އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ވެކްސިންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައި ހެލްތު މިނިސްޓްރީ ކައިރީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ސަޕޯޓަރުން މުޒާހަރާކުރަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީ ކުރިމަތީގައި މުޒާހަރާ ކުރަމުން އަންނަ ބައިވެރިން ބުނަމުން ދަނީ ވެކްސން ނުޖަހާނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރިން ލައްވައި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ހެލްތު މިނިސްްރީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

މި އިހްތިޖާޖް ހެލްތު މިނިސްޓްރީގެ ކުރިމަތީގައި ކުރިއަށް ދާއިރު އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމްއާއި ބައްދަލު ކުރުމަށް މިނިސްޓްރީ ތެރެއަށް ވަޑައިގެންފައެވެ.

ސޯސަން މަގުގައި މިި މުޒާހަރާ ކުރިޔަށް ދާއިރު މުޒާހަރާގެ ބައިވެރިން އަންނަނީ ހެލްތު މިނިސްޓަރުވެސް އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އަދި ރައްކާތެރިކަން ކަށަވަރުވެފައި ނުވާ ވެކްސިނެއް ނުޖެހުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދާކަން ފާހަގަކޮށްލެވެއެވެ.

ވެކްސިން ދިނުމުގައި ތިން ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އަދި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ވެސް ހިމެނެއެވެ.

މި އިހްތިޖާޖާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްކާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ރައްޔިތުން ގަޔަަށް ޖެހުމަށް ސަރުކާރުން ނިންމުމަކީ އެ ކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި އިހްތިޖާޖްގެ ތެރެއިން ހެލްތު މިނިސްޓަރާއި ބައްދަލު ކުރުމަށް ދިއުމުން އެކަމަށް މިނިސްޓަރު އުޒުރުވެރިވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަލުބެ

    މުޒާހަރާކުރަން ގޮސްތިބި މީހުން ތަންކޮޅެއް ގަމާރީ، ވެކްސިން ނުޖަހާނެ ކަން އިއުލާން ނުކޮށްވެސް ނުޖެހީމަ ނިމުނީ ! ކޮންމެސަރުކާރަކުން ވެސް ކުރަން ބޭނުންވާ ކަމެއް މިހާތަނަށް އޮތީ ކޮށްފަ! ރައްޔިތުން ތެޅިތެޅި ތިއްބާ!

    17
    16
  2. މުފައްކިރު.

    ގަމާރީ ވެކްސިން ނުޖަހާ މީހުންތަ. ހުއްދަ ނުލިބޭ ވެކްސިންގެ ހަތްލައްކަ ޑޯޒް ގަތްމީހުންތަ؟

    37
    6
  3. ސލ

    ޓެސްޓްތަ އް ފުރިހަމަ ނުވާ ވެކްސިނެ އް ޖަހަން ސަރުކާރުން
    މަސަ އްކަތް ކުރުމަކީ ކަންބޮޑުވާ ކަމެކެވެ. މޑޕ ގެ
    ބޮޑެތިބޭފުޅުން ފުރަތަމަ ވެކްސިން ޖެ އްސެވުމަށް ގޮވާލަމެވެ.

    5
    1
  4. މަނަސް

    ހަތަރުމީހުންގޮވައިގެން މިވެސަްދެން މުޒާހިރާއެއް.

    2
    5
  5. ސޯްްލިހުބެ

    ގައިމީހުންވެސް ދޯ ކޮޔާ

    1
    1