ރ. ދުވާފަރު މަގުތަކުގައި ތާރު އަޅައި ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ ދުވާފަރު މަގުތަކުގައި ތާރު އެޅުމާ އެކު، މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މަގުމަތީ ނިޝާން ޖެހުމާއި ޒިބްރާ ކްރޮސް ނިޝާން ޖެހުމުގެ މަސައްކަތާއި ސްޕީޑް ބްރޭކަރު ހަރުކުރުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ވިދާޅުވީ މަޝްރޫއުގެ ދަށުން ހިނގާބިނގާވެ އުޅުމަށް 6813.08 އަކަ މީޓަރުގެ ސަރަހައްދަކާއި ވެހިކަލް ދުއްވަން 25،513 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ހަވާލު ކުރި މި މަޝްރޫއަށް 47 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.