ކޮވިޑް-19 އާ ގުޅިގެެން ވެކްސިން ޖަހަން ރަޖިސްޓްރީ ކުރި މީހުންގެެ އަދަދު 20،000 އަށް ވުރެ އިތުރުވެެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ވެކްްސިން ޖެހުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީވާ މީހުންގެ ރޭޓަށް ބަލާ އިރު، އެއީ ދުވާލެއްގެ މައްޗަށް ހާހެއްހާ މީހުންނެވެ. ނަޒްލާ ވަނީ ވެކްސިން ޖެހުމަށް ވީހާވެސް ގިނަ ބަޔަކު ރަޖިސްޓްރީވުމަށް އެދިވަޑައިގެންފައެވެ.

ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ. ކޮވިޑް-19 ވެކްސިނަށް ރަޖީސްޓްރީކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީވުމަށް ހުޅުވާލީ ސިއްހީ ހިދުމަތްތެރިންނަށާއި ސޯޝަލް ކެއާ ވޯކަރުންނަށެވެ. ނަމަވެސް ކޮވިޑް-19 ވެކްސިން ޖެހުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރާނެ ކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.

ވެކްސިން ޖެހުމުގެ ވަކި ތަރުތީބެއް އެކުލަވާލާފައިވާ އިރު، ފުރަތަމަ ޖެހުމަށް ހަމަޖެހިފައިވަނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނެވެ. އޭގެ ފަހުގައި އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އެއަށްފަހު 18-50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނަށް ވެކްސިން ދޭނެއެވެ. އަދި ޓީޗަރުން، ފުލުހުން، ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު މިވަގުތަށް ކުޑަ ކުދިންނާއި މާބަނޑު މީހުން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ މީހުންގެ ތެރޭގައި ނުހިމެނެއެވެ. ސަބަބަކީ އެ މީހުންގެ ޓްރައަލްސް އަދި ނިމިފައި ނުވާތީއެވެ.

މި ވެކްސިން ޖެހުމަށް ވަކި ތާރީހެއް އެޗްއީއޯސީން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ރާއްޖެ އަށް ވެކްސިން ގެނައީ އަވަށްޓެރި އިންޑިއާ އިންނެވެ. އިންޑިއާ އިން ވަނީ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިންޑިއާގައި ހިންގަމުންދާ ވެކްސިން ކެމްޕޭނުގައި ބޭނުން ކުރާ ދެ ވެކްސިންގެ ތެރެއިން އެއް ވެކްސިނެވެ. މި ކެމްޕޭނުގައި ބޭނުން ކުރާ ދެ ވެކްސިން ވެސް އުފެއްދީ އިންޑިއާގައެވެ. މި ވެކްސިން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ވަނީ ފޮނުވައިފައެވެ. މި ވެކްސިނަކަށް އަދިވެސް ހުއްދަ ޑަބްލިއުއެޗްއޯގެ ހުއްދަ ލިބިފައި ނުވާކަމަށާއި، ހުއްދަ ލިބުނުހާ އަވަހަކަށް ވެކްސިން ޖަހަން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ދާދި ފަހުން ވަނީ ހަމަކުރައްވާފައެެވެ.

އޭގެތެރޭގައި ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، މިޔަންމާ، ސީޝެލްސް، މޮރިޝަސް، ބްރެޒިލް އަދި މޮރޮކޯ ފަދަ ގައުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ގެރި

  ،ބުހުތާން ދޮގު 200 މީހުން ހަމަނުވޭ ހެޔޮނުވާނެ ވެރިކަމުގަތިބެންދިމާކުރިއަސް މިވަރުއޮޅުވާލައިގެން ޓެސްޓް ވެކްސިނެއް ދިވެހިން ގަޔަށް ޖަހަން އުޅެން އަހަރެން މީ އެތާ ރަޖިސްޓަރީ ކުރަން އިންނަމީހެއް

  3
  4
 2. ހަނާ

  އައިޖީއެމްއެޗް ނަރުހުންނަށް މަޖުބޫރު، އެމީހުން ވެސް ގުނާގެން ދޯ ތިޔަ ކިޔަނީ

  5
  1
 3. ކެޔޮޅުހަސަބު

  ަކނޑައެޅިގެންވިހިހާސް ދޮގު އެއްވެސް ރަށްޔިތަކު ތިޔަ އިންޑިއާ ވެކުސިނެއް ނުޖަހާނެ.....

  3
  1
 4. އައްޑޫ މީހާ

  20 ހާހަށް ވުރެ މައްޗަށް މީހުން ރަޖިސްޓްރީ ކުރީ ޑަބްލިއު.އެޗް.އޯގެ ހުއްދަނުދޭ ޓެސްޓް ވެކްސިން ހޯދާކަށެއްނޫން

  4
  1
 5. ފެކްޓް

  ބަލާލިންތޯ ކިތައްމީހުންކަން ހިތުން ރުހުމުން ރެޖިސްޓްރީ ކުރީ!
  ހެލްތް ސެކްޓާގައި ވޯކް ކުރާ މީހުން ރެޖިސްޓްރީ ކުރަން އަންގައި މަޖުބޫރު ކިރާކަން އެންމެނަށް އެނގޭ!
  ވެކްސިން ޖެހީމަވެސް ވާނެގޮތެއް ނަޒްލާއަކަށް ބުނެނުދޭން ނޭގުނު މިއަދުގެ ސައްލާގަ. ދެން ކޮންސޭފް އެއއްގެ ވަހަކަތޯ މިދައްކަނީ. ކޯއްޗެއްތޯ ޖަހަންމިއުޅެނީ. މިޙަރު ވެކްސިން ޖަހަން މިބމވަނީ އޭގެ އަޛުމަ ބެލުމުގެ ގޮތުން. ދެން ވާ އެއްޗެއް ވީމަ އިތުރު ކަމއެއް އެގޭނެ ކަމުގައި މިވނީ. ސޯ މީހާރު މިފަހަރު އިންސާނުން މިވީ ޚުދު ޓެސްޓު ސަބްޖެކްޓަށް. މަންކީ އަށް. މީދަލަށް.

  4
  2
 6. ދިރާސާވެރިޔާ

  20،000 ބިދޭސީން އެއއ އީ، ޑަބިލިޔު އެޗު އޯ އެޕްރޫވު ނުކުރާ ވެކްސިން ރާ އްޖެ އެތެރެކުރުން އެއ އީ ޓެރަރިޒަމްގެ ކުށެ އް. ގިނަ ބަޔެއ އްގެ ފުރާނަ ހިނގަ އިދާނެ ފަދަ ކަމެ އް ކުރުމަކީ ޓެރަރިޒަމްގެ އަމަލެ އް, އިންޑިޔާ އިން އެތެރެކުރި ކޮވިޝިލްޑު ވެކްސިނަކީ އަދި އިންސާނުންގަޔަށް ޖަހަން ހާ އްސަ ކޮށް ހަ އިރިސްކު މީހުންގަޔަށް ޖަހަން ރަ އްކާތެރި ވެކްސިނެ އް ނޫން ކަމަށް އިންޑިޔާގެ ސި އްހީ މާހިރުންނާ އި، ރާ އްޖޭގެ ސި އްހީ މާހިރުން ވިދާޅުވަމުން ދަނިކޮށް ސަރުކާރުގެ ގާބިލު ކަމުން ދުނިޔޭގެ އެންމެ ފުރަތަމަ ވެކްސިން ޖަހަންފެށި ގަ އުމުތެރޭގަ އި ރާ އްޖެ ހިމެނޭ ކިޔަ އި ދުނިޔޭގެ މީޑިޔާ އަށް އަރުވަން ސަރުކާރުން އިންޑިޔާ އިން ވެކްސިން ކަމަށްބުނެ އެއ އްޗެ އް ގެނެސް ބޮޑު ރަސްމި އްޔާތެ އް ބާ އްވަ އި ރަ އްޔިތުން ހަ އްދަނީ. ކަ އުންސިލް އިންތިހާބަށް،. ދިވެހި ހޭލާ ތިބުމަށް ގޮވާލަން،، 20،000 ހަމަވި އިރު އެންމެ މީހެ އްގެ ގަޔަށް ނުޖަހަ އިގެން އުޅެނީ ކީ އްވެ،،،،

  2
  1
 7. ޒާ

  ބަންގާޅަށް އިންޑިއާދިން ވެކްސިންޖެހި 10 މީހުން މަރުވުމުން ބަންގާޅުގާ މުޒަާހަރާކުރަނީ

 8. ބުއްކިރު

  އޭ މަށަށް އޮޅިގެން ރަޖިސްޓް ރީ ވެވިއްޖެ. މަބޭނުން އަންޑޫ ކު ރަން.. ކެން ސަމްވަން ހެލްޕް މީ؟ ޕުލީސް؟