މާފަންނު ގެއެއްގެ ސިޑިގޮޅިތެރޭގައި ބަހައްޓާފައިހުރި އޭސީ ޔުނިޓެއް ވަގަށް ނެގި ދެމީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އެ ދެ މީހުންނަކީ މާފަންނު ގެއެެއްގެ ސިޑިގޮޅިތެރޭގައި ބަހައްޓާފައިހުރި އޭސީ އިންޑޯ ޔުނިޓަކާއި އައުޓްޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

ފުލުހުން އާންމު ކުރި ވީޑިއޯ އިން ފެންނަނީ ދެ މީހަކު ބައިވެރިވެގެން ގެއެއްގައި ހުރި އޭސީ ޔުނިޓެއް ބޮލަށް ލައިގެން ވަގަށް ގެންދާ މަންޒަރެވެ.

މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. އަދި މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 475407 ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފަނި

    ހޯދާފަ މާދަން ދޫކޮށްލާނެ...

    18
  2. އޭނަ

    އަނހާ! ޗާލެއްނު! އެހެރަ ދަނީ ފްރީ ޝޮޕިން ކޮށްލައިގެން އެހެން މީހުންގެ މުދަލުން. ގައުމުގެ ބޮޑުން މި މީހުންނަށް ވުރެވެސް ކަޑަ. ފިނި ކޮޓަރީގަ ތިބެގެން ރައްޔިތުންގެ ބައިތުލްމާލް ދަވާލަނީ. އިބޫ ވެއްޖެ އިސްތިއުފާ ދީފަ ގޮނޑިއެއް ދުއްވަން ބޭރަށްދާން މިހާރު.

    14
    1
  3. ތޮރުފި

    ބަންގާޅީން

    14
    1
    • ކޮމެންޓު

      އެހެން ނުކިޔާ އެއީ ބަންގްލަދޭޝް ބޭފުޅުން

      • ތޮރުފި

        އެބުނާހެން......ސޮރީ....

  4. ބަކުރު

    މިވެރިންވެސް ބޮލުގެ ބޭނުން ރަނގަޅަށް ހިފައޭދޯ،

  5. ފޮށިގަނޑު

    ޢެކަހަލަ ފޮށިގަނޑެއްގަ ޓުރެކިން ޑިވައިސްއެއް ލައިފަ މަޅި ޖަހައިގެން މިކަހަލަ މީހުން މީދާ ހިފާހެން ހިފަންވީ...