؟

 19. ދޮގެއް؟

  ވަގުފައިސާ ކައިގެން ސުވަރުގެ ދެވޭތަ؟ ޓްރެކްގަ ހެދި ފަތާ ތަންވެސް ބޮޑު ކޮރަޕްޝަންގަނޑެއްގެ ތެރޭން ދުއްވާލިކަން އެތަން ހުޅުވި ދުވަހުވެސް އެނގުނު. ވާހަކަ ދެއްކި މީހާ ބުންޏެއްނު ދަންވަރު މިވަޒީރުމީހާ ގުޅާފަ ތަން ހަދަން ހަވާލުކުރި ވާހަކަ! އަދި މީނަ ބުނި އަގަށް ނެހެދޭނޭ ބުނީމަ ގޮތެއް ހަދާނީއޭ ބުނި ކަމަށްވެސް ބުންޏެއްނު. ސަރުކާރު ވުޒާރާއަކުން ކަންކަން ހަވާލު ކުރަނީ ދަންވަރު ގުޅާފަ ރައްޓެހިންނަށްތަ؟ "ގޮތެއް" ހެދީ ކޮންތާކުން ނެރުނު ލާރިއަކުންތަ؟ ބޮޑު ވަގެއް މީހުނަށް ވައުޟު ބުނާނެ ކަމެއް ނެތް.