ފަރު މަސް ވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، "ކޯމަސް" ނަމަކަށް ކިޔާ މި ދޯނި ފަރަށް އަރާފައި ވަނީ ސ. ހިތަދޫ ނެރު ކަންމައްޗަށް ކަމަށާއި އެވަގުތު އޭގައި ތިބީ ޖުމްލަ ހަތަރު މީހުން ކަމަށެވެ. އެއީ ތިން ދިވެހިންނާއި އެއް ބިދޭސީއެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 9:53 އެހާކަންހާއިރު ކަމަށެވެ.

މި ދޯނި ފުންކޮށް ދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓް ގާޑުގެ ޑައިވަރުން މިވަގުތު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދީވާނާ

    ފަރުމަހަށް ގޮސް ފަރުގަލަށް...