ޖަމާލުއްދީން ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެ ސްކޫލްގެ އޮފީސް ބަންދުކޮށްފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ބައެއް ލީޑިން ޓީޗަރުންނާއި ސްކޫލްގެ އެޑްމިނިސްޓްރޭޓަރު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ޖަމާލުއްދީން ސްކޫލްގެ އިސް ބަޔަކު ކޮވިޑް-19 އަށް ފައްސިވި އިރު، އެންމެ ފުރަތަމަ ފައްސިވީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމަށްވެއެވެ. އޭގެ ފަހުގައި ލީޑިން ޓީޗަރަކު ވެސް ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އެއަށްފަހު އެ ސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދުގެ އިތުރުން ސްކޫލްގެ އެޑްމިނިސްޓްރޭޓާ ވެސް ބައްޔަށް ފައްސިވެގެން ފަރުވާ ދޭން ޖެހިފައިވާ ކަމަށްވެއެވެ.

"އެންމެ ފުރަތަމަ ފައްސިވީ ޑެޕިއުޓީ. ޑެޕިއުޓީ ފައްސިވުމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލީޑިންގެ ޓީޗަރެއް. ދެން އެންމެފަހުން މިވީ ޕްރިންސިޕަލް އާއި އެޑްމިނިސްޓޭޓަރު. މިހާރު ސްކޫލުގެ އޮފީސް ވަނީ ބަންދުކޮށްފައި،" މައުލޫމާތު އެނގޭ މީހަކު ކިޔައި ދިނެވެ.

އެ ސްކޫލުގައި ލީޑިން ޓީޗަރުންގެ ގޮތުގައި 11 ބޭފުޅުން މަސައްކަތް ކުރައްވައެވެ. އޮފީހުގައި މަސައްކަތް ކުރައްވަނީ ޕްރިންސިޕަލާއި އެޑްމިނިސްޓަރޭޓަރުގެ އިތުރުން، އިދާރީ ހައެއްކަ މުވައްޒަފުންނެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ފައްސިވެ، 51 މީހަކު ވަނީ ނިޔާވެފައެވެ. އަދި މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަން ފެށުމާއެކު މިރޭ ދަންވަރު 12 ގެ ފަހުން މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ވެސް ވަނީ އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޢައްޔަ

    އަދިވެސް ނުވޭ ދޯ ސްކޫލު ބަންދުކުރާކަށް؟

    48
    2
    • އާނ ނުވެއެވެ!

      އާނއެކެވެ، ސްކޫލް ބަންދު ކުރާކަށް ނުވެއެވެ. އެމީހުންނަކީ ދަރިވަރުންނާ ޑައިރެކްޓް ކޮބްޓެކްޓްވާ ބައެއް ނޫނެވެ. ޖަމާލުއްދީން ސްކޫލަށް މަގޭ ދަރިފުޅު ފޮނުވަނީ އެ ސްކޫލުން ދަރިވަރުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން އިތުބާރު ކުރެވޭތީއެވެ. ކިޔެވުން ބަންދު ކުރުމުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް މިވަނީ ނުހަނު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. ކޮންމެ މީހަކުމެ މިތިބީ ނުރައްކަލަށް ހުށަހެޅިފަ އެވެ. ހުރިހައި ކަމެއް ބަންދުކޮށްފައި ތާއަބަދަކު ނުބޭއްވޭނެ އެވެ. ކުރަންވީ ކަމަކީ ﷲއަށް ދުޢާކޮށް، ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔައިގެން، ވެކްސިން ޖެހެންދެން ވެސް ކޮންމެ މީހަކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅެންވީ އެވެ.

      9
      9
  2. އަދް

    ލާރި ކައިގެން ސުވަރުގެ ދެވޭތަ

    19
    1
  3. ޅަބޭ

    މަގުމަތީ ޒުވާނުންނާއި ހަރު މުސްކުޅިން އެއްވެސް މާސްކެއް ނާޅާ، ގައިގޯޅި ހާލުގަ. ޕޮލިހުން އަޅާކަހާވެސް ނުލާ. ފެންނަ މަންޒަރައް ބަލާފަ ކޮވިޑު ރަށުތެރޭ ފެތުރޭލެއް މަދު.

    44
    2
  4. ނަމަ

    އޮފީސް ބަންދު ކޮއްފަ ކިޔަވާދެނީބާ ހަމަ

    34
    1
  5. ސޭކަރު

    އޮފީސް ބަންދުކުރިޔަސް ސްކޫލް ބަންދުނުކުރާތި ނަމަނަމަ! ހުޅުވާފަ ބަަހަ އްޓާ ކޮވިޑް ކިތަންމެ
    މަ އްޗަށް ދިޔަސް.

    32
    1
  6. ހަސަނުބެ2323232

    ސްކޫލު ބަންދު ކުރޭ! ކުލާސް ރޫމް ސެނިޓައިޒް ކުރީމަ ނިމުނީއެއް ނޫން އައިސްތު. ސްކޫލު ހުޅުވީމަ މާލެއަށް ގިނަ އަދަދެއްގެ ބަޔަކު އައިސް މުޅި ރާއްޖެއަށް ކޮވިޑު ފަތުރާ، ކޮވިޑުގެ ހާއްޔަކަށް މާލެ ބަދަލުވެ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވަމުން މިދަނީ. ހޮސްޕިޓަލްތައް ފުރި އައިސީޔޫތައް ފުރިފައި އޮތް ގައުމަކަށް ފަތުރުވެރިންނެއްވެސް ނާންނާނެ. ނަތީޖާއަކީ އަނެއްކާވެސް ފަތުރުވެރިކަން ފުނޑި، ގެސްޓްހައުސްތައް ބަންދުކުރަން މަޖުބޫރުވުން. ސްކޫލްތައް ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކުރޭ! ސަރުކާރުން ޒިންމާދާރުވޭ

    34
    3
  7. ފައިހާ

    އަސްލު އޮފީސްތަކުގަ އުޅެނީ ވަރަށް ފިޔަވަޅު ތަކަށް ބޯނުލަބާ އުޅޭ ވެރިން... ޖަމާލުއްދީން ސްކޫލްގެ ގޮތެއް ނޭގޭ، އެކަމަކު ބައެއް މިނިސްޓްރީ ތަކުން މާލޭގެ ސްކޫލްތަކުން ބާއްވާ އިންޓަވިއުތަކަށް ދުރުވާ ބޭފުޅުންނަށް ވެސް ފެންނާނެ އިންޓަވިއުގަ ވެސް ބައެއް ވެރިން، ޑިޕިއުޓީ ޕްރިންސިޕަލް އިން ތިއްބެވީ މާސްކް ނާޅާކަން... އޮފީސްތެރޭގަ އުޅުއްވަނީ މާސްކް ނާޅާ... ސްކޫލުގަ ވެރިން އުޅުއްވީ މާސްކް ނާޅާ

    25
  8. ލަންސިމޫ

    ހަމަހިލާ ސްކޫލް ބަންދު ނުކޮށް ހިފާއްޓާލާތި މިވަރު ވާއިރުވެސް... ކޯއްޗެއް މިހާރު މިކިޔަވަދެވެނީ

    29
    2
  9. އަލްޖިބްރާ

    އަދިވެސް އިދިކޮޅޭ މިކިޔާ ބައިގަޑުން ގޮވާނެ ކޮރާނާ އަކީ ސިޔާސީ ހަތިޔާރެކޭ ! ދަރިންތަށް ހަނާ ވިއަސް ސްކޫލް ބަންދު ނުކުރާތި ! ސްކޫލްގެ އޮފީސް ބަންދު ކޮށްގެން ދަރިވަރުން ސްކޫލަށް އައިމާ ޗެކްކޮށް ހަދާނެ ގޮތް ހަމަޖައްސަނީ މަގުމަތީގަތަ ؟

    4
    2
    • ހަހާ

      އަދިވެސް އިދިކޮޅޭ ކިޔާ

  10. ހަގީގަތް

    500% ރައްކާތެރި ކަމުގެ ފިޔަވަޅު ސްކޫލްތަކުގަ އަޅާފަ. ގައިދުރުމިން %1000، ހުޅުމާލެ ބޮޑުސްކޫލެއްގެ ދަރިވަރުން ސްކޫލަށް ވަންނަނީ ގޭޓް ތެރެއިން ފުނިފުންޏަށް، ބޮނޑިބޮނޑިއަށް ފިތިބާރުވެގެން، ވެރިން ދެޖީބަށް އަތްޖަހައިގެން މަންޒަރުބަލަން ހެވިފަ، ކުޑަމިނުން އެފަދަކަންކަން ވިޔަނުދިނުމަށް ކޮމެންޓެއްހާހިސާބުވެސް ކޮށްނުލާ. ރައްކާތެރިކަން ކަށަވަރުވާނީ މިހާވަރަށް.

    7
    1
    • ރައުނާ

      ސަލާމަތެއް ނޯންނާނެ. ކުދިން ގޭގަ ތިބެގެން އެބަަނަފްސާނީ ބަލި އިތުރުވޭ. ލާރނިންގް ލޮސް އެބަ ތަޖުރިބާކުރޭ. ސްކޫލަށް ނެރުނީމަ ކޯވިޑް. ކުދިން ސްކޫލް އަށް ވަންނައިރު ބޮނޑިބޮނޑި އަށް ނުވަންނާން އިލްތިމާޒް ކުރާނެ ކަން އިނގޭ. މަގުމަތީ ކުދިންނާދިމާލަށް ޓީޗަރުންއެއްޗެތި ނުބުނާނެ ސަބަބެއްވެސް އޮވެދާނެ.

  11. ޒާހިދު

    މީން އެއްވެސް މަދަރުސާ އެއެ ޑިސްއިންފެކްޓް ކުރޭބާ؟

  12. ސައީދު ސައިން

    ސްކޫލް ބަންދު ކުރޭ، އެޑުކޭށަން މިނިސްތަރަށް 1 އަހަރު ވީއިރު ރަގަޅަށް އޮންލައިން ކޮށް ކިޔަވައި ދެވޭނެ ނިޒާމެއް ނެހެދުނު، އެންމެފަހުން މިޖެހުނީ ސުކޫލަށް ދާން، މިކަންވެސް ރަށްކާތެރިކޮށް ކުރާނެ ވިސްނުން ނެތް، ހަމަ އެންޑީޕީ ސުލޮޓަކަށް ވީމަ މިވާހަކަ ދައްކާނެ މީހަކު ނެތެވެ.

  13. ޝިއު

    އަނެއްކާވެސް އޮންލައިންކޮށް ކިޔަވައިދީފަ ކުދިން އެތިބި ގްރޭޑެއްގަ ބައިތިއްބާ. ބޯ ހަލާކު. އަޅެ ކޮންމޮޔައެއްވެގެންތަ ކުދިންގެ ގްރޭޑް ބަދަލުނުކުރީ މިދިޔައަހަރު.

  14. އަޙްމަދު

    ހަމައޮފީސް ބަންދު ކުރުމުން ވާނެތަ؟

  15. ރޯދަމުބާރަކް!

    ވަރަށްގިނަ ސްކޫލްތަކުގައި ކޭސްތައްގިނަ! މީ ބެލެނިވެރިއެއްގެ ހައިސިއްޔަތުންބުނާ ވާހަކައެއް! 100 ވުރެން ގިނަ ދަރިވަރުން ވަނީ ކޮވިޑް ޖެހިފަ! ސަރުކާރުން ރަގަޅަށް މި ކަން ކުރަމުން އައިސް ކޮންމެވެސް ސަބަބަކާހުރެ ކަންކަން ބަދަލު ކުރީ! މި ފެންނަނީ އެ ނަތީޖާ!

  16. Anonymous

    ނުރައްކާތެރި ކަމުގެ ރަނގަބީލެއް.
    ސްކޫލް ތައް ބަންދުކޮށް އޮންލައިން ކޮށް ކިޔަވާދޭންވީ. ޅަދަރިންނާއި ބެލެނިވެރިންގެ ރައްކާތެރިކަން ކޮބާތޯ.
    ހެޔޮނުވާނެ ސްކޫލް ތައް ބަންދުކޮށް ދެއްވާ.ޕލޒ

    10
  17. ނަންރީތި ހުސޭނު

    ތިވެސް މިހާރު ހުރި ރަ އީސްގެ ހިކްމަތްތެރިކަމުން ހޯދި ކުރި އެރުމެ އް.