ދައުލަތުގެ ފައިސާ އިން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ކުރައްވަނީ ހުސް ބޭކާރު ހަރަދު ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ރޭ ވިދާޅުވެއްޖެއެވެ.
ސީއެންއެމް ޕްރޮގްރާމެއްގައި ބޮންޑޭ ވިދާޅުވީ "ކުނި ވަޒީރު" އޮފީހުގައި އިންނެވި ނަމަވެސް މަގާމުގެ އެއްވެސް މަސްއޫލިއްޔަތެއް އަދާނުކުރައްވާ ކަމަށެވެ. އަދި ކުނީގެ މައްސަލަ ހައްލުކޮށްދިނުމަށް ވަޒީރަށް އެތައް ފަހަރެއްގެ މަތިން ދަންނަވާފައިވާ ކަން ފާހަގަކުރައްވިއެވެ.
ބޮންޑޭ ވިދާޅުވީ ކުނީގެ މައްސަލަތައް ހައްލުކުރުމަށް ކަމަށް ވިދާޅުވެ، ކޮވިޑް-19 ގެ ތެރޭގައި ވެސް 16 މިލިއަން ރުފިޔާ އެންވަޔަރަމަންޓް މިނިސްޓްރީން ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރާ އިރު އެ ފައިސާއިން ގަންނަ އެއްޗެއް ލޮލަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އަޑުއަހައިފިން ކޮވިޑް ތެރޭގަވެސް 16 މިލިއަން ޑޮލަރު ކަން ނޭނގެ ބޭރަށް ޓްރާންސްފާ ކޮށްފިއޯ، ކޮންމެވެސް ކުންޏާ ބެހޭ އެއްޗެއް ގަންނަން. އެކަމަކު ކުންޏާ ބެހޭ ޕްރޮޖެކްޓްއާ އެއްޗެހި ގަންނަނީ، ދުވަހަކު ވެސް ނުފެނޭ އެކަމެއް ވާ ތަނެއް." ވަޒީރަށް ފާޑު ވިދާޅުވަމުން ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި މަހަކު ތިން ހަތަރު ފަހަރު މިނިސްޓަރު އެކި ގައުމުތަކަށް ޒިޔާރަތް ކުރައްވައެވެ. އޭގެ ތެރޭގައި ފްރާންސްއާއި އިޓާލީގެ އިތުުރުން ދުނިޔޭގެ އެކި ހިސާބުތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މި ދަތުރުތަކުން ގައުމަށާއި ރައްޔިތުންނަށް ލިބޭ އެއްވެސް ފައިދާއެއް ނެތްކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ދަތުރުތަކުން ބޭކާރު ވަނީ ދައުލަތުގެ ފައިސާ އެކަނި ކަމަށެވެ.
ބޮންޑޭ ވަނީ ވަރަށް އަވަހަށް މިނިސްޓަރު މަގާމުން ވަކި ކުރައްވާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ.
ތިޔައީ ޔާމީނަށް ނިސްބަތްކޮށް އައުގުރާނަ ގޮވައިދިނީމާ ދިން މަޤާމެކެވެ. މީހާގައި ޗަސްޕެއް ހުރެގެން ދިން މަޤާމެއްނޫނެވެ. މިހާރުން މިހާރަށް އެއްލާލަންވެފައިހުރި ބޭކާރު ބޮލެކެވެ.
ބޮންޑާ ކަލޭ މާ ބޮޑަށް ފުއްޕާނެ ކަމެއް ނެތް؟ ހުރިހާ ކުއްޏެއް އުކާލަމުން މިދަނީ
އެއްވަގު އަނެއްވަގަށް ދަމާ ކައިފައި ހިތްނުފުރެގެން ތިތިބެ ވަގަށްގޮވަނީ
ކިހާދެރަކަމެެ އްދެންމީ . ރީނދޫވަޒީރަކަށްނޫނީ ކަމެ އްކުރެވޭކަމަކަށްނުވޭ.. ރީނދޫވަޒީރުންނަކީ މަތިންފަ އިބާގެން އަ އިސްތިބިބަޔަކީތަ ؟؟؟
އަގަތަޅާ މީހުން ގެ ހުއްދަނެތި ރުފިޔާ ވަޒީރު ފައިސާ ނުދޭކަމަށް ވަންޏާ ކުނި ވަޒީރަށް ކުރެވޭނީ ކޮންކަމެއް.
ދާއިރާގެ ރައްޔިތުންނަށް ކަމެއްކޮށް ނުދެވޭތާގަ އަނގަމަޑުން ލައިގެން ހުރިއްޔާ މާ ރަނގަޅުވާނެ
އެމްޑީޕީ އަކީ ވެސް ކުނިގޮނޑެއް.މި ކުނިގޮނޑު ދިވެހިން ސާފުކުރާނެ
އއއއއއއއއއއއއަޮޅިގެން ނަމަވެސް މިފަހަރު ތިޔަހެދުނީ ތެދެން
މ.ފ.ދ.ތ.ލ ގެ ކައުންސިލްތަކައް އެގަެނެ
އައްޗި.. ނަޖިހުން ހަކަތަ އުފައްދަން ބުނި ކަލޭގެއަށް މިއޮއްކީ ނަމެއްދޯ.. "ކުނި ވަޒީރު" ބަލަގަ ނަޖިހުން ހަކަތަ ނުއުފެއްދި މިހާރު ތިވީ ކުނި.. ކުނިވަޒީރު، ކުނިގޮނޑު ވަޒީރު. މިނިސްޓަރ އޮފް ނަޖިސް އެންޑް ހަކަތަ.
ހަރާންމުން ހަރާންމުގަ ފުޅަ ައޅާފި
"ކުނިވަޒީރު" ނަޖިހުން ހަކަތަ އުފައްދާ ވާހަކަ ދެއްކި ކުނިބެ. ކުނިގޮނޑުން ބިސްކޯދު ފިހުމުގެ ޚިޔާލު ފުރަތަމަ ދެއްވި ބޭފުޅާ.. ޕުއްޕުން ސަރުބަތު ގިރުމުގެ އައިޑިއޮލޮޖިސްޓް، ގޮރާއި އަރިދަފުސް އެއްކޮށްގެން ސޫޕް ކެއްކުމުގެ ޚިޔާލު ފުރަތަމަ ދިން މޭސްތިރި. ސުކުރިޔާ! މަރުޙަބާ!
ބޮންޑާ އަކީ ތޯ ވަޒީރުން ބޭރުކުރުމުގެ ކަންތަކާއި ދައުލަތުން ހަވާލުކުރައްވާފައިވާ ފަރާތަކީ؟ އެން.ޓީ.ޕީ (އެމް.ޑ.ީޕީ) ޕާރޓީ ނޫން ޕާރޓީތަކުގެ މިނިސްޓްރުން ކަރުކަނޑާލަން އަންނި ހަވާލު ކޮށްފައިމިވަނީ މިކަލޭގެ އާއި ހެން ވަރަށް ހީވޭ! ޖަރީމާ ހިންގަން ތިކަލޭގެ ވަރަށްފަރިތަވާނެ! މާދުރުނޫން މުސްތަގުބަލެއްގައި، ތިކަލޭގެ ވެސް އޮއްސިދާނެ
ތި ބޮންޑޭއޭ ކިޔައިގެން މި އުޅެނީ ހާދަ ހަޔާތްކުޑަ މީހެކޭދޯ. ތީނައަށް ހުސައިން ހުރި މަގަކަށް ވެސް އަރާނީ ކިހިނެއް.
ވިސްނުން ކުނި، އަނގަ ކުނި، އުޅުން ކުނި، ގުޅުން ކުނި، ހަށި ކުނި، ވެށި ކުނި، ހިތް ކުނި ނުބައި މީހެއް. މިހާރުން މިހާރަށް މަގާމުން ދުރުކުރަންޖެހިފައިވާ ކުނި، ކުނި، ކުނި، ކުނި، ކުނި، ކުނި، ކުނި (ހަތް ކުނި) ނުބައި ނުލަފާ ކުނި މީހެއް.
އއެމް. ޑީ. ޕީ އަށް ނިސްބަތް ނުވާ ކޮންމެ ވަޒީރަކާ ޖަ އްސާލާ މެންބަރ.
ދައުލަތުގެ ފައިސާއިން މެމްބަރުން ނާއި މަޖިލިހުންވެސް ކުރަނީ ހަމަ ބޭކާރުކަންކަން !
ބޮންޑާ ކަލޭ ތިތަނައްހޮވީ ކީއްކުރަންކަން ކަލެޔައްނޭގުނުމިޙާޚާޢޤ ޢެހެންމީހުންކުރާކަންކަން ފެންނަކަންވެސް ނަސީބު ތާހިރުދުވަހެއް ކަލެޔައްކުރިމަތިއެބަވޭ ކަލޭވެސް ގޮވީ ރައީސްޔާމީން ހިފާހައްޔަރުކުރަން ވިސްނާތި މާދަމާ ކަލޭވެސް ނުކުރާކަމަކައް ހުކުންކުރީމާ ކަލޭވެސް ގޮވާނެ ކޮވެލިފަތި އިބުރަތެއްގެ ގޮތުންވެސް ވާގިވެރިވި ހުރިހާމީހުން ނުކުރިޔަސް ޖަލައް 5ފަހެތިން