މާލެ ސަރަހައްދުގައި ދަންވަރު ގަޑިއަށް ކާފިއު އިއުލާންކުރަން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެެ.

މޮސްޓާ ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19 ފެތުރެނީ ހަމައެކަނި ދަންވަރު ވަގުތުތޯ ސުވާލު އުފައްދަވައިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެެސް ޑްރާމާ ކުޅުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މޮސްޓާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ރައްކާތެެރިކަމަށްޓަކައި ކާފިއު އިއުލާންކުރަންވީ އެންމެ ގިނައިން މީހުން އެއްވާ ވަގުތުތަކުގައެވެ.

"މީހުުން ނިދީމަ ކޮން ކާފިއުއެއް،" މޮސްޓާ ވިދާޅުވިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ރޭ ނެރުއްވި އެންގުމުގައިވާ ގޮތުން މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފަތިހު 4 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން ވެސް މަނާ ވާނެއެވެ.

މި ނިންމުމާއެކު 12 ގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނިކުމެ އުޅުން މަނާވާނެއެވެ.

ނަމަވެސް، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިދާރާތަކާއި އެ ތަންތަނުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު މި ނިންމުމުން އިސްތިސްނާ ވާނެއެވެ. އަދި އެމްބިއުލޭންސާއި ހެލްތު އެމަޖެންސީ އޮޮޕަރޭޝަންސްގެ ފާސް ލިބިފައިވާ ފަރާތްތަކާއި ފަތިސް ނަމާދަށް ދާ މީހުންގެ އިތުރުން، ސިއްހީ އެމަޖެންސީ ހާލަތެއްގައި ނިކުމެ އުޅޭ މީހުންވެސް މި ނިންމުމުން އިސްތިސްނާވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނެތް

    ނަޝީދު ކިޔާމީހުންގެ ވާހަކަ އަޑުއެހުމެއް ނެތް

  2. ޖ

    އެބުނާހެން ދަންވަރު މީހުންނިދީމާ ކޮންކާފިއުއެއް🐜🐜🐜

    2
    2
  3. ބާތުބާކީ

    މާބާރަށް ނުފެލި މުސާރަކާލަކާލަ އިނދެބަލަ....

    4
    2
  4. އަލްޖިބްރާ

    ދަންވަރު ގަޑީގައި ކަލޭ ނިދާފައޮތަސް ދަންވަރު ގަޑީގަ މާލޭގެ މަގުތައްމަތީ އުޅޭ " ބުޅާ " ތައް މައިތިރި ކުރެވޭނެ އެހެންގޮތެއް ނެތީމަ މިކަހަލަ ގޮތެއް ހަދައިގެން ނަމަވެސް މައިތިރި ވޭތޯ ބަލަން ޖެހޭ !

  5. މޮސްޓާ

    އެއީ ނިދާ ކާފިޔާ

  6. ވަޗަސް

    މަނާވެގެން ކީއްކުރާނީ؟ މިހާރުވެސް އަދި ރޭ މެނދަމުން އަލިވެ 3 ޖެހިއިރުވެސް މަގުމަތީގަ މީހުންގަނޑު. ދެކޮޅަށް ދުއްވަނީ. މާސްކުވެސް ނާޅާ. ހުއްޓުވާނެ މީހަކު ނެތް. އެހެން ވީމާ މުޅި 24 ގަޑި އިރު ކާފިޔު ވިޔަސް އޯކޭނު؟ އެ އޮންނާނީ ލިޔުމުގައިނު؟