ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް އެމްއެންޑީއެފްގެ ސިފައިންނާއި އިންޑިއާ ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު ބޭނުން ކޮށްފައިވަނިކޮށް، އެ ޕްރޮގްރާމަކީ އިންޑިއާ ސިފައިން ތިބުމަށް ޕްރޮމޯޓް ކޮށްދޭ ޕްރޮގްރާމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސިފަކުރައްވައިފިއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއި ހެލިކަޕްޓަރާއި ބައެއް އުޅަނދުތައް ބޭނުން ކޮށްގެން ނަގާފައި ވަނީ ރޯދަ މަހަށް ރާއްޖެ ޓީވީއިން ދައްކާ ޕްރޮގްރާމަކަށެވެ. އެއީ "ސެލެބްރިޓީ ރޭ" ނަމަކަށް ކިޔާ ރިއާލިޓީ ޝޯއެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާ ކުރައްވަމުން އުމަރު ވިދާޅުވީ، އެއްވެސް ހާލަތެއްގައި ދިވެހި ފަސްގަނޑުގައި ބޭރުގެ ގައުމެއްގެ ސިފައިންގެ ޔުނިޓެއް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ރާއްޖެ ޓީވީގެ އެ ޕްރޮގްރާމަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭނެ ޔުނިޓެއް ގާއިމް ކުރުމަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ނަގާ ޕްރޮގްރާމެއް ކަމުގައި އުމަރު ތުހުމަތު ކުރެއްވިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ. އަދި ރާއްޖެ ޓީވީއިން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ކަމަށް މީސް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ. ބައެއް މީހުން ބުނި ގޮތުގައި މިކަމުން ވެސް ސިފައިންނަށް ނުފޫޒު އޮތް މިންވަރު ހާމަވަމުންދާ ކަމަށެވެ. ދައުލަތުގެ ޓެކްސް ފައިސާ އިން ބަލަހައްޓަމުންދާ އުޅަނދުތަކެއް ވަކި ބައެއްގެ ބޭނުމަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމީހުން ދަނީ ބުނަމުންނެވެ. އަދި މިކަން ބަލައި، ސިފައިންނަށް ނުފޫޒު ފޯރުވި މީހުންނަށް ފިޔަވަޅު އަޅަން ވެސް ބައެއް މީހުން ގޮވާލިއެވެ.

އިންޑިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ދުއްވުމަށް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބޭތީ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައެވެ. އެ ފަރާތުން ސިފަކުރާ ގޮތުގައި އެއީ ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ ކަމެކެވެ. "އިންޑިއާ އައުޓް" ގެ ނަމުގައި މީސް މީޑިއާ ކެމްޕޭނެއް ވެސް ޒުވާނުންތަކެއް އިސްވެގެން ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. މަސްއޫދު

  ރާއްޖެ ޓީވީއަކީ މިގައުގެ ހަލާކު! ގައުމު ސަލާމަތުން ބާއްވަން ބޭނުމިއްޔާ މިޓީވީ ސްޓޭޝަނަށް އިސްލާހުވާނެ ގޮތެއް ނުވަތަ މިޓީތީގެ މައިތިރި ކުރަންޖެހޭ

  77
  7
  • ފައިހާ

   ތާއީދު

   13
   4
 2. ޖަނާޒާ

  އުމަރު ކަލޭ ނާންނަށްޗޭ ކުއްލިއަކަށް ފިލާހުރެފައި ޕީޕީއެމް . ފީއެންސީ ގެ ރިޔާސީ ޓިކެޓް ހޯދަން. މިނިކާ ބާޒަކަށް މަނިކުފާނު ވެ ވަޑައި ނުގަންނަވާތީ. އިންގޭތޯ. އެހެންނޫނީ ލަސްނުކުރައްވާ ސިސާސީ ބޭފުޅަކަށް ވެވަޑައިގަންނަވާ. ފިލާ އިނދެގެން ހަމަ އިންޑިޔާ ސިފައިނޭ ހެލްކޮޕްޓަރޭ ، ކިޔާލަކިޔާލަ ހުރުމަކުން ނުފުދޭ.

  14
  6
 3. ޢަހުމަލް

  ކޯސްޓްގާރޑްގައި އިންޑޔާ ބްޑިސްޓުން ކޯމަސް ބަލަން ދިއުމާ، އިންޑިޔގެ އިސްތިއުމާރީ ހެލްކޮޕްޓަރެއްގަ ރ ޓީވީން ޕްރޮގުރާމް ހަދައިގެން ދަންކަން އުޅުމަކީ ހައިރާންވާން ޖެހޭ ކަމެއްނޫން. ތި ދެބައިގަނޑަކީވެސް ގައުމުގެ ހަލާކު. ޕާޓީ އަށް ނޫނީ ހެވެއް ނޭދޭނެ.

  21
  2
 4. އަލްޖިބްރާ

  މި އުމަރަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރާ އެންމެ އިސް މީހުންގެ މީހެއް !

  10
  25
 5. ަސދސަ

  މިގައުމަކު ނެތް ހެލިކޮޕްޓަރު ގަނޑެއް އުދުއްސާލެވޭ ފެންވަރުގެ ދިވެއްސެއް.
  ކީއްކުރާނީ ؟

  16
  8
 6. ާވިސްނޭ

  ޗެނަލް 13 ހަލާކަކީ. ވަގުތުވެސް އޮންނަނީ ސަރުކާރާ ޖައްސާލާފަ

  9
  20
 7. ޑައިވަރޭ

  އުމަރަކީ ކާކު؟ ހޯމްމިނިސްޓަރަކަށް ހުރެ މުސާރަނެގުން ފިޔަވާ ވީކަމެއް ނެތް

  9
  13
 8. ކަޅޯއް

  ރާއްޖެޓީވީ އެއީ މިގައުމުގަ އުފެދޭ ފިތުނައިގެ އަސްލު މައިމުގޫ އެހެންގޮތަކައްބުނަންޏާ އެއީމިދިވެހިޤައުމުގެ ހަލާކު

  16
  7
 9. ޝޮކްތެރަޕީ

  ދިވެހިންގެ އަމިލްލަވަންތަކަން ގެއްލޭ ހިސާބައް ކަންތައް ގޮސްފި.

  19
  4
 10. ނާސިރު ބުނިބަސް އެހިންތަ؟

  ޤައުމުގެ މިނިވަންކަން އިންޑިޔާއިން ކޮންޓުރޯލް ކުރާހިސާބަކީ މިނިވަންކަން ނެތޭހިސާބު

  19
  3
 11. ވަތަން

  އެމްޑީޕީ އަޑިގަ ތިބީ ރާއްޖެ ފުނޑާލަން ތިބި ބައިގަނޑެއް

  16
  2
 12. އައްލާ

  ބަލަ އުމަރާ، ގަ އުމިއްޔަތޭ، މިނިވަންކަމޭ ، އިސްތިގުލާލޭ ، އުވެތިކަމޭ ކިޔާނެތް ކަމެއްނެތް.. ކަލޭބޭނުންވަނީ ތަބަކަށް ލާފަ ވެރިކަން ކަލެ އަށް ދޭން..ބަލަ މޭޒުދަށަށް ވަދެ ފިލާފަ އޮތަކަސް ވެރިކަމެއް ނުލިބޭނެ..ރަ އްޔަތުންގެ އިތުބާރާއި ލޯބި ހޯދަން ދިވެހި ދަރިއެއްގެ ހަ އިސިއްޔަތުން ނިކުމެ ބަލަ..ތި އްތި ހެދިގެން ބޮޑާވެ ތިމާޔަށްވުރެ ހެޔޮވިސްނޭ މީހަކު ކަމުގަ ހެދިގެން އެހެން މީހުންނަކީ ތާކުންތާކު ނުޖެހޭ ބަ އެއްގެގޮތުގަ ދެކިގެން ތިކަމެއްނުވާނެ..ކަލޭތީ އިދިކޮޅު މީހެ އެއްވެސް ނޫން އެއްކޮޅު މީހެއްވެސްނޫން..ކަލެ އަށް ރަގަޅު މީހަކުވެސް ނެތް ، ނުރަގަޅު މީހަކުވެސް ނެތް.. ހެޔޮގޮތެއްވެސް ނެތް ގޯސްގޮތެއްވެސް ނެތް..ނިކަން މޭ ފޮޅާފަ ނިކުމެ ބަލަ މިސަރު ކާރު ޖަވާބު ދާރީ ކުރުވަން...ކޮއްކޯ އުމަރާ ކޮއްކޮ ދާންވީ ހަމަ މަހަށް..ވަރަށް ސަލާމް

  6
  5
 13. ފާރޫޤް ޖަމީލް

  ޢުމަރަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެ ނައުތުކޮރެޔާއަށް ބަދަލުވުމަކީ ގާތްކަމެއް! ވަރަށް ސެލްފިޝް މީހެއްކަމަށް ބެލެވޭ....